ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ...
އައިޝަތު ނަސާޔާ
އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ...
އައިޝަތު ނަސާޔާ
ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރި 29 މީހުންގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރުމުގެ ކުރިން އެ މީހުންގެ މުސާރައިން ވެސް އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮތީ 75 ޕަސެންޓް […]
ހުސައިން ހަބީބް
ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މި އެކްސަސައިޒް ބާއްވާފައިވަނީ 09 މާޗް 2022 ވީ ބުދަ ދުވަހުގެ ރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ފްލައިޓު ތާވަލު ކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލުމާއެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް ކޮށްފައިިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ފަށާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް އެ އެއާލައިނުން ބުންޏެވެ. މި މަހުގެ 27ގެ އިތުރުން 29 އަދި 31 […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. ރޭ ރެއާލްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި ދެވަނަ ލެގުގެ މެޗުގައި، ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވަނީ ޕީއެސްޖީން ލަނޑެއް […]
އިބްރާހިމް ޚަލީލް
ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާއަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، “އެދުވަސް ގެނެވޭނެ” މޫލީ މެދުވެރިކޮށް އޯޑަތު ކުރެވޭ ގޮތް ހަދައިފިއެވެ. ދިވެހި ބަހުން ލިޔެފައިވާ މި ފޮތަކީ މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި ސާއިލް ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި އޭނާ ވަނީ ނަފްސާނީ ބަލިތަކުން ދިމާވާާ ގޮންޖެހުންތަކ...
އަޙްމަދު ވަހީދު
އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފިއެވެ. މި ޑޭކެއާ ސެންޓަރު ހަދަން ނިންމާފައިވަނީ އެމްޕީއެލްގެ ބޯޑުންނެވެ. އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި (ޑިއުޓީ ގަޑިތަކުގައި) ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށްވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ޑޭކެއާ ސެންޓަރުގައި މަސައްކަތ...
އަޙްމަދު ވަހީދު
ކޮވިޑް19 ގައި މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު 6,042,035 އަށް އަރައިފިއެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބު ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް19 އަށް 451,040,382 މީހުން ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތައް އާންމު ހާލަތަށް ރުޖޫއަ ކުރަމުން އަންނަ އިރު ހިސާބުތަކުން ދައްކަނީ މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުވެފަައިވާކަމަށެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދަކީ 11،000 އެވެ. ނަމަވެސް ފާއިތުވި ފެބްރުއަރީ...
އަޒްފާ ރަޝީދު
ހއ. އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، އެރަށު ރައްޔިތުން ނިކުމެ އެ ރަށުން ބާލައިފި އެވެ. އުތީމު ކައުންސިލް މެންބަރ ޙުސައިން ނަޞީރު “ތިލަދުން” އަށް ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭ އިރާ ކޮޅުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެރަށުން ބާލާފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގޮސްއުޅުނު 6 މީހުންގެ ގުރޫޕަކުން 2 މީހުން ކަމަށެވެ. ބާކީ ތިބި 4 މީހުން ފަތިހުގެ ވަގުތެއްގައި އެރަށުން ފުރާނެކަމަށް ވިދާޅުވި އެވެ. ކައުންސިލް މެންބަރ ހުސައިން ނަޞީރު ވިދާޅުވީ އެގުރޫޕ...
އިބްރާހިމް އަސްވާޤް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބަށް ތައްޔާރުވުމަށް ކުރިއަށްދާ ކެމްޕޭން ހުތުރުވީ، ރައްޔިތުންގެ މަޖިލިސް ތެރޭ ޕާޓީގެ މެންބަރުންނާ ދިމާއަށް “މެއްސޭ މާބުރޭ” ގޮވުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ފެނޭތޯ...
އަލީ އާދިލް
ރާއްޖެއާއި ސްރީލަންކާއިން ފެންނަ މަހެއް ކަމަށްވާ ރޯސް ވެއިލްޑް ފެއާރީ ރާސް (wrasse fairy veiled-Rose) އަށް ފިނިފެންމަލަށް ނިސްބަތްކޮށް ނަން ކިޔައިފިއެވެ. މިމަހުގެ ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ (finifenmaa Cirrhilabrus) މިހެނެވެ. މިމަހާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ މިމަސް ފެންނަނީ ފަރުތަކުގެ 70-40 މީޓަރު އަޑިން ކަމަށެވެ. މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރވެސް ބޭނުންކުރަމުނ...
އައިޝަތު ނަސާޔާ
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުން ދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހއ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދީފިއެވެ. އެ މަންޒަރުފެނިފައިވާ އެ އަތޮޅު ބައެއް މީހުން “ތިލަދުން”އަށް މައުލޫމާތު ދިން ގޮތުގައި މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި ވިޔަފާރީގެ ގޮތުން ފުޅާ ދާއިރާއެއް ގައި އެޅިގައި އަޅައިގެން ވިޔަފާތި ކުރަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. މި ނޫހަށް ވާހަކަ […]
އަލީ އާދިލް
ހއ. އަލިދޫ ރިސޯޓާއި އެ އަތޮޅު ބީނާފުށީގެ އިތުރުން ކަނޑާލިފިނޮޅުގެ ކުއްޔަށް އެތައް މިލިއަން ޑޮލަރެއް ނުދައްކާ އޮތް މައްސަލާގައި މީގެ ފަސް އަހަރު ކުރިން ޔޮޓް ޓުއާސްގެ ބޭންކް އެކައުންޓްތައް މީރާއިން ފްރީޒްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ކުރިން ދޫކުރި އެ ތިން ރަށުގެ ކުލި ނުދައްކާތީ އެ ކުންފުނީގެ އެކައުންޓްތައް މީރާގެ އެންގުމަކަށް 2017 ވަނަ އަހަރު ފްރީޒްކުރުމުން […]
ހުސައިން ހަބީބް
ބޮންސާއީ ނުވަތަ ބޮންޒާއީ އަކީ ޖަޕާނުބަހުގެ ‘ބޮން’ (ޕޮޓު) އަދި ސާއި/ޒާއި (ޓްރީ) މި ދެ ބަސް އެކުވެގެން ޕޮޓެޑް ޓްރީ (ޕޮޓެއްގައި ހުރި ބޮޑުގަހެއް) މި މާނަ ދޭހަކޮށްދޭ ގަހުގެ ވައްތަރެކެވެ. ނުވަތަ ގަސް އިންދައި ހެއްދުމުގެ ފަންނެކެވެ. ބޮންސާއީ އިން ދައްކުވައިދެނީ ފުރާފުރިހަމަވެފައި ހުރި ބިޔަ ބޮޑު ގަހެއްގެ ކުޑަ ނަކަލެކެވެ. ރާއްޖޭގައިވެސް ގަހުގެ މިތަފާތު ފަންނުގެ ވެރިން މަދުމަދުން އުޅެއެވެ. ބޮންސާއީގެ އެތައް ވައްތަރެއް ހުރެއެވެ. އަދި އޭގެ ކޮންމެ ވައްތަރެއްގައި ދެތިން […]
ހުބާ ޕްލާންޓްސް
ހދ.ކުމުންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 14،301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 242 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 35.6 މިލިއަން ރުފިޔާ...
އަޙްމަދު ވަހީދު
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެ އެވޯޑެއް ދީފިއެވެ. އެ ކުންފުނިން ރޭ ބޭއްވި ހަފްލާގައި ދީފައިވަނީ ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެކެވެ. އެ އެވޯޑުތައް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެ ހަފްލާގައި، އެމްޕީއެލް އަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް 12 އަންހެނަކަށް ވަނީ ދީފައެވެ. އ...
އަޙްމަދު ވަހީދު
ބިމުގެ މައްސަލަތަކުގައި އެޓާނީ ޖެނެރަލަށް ކައުންސިލްތައް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އޭޖީ އޮފީހުގައި ހުރި ކައުންސިލްތަކާ ގުޅޭ ބިމުގެ މައްސަލަތައް އެ އޮފީހުން އަނބުރާ ފޮނުވާލައިފި އެވެ. ހައި ކޯޓުން މިދިޔަ އަހަރު ނިންމީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމުގެ މައްސަލަތަކުގައި ކައުންސިލްގެ ފަރާތުން ކޯޓުތަކަށް ދާންޖެހޭނީ އޭޖީ ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ހުކުމް ބާތިލްކޮށް، އޭޖީއަށް […]
ހުސައިން ހަބީބް