މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,451 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1414 ވަނަ ޞަފްޙާ

ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ ސަލާމަތެއް ނުވި

ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ ސަލާމަތެއް ނުވި

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ޖަލަށްލި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ. ޖެނުއަރީ، 2010 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މ. އަންގާގިރިގައި ހަދަމުން ދިޔަ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުން ޝީރީނާއި ނަޖާހު މ. ކުރަހާގޭގައި އުޅުނު ކޮޓަރި ތެރޭގައި ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮށްޓަކަށް […]

ހުސައިން ހަބީބް
މަހްލޫފްގެ މައްސަލާގައި ވައިބާ މެސެޖްތަކަކާ މެދު ސުވާލު

މަހްލޫފްގެ މައްސަލާގައި ވައިބާ މެސެޖްތަކަކާ މެދު ސުވާލު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވައިބާ މެސެޖްތަކެއްގެ މައްސަލާގައި އިތުރު ސުވާލުތަކެއް އުފެދި، ހައި ކޯޓުގައި ދައުލަތަށް ސުވާލުތައް އަމާޒުވެއްޖެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށް ބުނެ މަހްލޫފަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން […]

ހުސައިން ހަބީބް
އޭސީސީއަށް އައު މެންބަރުން އައްޔަނުކުރަށްވައިފި

އޭސީސީއަށް އައު މެންބަރުން އައްޔަނުކުރަށްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފިއެވެ. އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިދިޔަ ހޯމަދުވަހު އެ ނަންތަކ...

ޔުމްނާ ޢަލީ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ހއ. އަތޮޅަށް ފަޚުރުވެރި ކާމިޔާބީއެއް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ހއ. އަތޮޅަށް ފަޚުރުވެރި ކާމިޔާބީއެއް

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތަކެއް ހއ. އަތޮޅަށް ނިސްބަތްވާ ބައެއް ދަރިވަރުން ހޯދައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކައުންސިލްގެ ފަރާތުން އެ މުބަރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު ވަނީ އެދަރިވަރުން ބައިވެރިވި އުމުރުފުރާ ތަކުން ވަނަތައް ހޯދާފައެވެ. އަދި މިމުބާރާތުގެ އަތޮޅު ކައުންސިލްތަކުގެ ބައިން 3 ވަނައަށް ހއ. އަތޮޅު ކައުންސިލް ވަނީ ހޮވިފައެވެ. އެގޮތުން ވަނަތަކަށް ހޮވުނު 4 ދަރިވަރުންގެ ތެރެއިން 2 […]

އައިޝަތު ނަސާޔާ
އެސްޓީއޯ ނިޕޯން ޕެއިންޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ނިޕޯން ޕެއިންޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް “ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން” ފަށައިފިއެވެ. އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކ...

އަޙްމަދު ވަހީދު
ވިޔަރެއާލާއި ޗެލްސީ ކުއާޓާއަށް

ވިޔަރެއާލާއި ޗެލްސީ ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ވިޔަރެއާލާއި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވިޔަރެއާލް ކުއާޓާއިން ޖާގަ ހޯދާފައި ވަނީ އިޓަލީގެ ގަދަ ބާރެއް ކަމަށްވާ ޔުވެންޓަސް ކަޓުވާލުމަށް ފަހުއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވިޔަރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި […]

އިބްރާހިމް ޚަލީލް
ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭއަށް ބޮޑު ތަރުހީބެއް

ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭއަށް ބޮޑު ތަރުހީބެއް

ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔާއި ހިސާބަށް އާދެވުނު އިރު މިހާތަނަށް މިފަދަ  މަސައްކަތަކަށް ލިބަފައިވާ ނުވާ ބޮޑު ތަރުހީބަކާ ބައިވެރިވުން ލިބިފައިވާކަމަށް ހާމަކޮށްފި އެވެ. ރައްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭއަށް މިހާތަނަށް 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1،900 ރެސްޕޯންސް ލިބިފައިވެއެވެ. މި ސާރވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިވެހިރާއްޖޭ...

އަލީ އާދިލް
މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެބްވަޓައިޒިން ކެންޕެއިނެއް ފަށައިފި

މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެބްވަޓައިޒިން ކެންޕެއިނެއް ފަށައިފި

މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެބްވެޓައިޒިން ކެންޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން މައިބަންޕް މީޑިއާއާއެކު ފަށައިފިއެވެ. އެމްއެމްޕީއާރުސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކެންޕެއިން ކުރިއަށް ދާނީ 17 މާރޗް އިން މޭ މަހުގެ 17 ވަނަ ދުވަހަށެވެ. މައިބަންޕް މީޑިއާއަކީ މެލޭޝިއާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް އައުޓްޑޯ މީޑިއާ އެޑްވަޓައިޒިން ހިންގާ މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނިން މެލޭޝިއާގައި އާންމު ގޮތެއ...

އިބްރާހިމް އަސްވާޤް
ލިވަޕޫލުން ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި

ލިވަޕޫލުން ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ […]

އިބްރާހިމް ޚަލީލް
ނިދަން އުނދަގޫ ވާނަމަ ބޯންވީ ދޮންކެޔޮ ސައި!

ނިދަން އުނދަގޫ ވާނަމަ ބޯންވީ ދޮންކެޔޮ ސައި!

ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެއްކެވެ. ދުވާލު އަވަދު ނެތި އުޅުމަށްފަހު ރޭގަނޑުގެ ހަމަ ނިދި ހޯދުމުގެ މުހިންމުކަން ބޮޑެވެ. ނިދީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ގަދަޔަށް ނިދުން ނުވަތަ “ޑީޕް ސްލީޕް” އަދި ދެބަދޭތެރޭގައި އޮވެ ނިދުން ނުވަތަ “ޑްރީމް ސްލީޕް” އެވެ. ހަމަ ނިދި ލިބުން ނުވަތަ ރަނގަޅަށް ނިދި ލިބުން ބިނާވެފައި ވަނީ ނިދާ ވަގުތަކަށް ނޫނެވެ. މިކަން ބިނާވެފައި ވަނީ ގަދަޔަށް ނިދުން ނުވަތަ […]

އަލީ އާދިލް
ޖަޕާނަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް

ޖަޕާނަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް

ޖަޕާންގެ ހޮންޝޫ ސަރަހައްދަށް 7.4 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ހދ. ހަނިމާދޫއާއި 7653 ކިލޯ މީޓަރު ދުރުންނެވެ. ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވެއެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތައް ބުނާގޮތުން ޖ...

ޝިއުނާ އާދަމް
ޗައިނާއިން މުދާ ގެނައުމުގައި ލަސްކަމެއް

ޗައިނާއިން މުދާ ގެނައުމުގައި ލަސްކަމެއް

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އަނެއްކާވެސް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ފުޅާ ދާއިރާއެއްގައި ޗައިނާއިން ރާއްޖެ އަށް މުދާ އެތެރެކުރަމުން ދާ ވިޔަފާރިވެރިން މިކަމާއި ގުޅިގެން މިނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ، މިފަހަކަށް އައިސް ޗައިނާއިން މުދާ އެތެރެކުރުމުގައި އެކި އެކި ސަބަބު ތަކާއިހުރެ މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ.  އެގޮތުން ގިނަ ބޯޓުތައް ޗައިނާ ކޮޅުން ފުުރުމަށް ފަހު މެލޭޝިޔާގައި ގިނަދުވަސްވަންދެން ތާށިވާކަމަށް ފާހަގަ ކުރި އެވެ. ވަރަށް […]

އަލީ އާދިލް
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މާމިނގިލީ އިބޫ

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މާމިނގިލީ އިބޫ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިނގިލީ އިބޫ) މިއަދު ޢައްޔަންކުރައްވައިފިއެވެ. އިބޫ ކުރިން ވަނީ މި ސަރުކާރުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ. އެ ކުންފުނި ވަނީ ފަހުން އެޗްޑީސީއާއި އެއްކޮށްލާފައެވެ. މީގެ އިތުރުން އިބޫ ވަނީ ހޯމް މިނިސްޓްރީގެ ނައިބުކަމުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަ...

އަލީ އާދިލް
ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ

ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް ހިދުމަތް ހޮޅުދުއަށް

އުރީދޫ ސުޕަނެޓް ހިދުމަތް ހޮޅުދުއަށް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ހޮޅުދުއަށް ތައާރަފު ކޮށްފިއެވެ. މިއީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫން ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ޚިދުމަތް އެކުލެވޭ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައް ހިމެނޭ ހިދުމަތް ވެސް މެއެވެ. އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މުޅި އާބާދީއަށް ފިކްސްޑް […]

އަޙްމަދު ވަހީދު
ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ ފްލޯޓިން ސިޓީ ނޮމިނޭޓް ވެއްޖެ

ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ ފްލޯޓިން ސިޓީ ނޮމިނޭޓް ވެއްޖެ

ދުނިޔޭގެ ތަރައްގީގެ ދާއިރާގެ “އޮސްކާ” ގޮތުގައި މަޝްހޫރުވެފައިވާ އެމްއައިޕީއައިއެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ. މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ  ‘ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް’ ކެޓެގަރީއިންނެވެ. އެ ވޯޑަށް މި ޕްރޮޖެކްޓް ނޮމިނޭޓްވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ. މި އެވޯޑު ލިބޭ ޕްރޮޖެކްޓް މާދަމާ އިއުލާން ކުރާނެއެވެ. ފްލޯޓިން ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހ...

އަޙްމަދު ވަހީދު
ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު ސްކީމް ހައްލުކޮށްފި

ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު ސްކީމް ހައްލުކޮށްފި

ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކީމްގެ މައްސަލަ ހައްލުކޮށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ހެލްތު އިންޝުއަރެންސް ދެނީ އިންހައުސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް އެ ސްކީމް ބަދަލު ކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. ސްޓެލްކޯ އިން ބުނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމ...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، އަދި ކުރިނބީ ކައުންސިލްގެ ރައީސް ޢަބުދު ﷲ އަސްލަމް ހަމަޖައްސަވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އަސްލަމް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ. ހދ. އަތޮޅު ކައުންސިލަށ...

ޔުމްނާ ޢަލީ