މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1387 ވަނަ ޞަފްޙާ

މީރުކޮށް "ވަޅޯމަހު ފަތް މަސްހުނި" މޮޑޭނެ ގޮތް

މީރުކޮށް "ވަޅޯމަހު ފަތް މަސްހުނި" މޮޑޭނެ ގޮތް

ބޭނުންވާ ތަކެތި 4 ކޮޕީ ފަތް 1 ތަށި ވަޅޯ މަސް 1 ޖޯޑު ހުނި 1/2 ގިތެޔޮ މިރުސް (ހިމުންކޮން ކޮށާފައި) 1 ކުޑަ ފިޔާ (ތުނިކޮން ކޮށާފައި) 3 ހިކަނދި ފަތް (ތުނިކޮން ކޮށާފައި) 1 ސަމްސާ ލިނބޯ ހުތް ރަހަލާވަރަށް ލޮނު ތައްޔާރުކުރާނެ ގޮތް ފަތް ތުނިކޮށް ކޮށާލާ، ކޮށަން ވާނީ ފަތްތަކަށް އެހާބޮޑަށް ނުފިއްތާ ޗަސް ނުވާނެ ހެންނެވެ. އެއަށްފަހު މިރުސް، ފިޔާ، ލުނބޯ ހުތް އަދި ލޮނާއި ވަޅޯ މަސް އެއްކޮން […]

ޝިއުނާ އާދަމް
ފިޠުރު ޒަކާތް ޝަރުޢު ކުރެއްވުމުގެ މަޤުސަދުތައް

ފިޠުރު ޒަކާތް ޝަރުޢު ކުރެއްވުމުގެ މަޤުސަދުތައް

ފިޠުރު ޒަކާތް ޝަރުޢުކުރެއްވުނު މަޤުސަދުތައް ކަމުގައި ޢިލްމުވެރިން މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައެވެ. އެއީ ރަމަޟާން މަހުގައި ރޯދައަށް ހުންނައިރު ކުރެވޭ ބައެއް ކުށްތަކާއި، ރޯދައާ ނުގުޅޭ ކަންކަމާއި، ފާފަތަކާއި، ރޯދައިގެ އަދަބު ތަކާ ޚިލާފަށް ކުރެވޭ ކަންކަން ފަދަ ކަންކަމުން ތިބާގެ ރޯދައަށް ލިބޭ އުނި އިތުރުކަން ފިލުވާލުމެވެ. ބައެއްފަހަރަށް ރޯދައަށް ހުރެވެސް އަޅުގަނޑުމެންނަށް ފާފަތަކަށް އަރައި ގަނެވެއެވެ. އަދި ބައެއްފަހަރަށް ރޯދައާ ނުގުޅޭ ބޭކާރު ކަންކަމުގައިވެސް ވަޤުތުތައް ހޭދަކޮށްލެވެއެވެ. ރުޅި...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ބިދޭސީންނަށް އުރީދޫގެ އެހީ

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ބިދޭސީންނަށް އުރީދޫގެ އެހީ

ރޯދަ މަހު އެކަކު އަނެކަކަށް އޯގާތެރިވުމާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަކީ މުޖުތަމައުން ފެންނަ ވަރަށް ރީތި އާދައެކެވެ. އެ ކަމުގައި ކުންފުނިތަކުންވެސް މިހާރު ނަމޫނާ ދައްކައެވެ. އެގޮތުން، އުރީދޫ އިން ފޯރުކޮށްދޭ އިފއތާރު ޕެކުތަކަކީ މީގެ ނަމޫނާއެކެވެ. ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އުރީދޫ އިން ބިދޭސީންނަށް އިފްތާރު ޕެކު ބަހައެވެ. މާލެއާއި ހުޅުމާލޭގައި ހިންގާ މި ހަރަކާތުގައި މި ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށް ރޯދަ ވީއްލާނެ ތަކެތި ފޯރުކޮށްދެވެއެވެ. އުރީދޫ […]

އަޙްމަދު ވަހީދު
ދަނޑުގައި އަޅަނީ ކޮލިޓީ ރަނގަޅު ޓާފު، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދިނުން ބަލައެއް ނުގަންނަން: ޝިފާޢު

ދަނޑުގައި އަޅަނީ ކޮލިޓީ ރަނގަޅު ޓާފު، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދިނުން ބަލައެއް ނުގަންނަން: ޝިފާޢު

ހއ. އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއިން އެޕުރޫވުކޮއްފައި ވާކޮލިޓީ ރަނގަޅު ޓާފު ކަމަށާއި، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދީ ވާހަކަދައްކަމުން ދިއުމަކީ ބަލާގަނެވޭނެ ކަމެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅާ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ...

އަލީ އާދިލް
ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ވަނީ ކުރެވިފައި: ވިލާ

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ވަނީ ކުރެވިފައި: ވިލާ

ގދ. ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން އެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ކުރެވިފައިވާ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. ވިލާއިން އަލުން އެ އެއާޕޯޓާއި ހަވާލުވެ، އެ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 01 މާރިޗް 2022 ގައެވެ. ވިލާއިން ބުނީ މި […]

ޔުމްނާ ޢަލީ
މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

އެއީ މަނަދޫގައި ވަރަށް އާދަޔާ ޚިލާފު އަދަބީ ރޫޙެއް އުފެދިގެން އުޅުނު ދުވަސްވަރެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާދައަށް ޅެމާއި ލަވަޔާއި ރައިވަރާއި ބަންޖާއި ފަރިހި ހަދައި އުޅުނު ދުވަސްވަރެކެވެ. ހެނދުނު އިރު އަރާއިރު އަދަބީ އުފެއްދުންތައް ތަންތަނުގައި ހިއްޕާފައި ހުއްޓާ ފެނިދާނެއެވެ. ނޫނީ ގޭގޭގެ ބޮޑުދޮރު ދޮށުން ނުވަތަ ކުޑަދޮރަކުން ގޭތެރެއަށް އެއްލާފައި އޮއްވައި ފެނިދާނެއެވެ. ލިޔެފައިވާ ޝާއިރުގެ އަސްލުނަމެއް ނޭނގޭނެއެވެ. ހުންނަނީ މުޅިން ވެސް ގަލަމީ ނަމެވެ. އެ ނަންތައް އޭރު ވަރަށް މަޝްހޫރެވެ. […]

ޢަބްދުﷲ ސަޢީދު
ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގައި ވަނީ 237 ފަރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދާނެއެވެ. މިބުރާތުގައި ވަނަތައް ދިނުމަށް ހަމަޖެހިފައިވަ...

ޝިއުނާ އާދަމް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރަށް ކުރަށްވާ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް، އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް މިކުރަށްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދާދިފަހުން އެމަނިކުފާނު ވަނީ އެރަށް ހިމެނޭހެން ޅ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރަށްވާފައެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ފުރައި ވަޑައިގެންނެވިއިރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީ...

ޔުމްނާ ޢަލީ
ދަނޑުގައި އަޅާ ޓާފާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރާނަން: އިހަވަންދޫ ކައުންސިލް

ދަނޑުގައި އަޅާ ޓާފާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރާނަން: އިހަވަންދޫ ކައުންސިލް

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައިވާ ޓާފް އިއްޔެ އަޅަން ފަށާފައިވާއިރު، އެ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ އާދީތައް ދުވަހު ސަރުކާރާއި ރަސްމީކޮށް ހިއްސާކުރަށްވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އިހަވަންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ދަނޑުގައި ޓާފް އަޅަން ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެފައި ވަނީ، އ...

އަލީ އާދިލް
ރާއްޖެ މިދިޔައީ 30 އަހަރު ފަހަތަށް: ލަތީފް

ރާއްޖެ މިދިޔައީ 30 އަހަރު ފަހަތަށް: ލަތީފް

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއްނޫންކަމަށާއި، ރައީސްގެ ޤަރާރާއެކު ރާއްޖެ މިވަނީ ތިރީސް އަހަރު ފަހަތަށް ސޮއްސާލާފައި ކަމަށް، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވުމާއެކު، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަނ...

އަލީ އާދިލް
ސޮސިއެޑާޑް އަތުން މޮޅުވެ، ބާސާ އަލުން ތާވަލުގެ ދެވަނައަށް

ސޮސިއެޑާޑް އަތުން މޮޅުވެ، ބާސާ އަލުން ތާވަލުގެ ދެވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑްއާއި ބާސެލޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސާ ޖެހިލައިފިއެވެ. ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާއާއި ސޮށިއެޑާޑް ބައްދަލުކުރި މެޗު ރޭ ދަންވަރު ކުޅެފައިވާއިރު، އިރާކޮޅު ސެވިއްޔާއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން އެ ދެ ޓީމް މޮޅުވެފައިވާތީ، ރޭ ބާސާ ސޮސިއެޑާޑް މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. ދެ ވަނާގައި ސެވިއްޔާ […]

އިބްރާހިމް ޚަލީލް
ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ 22.4.22” ޓީވީ އާއި ލެޕްޓޮޕް ބޮޑުތަނުން އަގުހެޔޮ!

ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ 22.4.22” ޓީވީ އާއި ލެޕްޓޮޕް ބޮޑުތަނުން އަގުހެޔޮ!

ފަހަކަށް އައިސް ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުން ނެވެ. އެއީ އެކި ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއް ލިބޭހެން، ވަކި ހާއްސަ ދުވަހަކަށް ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާއެއްގެ ސަބަބުން ނެވެ. 22.4.22 ރީތި މިތާރީހުގައި އެފިހާރައިން މިފަހަރު ބޮޑު ތަނުން އަގު ހެޔޮކޮށްފައިވަނީ ޓީވީ އާއި ލެޕްޓޮޕްގެ އިތުރުން އިލެކްޓޮރޯނިކްސް ގެ ބާވަތްތަކެވެ. ފުޅާ ދާއިރާއެއްގައި ގިނަ ބްރޭންޑްތަކެއްގެ ކޮލިޓީ ލެޕްޓޮޕް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކު...

އަލީ އާދިލް
ގަދަ ހިފުމަކަށް، އެންމެ މީރީ ޑެވިލްޑް ޗިކަން؟ ނޫނީ ޑެވިލްޑް ފިސް؟

ގަދަ ހިފުމަކަށް، އެންމެ މީރީ ޑެވިލްޑް ޗިކަން؟ ނޫނީ ޑެވިލްޑް ފިސް؟

ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކެއުންތަކުގައި އާންމުކޮން ބޭނުންކުރާ މަހުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ ދެބާވަތަކީ ކުކުޅު މަހާއި ކަނޑުމަހެވެ. ޑެވިލްޑް ފިސް ނުވަތަ ޑެވިލްޑް ޗިކަން ގެ މެދުގާ އަބަދުވެސް ވާދަވެރިކަމެއް އޮވެއެވެ. އެގޮތުން މި ރެސިޕީގައި މި އަލިއަޅުވާލަނީ މިދެ ކެން ތައްޔާރުކުރާނެ ގޮތެވެ. މެރިނައިޓް ކުރަން ބޭނުންވާ ތަކެތި: 3 ޖޯޑު ބޯންލެސް ޗިކަން ނުވަތަ ކަނޑު މަސް 1 ސަމްސާ ސޯޔާ ސޯސް 1 ސަމްސާ އަސޭމިރުސް 1 ސައިސަމް […]

ޝިއުނާ އާދަމް
ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް، ކުރެވިދާނެ 6 ކަމެއް؟

ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް، ކުރެވިދާނެ 6 ކަމެއް؟

ރަމަޟާން މަހުގެ އަޅުކަމުގެ ބަހާރު މޫސުމުގެ މާތައް އެންމެ ގަދައަށް ފޮޅިގަންނަ ދުވަސްވަރާ އަހަރެމެން މިވަނީ ކުރިމަތި ލާފައެވެ. އާދެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. މި ދުވަސްތަކަކީ އެދުވަސްތަކެއްގައި ނަބިއްޔާ އާއި ޞަޙާބީން އަދި މާތް ސަލަފުއްޞާލިހުން އަޅުކަމުގައި އެންމެ ހީވާގިވެލެއްވި ދުވަސްތަކެވެ. އެގޮތުން، މިބަރަކާތްތެރި ރޭތަކުގައި ކުރެވިދާނެ ކަންކަމާ މެދު ވާހަކަދައްކާލަމާ ހިނގާށެވެ. ދަމު ނަމާދު ކުރުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “އީމާން...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ

އަދުގެ ރައީސް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއް: ރާޢީ

އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކާއި ގުޅިގެން ކަންކަން ކުރާ ވެރިއެއްކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ހދ. ކުމުންދޫ ކައުންސިލްއާއި އެކު ރޭ މުލިއާ ގޭގައި ކުރިއަށްދިޔަ ބައްދަލުވުމަށްފަހު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިބައްދަލު ކުރެއްވުމުގައި ކުމުންދޫ ކައުންސިލްގެ ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދާއި އެކުންސިލްގެ މެންބަރަ...

އަލީ އާދިލް
ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ދޫކޮށްލައިފި

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ދޫކޮށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި 57 އަހަރުގެ މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ދޫކޮށްލައިފި އެވެ. އައްޑޫ ސިޓީ ހިތަދޫގައި އުމުރުން 06 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިމައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކ...

އަލީ އާދިލް
ރޯދަ މަސް ފެށުނީންސުރެއް، އަހުމަދު ރޮނީ "ކްރީމީ ކަނަމަދު ކޭކު" ކާހިތުން!

ރޯދަ މަސް ފެށުނީންސުރެއް، އަހުމަދު ރޮނީ "ކްރީމީ ކަނަމަދު ކޭކު" ކާހިތުން!

ކަނަމަދުން ތައްޔާރުކުރާ ކެއުމުގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ބާވަތްތަކެކެވެ. ފަހަކަށް އައިސް ރޯދަމަހުގެ ސުފުރާމަތިން ކަނަމަދުން ތައްޔާރުކޮށްފައި ހުންނަތަން އެންމެ ގިނައިން ފެންނަނީ ކަނަމަދު ކޭކެވެ. ނަމަވެސް މިއަދު މިކިޔާދެނީ “ކްރީމީ ކަނަމަދު ކޭކު” ތައްޔާރު ކުރާނެ ގޮތެވެ. ކޭކަށް ބޭނުންވާނެ ތަކެތި: 1 ޖޯޑު ފުށް 1/2 ޖޯޑު ހަކުރު 1/2 ޖޯޑު ކަނަމަދު (އެހާ ހިމުން ނުކޮށް މުގުރާފަ) 2/3 ޖޯޑު ތެޔޮ 3 ބިސް 1/2 ސައި ސަމްސާ ބޭކިންގް ޕައުޑަރ […]

ޝިއުނާ އާދަމް
ގަސް ގުރުޑުވުން: އަސްލަކީ ކޮބާ؟

ގަސް ގުރުޑުވުން: އަސްލަކީ ކޮބާ؟

ގުރުޑަކީ އޭގެ ޒާތުގައި ބަދަލެކެވެ. ގަހުގެ ފަތްތަކާއި ކުރިތަކަށް އަންނަ ބަދަލެކެވެ. އެއީ ފަތް ރޫޖެހުމެވެ. ފަތް ބޯވުމެވެ. އޮމާންވެ ފަތްތަކުގެ ސިފަ އައިބުވުމެވެ. ހަރުވެ ހިކުމެވެ. ބައެއް ފަހަރު މި ހުރިހާ ބަދަލެއްް އައުމެވެ. އަނެއްބައި ފަހަރު ކޮންމެވެސް އެއް ބަދަލެއް ނުވަތަ ބަދަލުތަކެއް އައުމެވެ. އަހަރެމެން ކިޔަނީ ގުރުޑުވީއެވެ. ނުވަތަ ގުރުޑުބަލި ޖެހުނީއެވެ. މިވީގޮތަކީ މާ ހޫނުގަދަވުން، މާ ފިނިގަދަވުން ނުވަތަ ވާރޭފެން ޖެހުން ފަދަ ގުދުރަތީ ކަމަކާހެދި ފަތްތަކަށް މި ދެންނެވި ބަދަލުއައީ […]

ހުބާ ޕްލާންޓްސް