މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1376 ވަނަ ޞަފްޙާ

އައިޝަތު އަލީގެ ތާއީދު ވެސް ފައްޔާޒަށް

އައިޝަތު އަލީގެ ތާއީދު ވެސް ފައްޔާޒަށް

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. މިނިސްޓަރު އައިޝަތު ޢަލީ ވަނީ ފަޔާ އަށް ތާއީދު ކުރައްވާކަން ހާމަކުރަށްވައި، ފަޔާއާއި އެކު ނަގާ ފައި ފޮޓޯ އެއް މިއަދު ޓްވީޓާގައި އާންމު ކުރައްވާފައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ ވެސް ވަނީ މިއަދު ފަޔާއަށް...

އަލީ އާދިލް
ޑައިވަރު ސައީދު ހޯދަނިކޮށް ޑައިވް ބެލްޓެއް ފެނިއްޖެ

ޑައިވަރު ސައީދު ހޯދަނިކޮށް ޑައިވް ބެލްޓެއް ފެނިއްޖެ

ޑައިވިންއަށް ގޮސް އުޅެނިކޮށް މި މަހުގެ 2 ވަނަ ދުވަހު ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދަމުން ދަނިކޮށް ޑައިވް ބެލްޓެއް ފެނިއްޖެއެވެ. ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި މި މަހުގެ 2 ވަނަ ދުވަހު މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު 14:30 ހާއިރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 15:36 ހާއިރު އެވެ. އެމްއެންޑީއެފުން މިއަދު […]

ޔުމްނާ ޢަލީ
ޝައުނާގެ ތާއީދު ފައްޔާޒަށް، ނަޝީދު ފާޑު ވިދާޅުވެއްޖެ

ޝައުނާގެ ތާއީދު ފައްޔާޒަށް، ނަޝީދު ފާޑު ވިދާޅުވެއްޖެ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. ވީޑީއޯ މެސެޖެއް މެދުވެރިކޮށް މިނިސްޓަރު ޝައުނާ އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަ...

އަލީ އާދިލް
މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނު ފަށައިފި

މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނު ފަށައިފި

‏މި އަހަރުގެ އޯ ލެވެލް (ސާނަވީ ނިންމާ އިމްތިހާނު) މިއަދު ފަށައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އިމްތިހާނު ދިވެހިރާއްޖެގެ 239 ސެންޓަރެއްގައި ކުރިއަށް ދާނެއެވެ. އަދި މި އަހަރަކުގެ އިމްތިހާނުގައި 5939 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި އިމްތިހާނު ކުރިޔަށްދާނީ މިއަދުން ފެށީގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އޯލެވަލް އިމްތިހާނާ އެކު އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިހާން ވެސް ކުރިއަށްދާނެ އެވެ. އިމްތިހާނުތަކުން...

ޔުމްނާ ޢަލީ
އިންޑިޔާ އެމްބަސީން ބޭނުންވާ އެޖެންޑާއެއް ފަތުރަން މީޑިޔާތައް ބޭނުންކުރާކަމަށް އިދިކޮޅުންގެ ތުހުމަތު

އިންޑިޔާ އެމްބަސީން ބޭނުންވާ އެޖެންޑާއެއް ފަތުރަން މީޑިޔާތައް ބޭނުންކުރާކަމަށް އިދިކޮޅުންގެ ތުހުމަތު

ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ. އެކޯލިޝަނުން މިހެން ބުނެފައިވަނީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު އެ ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރުކަމަށާއި އެއ...

އަލީ އާދިލް
ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިހެން ވިދާޅުވީ، “އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް” މިސުރުހީގެ ދަށުން މީސްމީޑިޔާގައި ހިއްސާ ކުރެއްވި ލިޔުމެއްގަ އެވެ. މިލިޔުމުގައި އަމީން ވިދާޅުވެފައި ވަނީ، އުތުރުގެ ތަރައްޤީ އާއި ހަނިމާދޫ އެއާރޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާރޕޯޓް...

އަލީ އާދިލް
ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން ވޮލީ މުބާރާތެއް ފަށައިފި

ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން ވޮލީ މުބާރާތެއް ފަށައިފި

ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ. މި މުބާރަތް ހުޅުވި މެޗްގައި ބައްދަލުކުރީ “ގަމަނަ” އަދި “ނަމުރު” އެވެ. ސީދާ ތިން ސެޓުން މެޗް ކާމިޔާބް ކުރީ ނަމުރު އެވެ. ފުރަތަމަ ސެޓް 25-22 އިން ދެވަނަ ސެޓް 25-20 އަދި ތިންވަނަ ސެޓް 25- 19 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލް ކޮށްދިނީ މެޗްގެ ޝަރަފް ވެރި މެހެމާން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އެވެ. މެޗްގެ […]

އަލީ ރިޔާޟް
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްތިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، 490 މީޓަރު ބޭރުތޮށި ލުމާއި، 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 22.14 މިލިއަން […]

އަޙްމަދު ވަހީދު
އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރާނެކަމަކީ "އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް"ގެ އިންތިޚާބަށް ގޮވައިލުން: ފައްޔާޒު

އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރާނެކަމަކީ "އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް"ގެ އިންތިޚާބަށް ގޮވައިލުން: ފައްޔާޒު

މި މަހު 14 ވަނަ ދުވަހު އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރައްވާނެކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނާ “އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް” ގެ އިންތިޚާބަށް ގޮވައިލުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ ފަޔާގެ ހިންގާލަން ޓީމުން ޕާޓީގެ މެންބަރުން ގާތަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރ. ދުވާފަރަށް...

އަލީ އާދިލް
އުނގޫފާރު ހޮސްޕިޓަލުގައި އުފަންވާ ކުދިންނަށްވެސް އެސްޓީއޯގެ ހަދިޔާ

އުނގޫފާރު ހޮސްޕިޓަލުގައި އުފަންވާ ކުދިންނަށްވެސް އެސްޓީއޯގެ ހަދިޔާ

ރ. އުނގޫފާރު ހޮސްޕިޓަލުގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ. މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއަދުން ފެށިގެން އެ ހޮސްޕިޓަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ލިބޭނެއެވެ. “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ޓްރީޓޮޕް ގައިވެސް...

އަޙްމަދު ވަހީދު
ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިންމާލާފައެވެ. އަދި ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 91 އިމްސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން، މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަަމަށް ވެސް އެމްޓީސީސީން...

އަޙްމަދު ވަހީދު
ފަހަތުން އަރާ ވިލަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

ފަހަތުން އަރާ ވިލަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގު ގައި ފަހަތުން އަރާ 3-2 ގެ ނަތީޖާއިން ވިލަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ވިލަރެއާލް ދަނޑުގައި ކުޅުނު މި މެޗް ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ވިލަރެއާލް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލް މެޗުގެ 3 ވަނަ މިނެޓްގައި އެޓިއެން ކެޕޫ ގެ އެހީތެރިކަމާއެކު ވިލަރެއާލް އަށް ކާމިޔާބު ކޮށްދިނީ ބައޮލޭޑިއާ އެވެ. ދެވަނަ ގޯލް މެޗްގެ 41 ވަނަ މިނެޓްގައި ފުރަންސިސް ކޮކްލިން […]

އަލީ ރިޔާޟް
ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ. ބްރޯޑްކޮމް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ. ބްރޯޑްކޮމް އިން ބުނީ، މި އެވޯޑަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭ...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ނ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 21:00 އިން ފެށިގެން ދަންވަރު 01:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް ނެޝަނަލް ޑިޒާސްޓާ […]

އަލީ އާދިލް
ފުވައްމުލަކު ސަރަހައްދުން ބޮޑު މިޔަރެއް ކެމެރާއެއް ކާލާ މަންޒަރަށް ދުނިޔޭގެ ސަމާލުކަން!

ފުވައްމުލަކު ސަރަހައްދުން ބޮޑު މިޔަރެއް ކެމެރާއެއް ކާލާ މަންޒަރަށް ދުނިޔޭގެ ސަމާލުކަން!

ޏ. ފުވައްމުލަކު ސަރަހައްދުން ބޮޑު މިޔަރެއް ކެމެރާއެއް ކާލާ މަންޒަރަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެެވެ. ފެމުނު މިޔަރެެއް އަައިސް 360 ކެމެރާއެއް ކާލާ މަންޒަރު އިންސްޓަރ ގްރާމްގައި ހިއްސާކޮށް ފައިވަނީ، ސްވިޒަރލޭންޑްގެ ފިލްމް މޭކަރެއް ކަމަށްވާ ޒިމީ ދަ ކިޑް ކިޔާ ޒުވާނެކެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ވީޑިއޯ ހިއްސާ ކުރަމުން ޒިމީ ބުނެފައިވަނީ، މިކަން ހިނގާފައިވަނީ މި ޔަރުތަކުގެ ވީޑިއޯ ޑޮކިއުމެންޓްރީއެއް ހަދަން ޝޫޓު ކުރަމުން ދަނިކޮންކަމަށެވެ. ދުނިޔޭގެ ސަމާލުކަމަށް އެ އެވިޑިއޯއަށް ލިބުނީ، މިޔަރު […]

އަޙްމަދު ވަހީދު
ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ  ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފި

ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފި

ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރައަށް ބަދަލުގެންނަން ނިންމަވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިރޭ ވިދާޅުވީ، ‏ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން 2022 މޭ 1 އިން ފެށިގެން އެ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ވެސް “ދައުލަތުގެ ޕޭ ފްރޭމް ވާރކް” އަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން...

ޔުމްނާ ޢަލީ
ނޫސްވެރިންގެ ދުވަސް ފާހަގަކުރަން، އެމްއެމްސީ އާއި ބްރޯޑްކޮމް ގުޅިގެން ގައުމީ ހަރަކާތްތަކެއް

ނޫސްވެރިންގެ ދުވަސް ފާހަގަކުރަން، އެމްއެމްސީ އާއި ބްރޯޑްކޮމް ގުޅިގެން ގައުމީ ހަރަކާތްތަކެއް

މި އަހަރުގެ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގައުމީ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ނިންމައިފި އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ނެވެ. މި ކެމްޕޭނުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމްއެމްސީ އާއި ބްރޮޑްކޮމުން ދޫކުރާ ހާއްސަ ބެޖެއްގެ އިތުރުން ނޫ ކުލަ އެވެ. މި އަހަރު ނޫސްވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ […...

އަލީ އާދިލް
އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް

އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް

މިއަހަރުގެ ފިތުރު އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ. އެ ފުރުސަތުގެ ދަށުން ހަދިޔާ ހޯދަން ބޭނުންވާ މީހުން ޖެހޭނީ އީދު ހޭދަ ކުރި ގޮތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާށެވެ. މިގޮތަށް ހިއްސާ ކުރާއިރު އީދު މަޖާ ހޭޝްޓެގް ބޭނުންކޮށް އުރީދޫ ޓެގް ކުރަންވާނެއެވެ. އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާގައިވެސް ފޮޓޯ ހިއްސާ ކުރެވޭނެއެވެ. އެ ޕޯސްޓް ޕަބްލިކް ޕޯސްޓަކަށް ވާން ޖެހޭއިރު […]

އަޙްމަދު ވަހީދު