ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ތުހުމަތު ކުރަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން […]
ހުސައިން ހަބީބް
އަހަރެންގެ އުމުރުން 23 އަހަރުގައި، ބޭރު ޤައުމުތަކަށް ކުޑަކުދިންގެ ފޮތްތައް ވިއްކުމަށްޓަކައި އިމްޕޯޓް/އެކްސްޕޯޓް ކުންފުންޏެއް ހަދައި ވިޔަފާރީގެ ދާއިރާއަށް ޢަމަލީގޮތުން ނުކުންނަން ނިންމީމެވެ. އެއާއެކު އެހެން ހުރިހާ ޤައުމެއްގެ ތެރެއިންވެސް އަހަރެންގެ ޝައުޤުވެރިކަން ފުރަތަމަވެސް ހުއްޓުނީ ސަޢޫދީ ޢަރަބިއްޔާއަށެވެ. އެހެންކަމުން ވޮޝިންޓަނުގައި ހުންނަ ސައުދީގެ ކޮމަރިކަލް އޮފީހަށް އަހަރެން ދިޔައީމެވެ. އެތަނުން އަހަންނަށް އެނގިގެންދިޔައީ މުޢާމަލާތުގެ ހުރިހާ ލިޔެކިޔުމެއް ކުރަން ޖެހެނީ ޢަރަބި ބަހުން ކަމެވެ....
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ހއ. އަތޮޅުގެ ލޯންޗް ޕެރީގެ ހިދުމަތް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ. ހއ. ގެ ދަތުރުތައް މިއަދު ފަށާފައި ވަނީ ހއ. ތުރާކުނުން ފަތިހު 05:45 ގައެވެ. މި ދަތުރުތަކުގައި ބޭނުން ކުރާ ލޯންޗުތައް އިއްޔެ ވަނީ މާލެއިން ހއ. އަތޮޅަށް އައިސްފައެވެ. މި މަހު ހދ. އަތޮޅިގެ ފެރީގެ ހިދުމަތް ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ. މި ހިދުމަތް ހއ. […]
ސަނިއްޔާ އަބޫބަކުރު
މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯ ތަކާއެކު އެތައް ބަޔަކު އަންތަރީސް ކޮށްލައިފިއެވެ. އަދުނާން ވަނީ އޭނާގެ ރަސްމީ އެކައުންޓްތަކުގައި ދިވެހިރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯ ޢާއްމުކުރަމުން ލިޔެފައި ވަނީ “ޖަސްޓް ޗިލިންގް އިން ކުޑަވިލިނގިލިރިސޯޓް…އެގެއިން” މިހެންނެވެ. މިފޮޓޯތައް މީސް މިޑިޔާގައި އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. ގިނަބަޔަކަށްވަނީ ވަރަށް ބޮޑަށް ސިހުން ލިބިފަ އެވެ. ޢަދުނާންގެ ފޮޓޯ ތަކުން...
ސަނިއްޔާ އަބޫބަކުރު
މާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ކުނި ސްޓެލްކޯއިން މެނޭޖް ކުރަން ނިންމައި މާފުށީގައި މަސައްކަތް ފަށައިގެންފިއެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. މި އެއްބަސްވުމުގައި މާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ. ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އ...
ސަނިއްޔާ އަބޫބަކުރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ ވިއްސާރަ ވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ލަފާ ކުރައްވައިފިއެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރަށް އިތުރަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އެންމެ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. މި ސަރަހައްދުގެ ރަށްތަކަށް ޢާއްމު ގޮތެއްގައި ވަޔާއި ކަނޑުތައްވެސް […]
ސަނިއްޔާ އަބޫބަކުރު
ހއ. ހޯރަފުށީ ގައި ހުންނަ އެއަތޮޅުގެ އަތޮޅު މަދަރުސާގެ ފާއިތުވީ ތިން އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ރޭ ބޭއްވުނު މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ. ރޭގެ ޖަލްސާގައި ޖުމްލަ 37 ދަރިވަރުން އިނާމު ޙާޞިލު ކޮށްފައިވާއިރު ބެސްޓް އޯލް ރައުންޑަރސްގެ ގޮތުގައި މަތީ ޘާނަވީން 2019 ވަނަ އަހަރު ފާޠިމަތު ފިރުޝާގެ އިތުރުން ޘާނަވީ ގްރޭޑްތަކުން ޝިހާދާ އިބްރާހީމް […]
ސަނިއްޔާ އަބޫބަކުރު
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ. ދެ ސެޝަނަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާ މި ރީޓްރީޓްގެ ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. އަދި ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއ...
މުޙައްމަދު ވަސީމް
ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަޢޫދީޢަަރަބިޔާއިން ބުނެފިއެވެ. ސަޢޫދީން މިހެން ބުނީ ސައުދީއަރަބިއާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ބަހާއު ޙަލަވާނީ އާއި ދިވެހި ޙައްޖު މިޝަންގެ ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް މުޙައްމަދު އަނީލް ބައްދަލު ކުރައްވާ ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔައްގެންދިއުމާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވު...
މުޙައްމަދު ވަސީމް
ކ. ގުޅީގައި ސްޓެލްކޯއިން ދެމުން އަންނަ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންގޮސްފިއެވެ. ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުނިން ފެބްރުއަރީ މަހު ހަވާލުވި އިރު، އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ ދެ އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. އެހެންވެ އެ ހިދުމަތް ރަނގަޅު ކުރަން އިތުރު 50 ޓަނުގެ އާރުއޯ […]
އަޙްމަދު ވަހީދު
ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހުގެ ހެދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ [...
އަލީ އާދިލް
ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކުރިން ރިސޯޓް މޮޑަލެއް ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑަލަކަށް ބަދަލުކޮށް އަލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ. މި އެއްބަސްވުމާއެކު ޓްރާން...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތުކުރެވޭ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ފުލުހުން ހިނގަމުން އަންނަ ވަޓްސްއެޕް ގުރޫޕްގައި ނޫސްވެރިއަކު ވަނީ ” އެމްޕީ އަނދުން ހުސައިން އާއި އިތުރު އަންހެނަކާއި ފިރިހެނަކު ބަރަހަނާކޮށް އެނދެއް މަތީ ތިބި ފޮޓޯ އެއް އާންމުވެފައި އެބަވޭ، ފުލުހުނގެ ސަމާލުކަމަށް މިކަން އައިސްފިތޯ” މިގޮތަށް ސުވާލުކޮށްފަ އެވެ. އެއަށް ޖ...
ޝިއުނާ އާދަމް
ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، 42 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:59 ގައި ކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްގައިވާކަމަށާއި މިމައްސަލަ ތަޙްޤީގު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ....
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ރާއްޖެއިން ފުރައިގެން ދިޔަ ނުދިނުމަށްޓަކާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އޭނާ ފުރައިގެން ރާއްޖެއިން ބޭރަށް ދާން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެއިތުރުން ފުލުހުން މިއަދު ބުނެފައިވަނީ، ގާ...
ޝިއުނާ އާދަމް
ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލިގެން ހޯދަމުންދިޔަ އޮސްޓްރޭލިއާ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެ ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނިފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް ކަމަށެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން “ތިލަދުން” އަށް މަޢުލޫމާތު ދެ...
އަލީ އާދިލް
އަންނަ މަހު ތެރޭގައި ށ.އަތޮޅުގައި ވެސް ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭނެ ކަމަށް އެމްޓީސީސީން ހާމަ ކޮށްފި އެވެ. އެމްޓީސީސީން ހއ.އަތޮޅުގައި ހައި ސްޕީޑު ފެރީ ދަތުރުތައް ފެށުމަށް ބޭނުންވާ ފަސް ލޯންޗް އިއްޔެ ހއ.އަށް ފުރުވާލުމުގެ ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ޒޯން 1 ގައި ފެރީގެ ޚިދުމަތް ނުފެށި އޮތް ހަމައެކަނި އަތޮޅު ކަމަށްވާ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ތައް ހާމަކޮށްފައެވެ. އެގޮތުން އެމްޓީސީސީ […]
ސަނިއްޔާ އަބޫބަކުރު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙާއި، މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައްވާފައި ކަމަށް ރައީސް އޮފީހުން މައު...
މުޙައްމަދު ވަސީމް