ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެ...
ޔުމްނާ ޢަލީ
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އަހަރެންގެ ބޭންކް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުގެ ޓީ...
އިބްރާހިމް ޚަލީލް
އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަތޮޅުފިހާރަތައް ތަރައްޤީ ކުރުމުގެ ވާހަކަ އެ ކޮންފަރެންސްގައި ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއ...
އަލީ އާދިލް
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތ...
ޔުމްނާ ޢަލީ
ވަކި އުސޫލެއްގެ ދަށުން އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރެވޭ ގޮތް ހަދައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަކި ދާއިރާތަކަކުން ނޭޝަނަލް ސެޓްފިކެޓު 3 ޙާޞިލް ކުރާ ފަރާތްތަކަށް އިތުރު ތިއަރީ އިމްތިޙާނަކާ ނުލައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން ލައިސަންސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ބޯޓު އޮޕަރޭޝަން ކަމަށް ބުނެފައިވެއެވެ. އެގޮތުން ބަސް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓިފިކެޓް ހާސިލްކޮށްފައިވާނަމަ ލިބެނީ،...
ޝިއުނާ އާދަމް
ނޫނު އަތޮޅު ކޮމެޓީ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކްލަބް، ޖަމިއްޔާތަކަށް މިއަދު ހުޅުވާލައިފިއެވެ. ނ. އަތޮޅު ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ނޫނު އަތޮޅު ކައުންސިލް ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ އައު ހިންގާ ގަވާއިދުގައިވާގޮތުން އެ އަތޮޅު އެއްރަށާ އަނެއްރަށާގުޅުވާ ހިންގާދޭ އަތޮޅު ފެންވަރުގެ ކޮމިޓީތަކެއް އެކުލަވާ ހިންގަންޖެހޭ ކަމަށެވެ. އެހެންކަމުން ތަފާތު ދާއިރާތަކުގެ ކޮމިޓީތަކުގައި އެދާއިރާތަކާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭގޮތަށް ހިންގުމަށް ޝައުގުވެރިވާ ޖަމުއިއ...
ޙުސައިން ޝަހުދީ
މާފަރު ސުކޫލުން ގަތްކަމަށް ބުނާ 80 ޓަނުގެ ހިލަވެެއްޔަށްވާ 31،120 ރުފިޔާ، މާފަރު ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، އަދި މިހާރުގެ މާފަރު ކައުންސިލް ރައީސް މުޙައްމަދު އަދުނާނުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ތެރެއިން، އަމިއްލަ ފަރާތަކުން ހޯދަން އެދުނު މަޢުލޫމާތަކާއި ގުޅިގެން ސުކޫލުން ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ހިލަވެލި މާފަރު ސުކޫލަށް ވިއްކި ކަމަށް އިންވޮއިސް ހުށަހަޅާފައިވަނީ ޓެކް ބީމް ނަމަކަށް ކިޔާ ފަރުދީ ވިޔަފާރި އަކުންނެވެ....
އަލީ އާދިލް
ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކުރިން ނިންމައިފަ އެވެ. އާޒިމާގެ […]
ހުސައިން ހަބީބް
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނައިފަރު ޑްރާމާ މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދިވެހި ޘަޤާފަތާއި ދިވެހިންގެ ވައްޓަފާޅި އާއި އާދަކާދަ ރައްޔިތުންގެ މެދުގައި ދިރުވައި އާލާކޮށް އެކުވެރިކަމާއެކު ވާދަވެރި ރޫޙެއްގައި ހުނަރާއި ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ ފުރަތަމަ ދުވަހު ކަމަށެވެ. 3 ކ...
އަލީ އާދިލް
ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ “ޓަޑަލަފިލް” އަފި “ސިލްޑެނަފިލް” ހިމެނޭ މާމުއި ވިއްކުމާ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން މަނާކޮށްފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ މި ދެ ބާވަތް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަވެފައި ކަމަށެވެ. ނަމަވެސް މީގެން ބައެއް އުފެއްދުންތަކަކީ ފްރޯޑްކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓް...
އަލީ އާދިލް
މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. އަދި، މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތަކުގެ 79 އިންސައްތަ ނިމިފައިވާ […]
އަޙްމަދު ވަހީދު
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސެލަނިޓާނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖހާފައި ވަނީ ސެލަނިޓާނާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ޕަސްކުއޭލް މަޒޯކީ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ. […]
އިބްރާހިމް ޚަލީލް
ހއ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާތީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ކައުންސިލުން ހއ. އަތޮޅު ޕޮލިސް ކޮމާންޑަރާއި ބައްދަލު ކޮށްފިއެވެ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި ޒަމާންވީ މައްސަލައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރެއް، ދޮޅު އަހަރެ...
އިބްރާހިމް ޚަލީލް
“އަހުރެންނަށް ފެންނަގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ.” މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފުރަތަމަ ތަސްދީގުކުރެވުނު ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙަ...
ޢަބްދުﷲ ސަޢީދު
އެސްޓީއޯއިން ވިއްކަމުން އަންނަ ހިޓާޗީގެ 32 އިންޗީގެ އެލްއީޑީ އެންޑްރޮއިޑް ޓީވީގެ ހާއްސަ އޮފާއެއް ފަށައިފިއެވެ. މި އޮފާގެ ދަށުން އެ ކުންފުނިން ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ކުރިން 4055 ރުފިއަށް ލިބެން ހުރި މި ޓީވީ މިހާރު 2164 ރުފިޔާއަށް ލިބޭނެއެވެ. ހިޓާޗީ އެލްއީޑީ އެންޑްރޮއިޑް ޓީވީ އެސްޓީ ޕީޕަލްސް ޗޮއިސް އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެސްޓީއޯގެ އީސްޓޯރުން ވެސް މި ޓީވީ އޯޑަރު ކުރެވޭނެއެވެ. އެސްޓީއޯއަކީ ހިޓާޗީގެ ރާއްޖޭގެ […]
އަޙްމަދު ވަހީދު
ސިވިލް ކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ. ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ އެކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނާއި ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހު 23 ގައެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އެކޮމިޝަނުނ...
ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ. 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން...
ޝިއުނާ އާދަމް
ސްޕެނިޝް ލަލީގާގައި، ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ރެއާލުން ނުކުމެފައި ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އަނިޔާގެ ސަބަބުން ކެޕްޓަން ކަރިމް ބެން...
އިބްރާހިމް ޚަލީލް