މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1248 ވަނަ ޞަފްޙާ

އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭނެ މީޑިއާތަކެއް ކަނޑައަޅައި އުސޫލަށް އިސްލާހެއް

އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭނެ މީޑިއާތަކެއް ކަނޑައަޅައި އުސޫލަށް އިސްލާހެއް

ނުހިންގާ ނޫސްތަކާއި މުވައްސަސާތަކުގެ ނޫސްތަކަށް އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭގޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން އިންތިޚާބުކުރާ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނެސްފި އެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާގޮތުގައި އެ އުސޫލުގެ 13 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ ދަށުން އުފައް...

މުޙައްމަދު އަފްރާޙް
ރާއްޖެ އައުމުން އަރުޝަދު ހައްޔަރު ކޮށްފި

ރާއްޖެ އައުމުން އަރުޝަދު ހައްޔަރު ކޮށްފި

ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފި އެވެ. އުމުރުން 26 އަހަރުގެ އަރުޝަދު ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭން ނެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ 30 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ބުނެފައިވާއިރު، އެ އޮޕަރޭޝަންގައި ނުވަ […]

މުޙައްމަދު އަފްރާޙް
އަނަސް މަރާލި ކުޑަކުއްޖާއަށް ކުށް ސާބިތުވެއްޖެ، ވާރިސުން ބޭނުންވީ މަރުގެ އަދަބު

އަނަސް މަރާލި ކުޑަކުއްޖާއަށް ކުށް ސާބިތުވެއްޖެ، ވާރިސުން ބޭނުންވީ މަރުގެ އަދަބު

މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ. މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް […]

ހުސައިން ހަބީބް
އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ

އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ

އެމްޑީޕީ އަށް ނޮޅިވަރަމް ދާއިރާ ނުލިބުނަސް، އެދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއްކަމުގައި ވިދާޅުވ،ެ ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ. މޮސްޓާ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހއ. ހދ. އަދި ށ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ. މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހއ، ހދ، ށ...

އަލީ އާދިލް
ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ

ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ

ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނީ މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއް ކަމަށެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. “ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމ...

ޔުމްނާ ޢަލީ
ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި

ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ...

ޔުމްނާ ޢަލީ
ސްވިޑްންގެ ލޯބިވެރިޔާ ދިވެއްސަކަށް ދިން 260،000 ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ސްވިޑްންގެ ލޯބިވެރިޔާ ދިވެއްސަކަށް ދިން 260،000 ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ސްވިޑްން އަންހެނަކާއި ދިވެހި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އަންހެން މީހާ ދިން 260،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގދ. ރަތަފަންދޫ މީހަކު އެ ފައިސާ ދައްކަން ޖެހުނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްވިޑްންގެ މީހަކު އޭނާއަށް ދީފައިވާ 17،000 ޑޮލަރުގެ މައްސަލާގަ އެވެ. އެ ދެ މީހުން ގުޅުނީ ފިރިހެން މީހާ ރިސޯޓްގައި އުޅެނިކޮށް އަންހެން […]

ހުސައިން ހަބީބް
މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމިއުނިކޭޝަން ޕާޓަނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އެމްއެމްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުޙައްމަދު ޝަފާއު ހަސަންއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންދާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ...

އަޙްމަދު ވަހީދު
މިރޭ ބެންފީކާއާއި ދެކޮޅަށް މެސީއަށް ނުކުޅެވޭނެ

މިރޭ ބެންފީކާއާއި ދެކޮޅަށް މެސީއަށް ނުކުޅެވޭނެ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ކުޑަކަޅުވާ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއި ދެކޮޅަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. މެސީއަށް އަނިޔާވެފައި ވަނީ ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، އެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ލަނޑު ޖަހާފައި ވަނީ މެސީއެވެ. ނަމަވެސް ދެވަނަ ހާފުގައި މެސ...

އިބްރާހިމް ޚަލީލް
އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ “އެސްއެމްއީ ހަބް” ގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކު ދޫކުރަން ނިންމައި އެ ކިއޯސްކުތަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަބުގެ ފުރަތަމަ ފަންގިފިލާއިން ދޫކުރާ ކިއޯސްކުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކަމަށެވެ. ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއ...

އަޙްމަދު ވަހީދު
ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ތަކަންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކުޅުދުއްފުށީގެ އާންމު ސަރަހައްދެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ބިނާ ފަރުމާކުރުމުގައި ޝަހީދު ހުސައިން އާދަމްގ...

އިބްރާހިމް ޚަލީލް
އިދިކޮޅު އިހުތިޖާޖު ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރިކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިދިކޮޅު އިހުތިޖާޖު ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރިކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމުން މިއަދުކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި، ޕީޕީއެމް އިން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔައީ މާލޭ މަސްމާރުކޭޓު ސަރަހައްދުގަ އެވެ. ފަރެ...

މުޙައްމަދު އަފްރާޙް
ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި

ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި

ހއ. ކެލާ، ރ. އިނގުރައިދޫ އަދި ނ. މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 އޮކްޓޫބަރު އިން 19 އޮކްޓޫބަރު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  https://bandeyripay.finance.gov.mv މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް […]

މުޙައްމަދު އަފްރާޙް
ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައި

ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައި

ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުންކަނޑުތަކުގައި ކުރި ދިރާސާގައި، ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ “ބްރެމްބަލް ޝާރކް” ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވާކަމަށް ހާމަކޮށްފި އެވެ. މި ދިރާސާ ހިންގުމުގައި ނެކްޓަން އާއިއެކު އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް ހާމަކުރެއްވި ގޮތުގައި، ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭކަމަށާއި، ނަމަވ...

އިބްރާހިމް އަސްވާޤް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލުގައި މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބް

އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލުގައި މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުން ޓީމް މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މި މުބާރާތުގެ ދެ މެޗު މިއަދު […]

އިބްރާހިމް ޚަލީލް
ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

Lލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން...

އަޙްމަދު ވަހީދު