ޔޫކްރެއިން ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒަށް ދިއުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ގޮވާލައްވައިފި އެވެ. އޭނާ ބައިވެރިވެވަޑައިގެންނެވި ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ޔޫކްރެއިންގެ ސަރަހައްދުތަކަށް އޮތް ހައްގުތަކަށް ޕުޓިން އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާ އާއި ޔޫކްރެއިން މަޝްވަރާކޮށް 1991 ވަނަ އަހަރު ބޯޑަރުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ ޔޫކްރެއިންގެ ބައިތައް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގ...
މުޙައްމަދު ވަސީމް
ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި އާސެނަލްއާއި ބޯޑޯ/ގިލްމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމާއި ގާތަށް އާސެނަލް ޖެހިލައިފިއެވެ. ރޭ ބޯޑޯ/ގިލްމްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ސަމްބީ ލޮކަންގާ […]
އިބްރާހިމް ޚަލީލް
މިދިޔަ ސެޕްޓެމްބަރު މަހު، މަސްވެރިކަން ރަނގަޅުވި ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ޖުމްލަ އެކްސްޕޯޓު ދަށަށް ހިނގައްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ޖުމްލަ އަގު 166 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓުކުރި 172 މިލިއަން ރުފިޔާއަށް ވުރެ ހަތަރު އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް، ފާއިތުވި ތިން މަހާއަޅާ ބަލާއިރު، މިދިޔަ މަހުގެ އެކްސްޕޯޓު ވަނީ […]
ޝިއުނާ އާދަމް
ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އޮމޯނިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތު ލަނޑުޖަހައި ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ޔުނައިޓެޑުން ކުޅެފައިވާއިރު އެ ޓީމުން ވަނީ ޖުމްލަ 25 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން 12 ހަމަލާއެއް ގޯލާއި އަމާޒުވެފައިވާއިރު، ރޭގެ މެޗުގައި […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ޗެމްޕިއަންކަން ހޯރަފުށީ ބާވީސް ސްޓްސް ކުލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ހޯރަފުށީގައި ކުޅުނު ފައިނަލް މެޗު، ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ބާވީސް ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 13-12 އިން ޓީމް މާރަންދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ބާވީސް ސްޕޯޓްސް […]
އިބްރާހިމް ޚަލީލް
ސްޓެލްކޯއިން ކ. ކާށިދޫގެ ހެލްތު ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ކާށިދޫ ހެލްތު ސެންޓަރަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެ ސެންޓަރުގެ ޑެލިވަރީ ރޫމާއި މާބަނޑު މީހުންގެ ވޯޑުގައި ހަރުކުރުމަށް ދެ އޭސީއާއި ލެބޯޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމެއް ހިމެނެއެވެ. ސްޓެލްކޯއިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. ރާއްޖޭގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމ...
އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން މިލަންދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ. މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއް ކުޅެ ވަނީ ނިމިފައެވެ. ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު މިލަންދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާހަކަ ދައްކަވަމުން ނެވެ. 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުން ވެސް...
މުޙައްމަދު އަފްރާޙް
ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފިއެވެ. ފިޗުން ރާއްޖެއަށް ދީފައިވަނީ ބީ މައިނަސްގެ ރޭޓިންއެކެވެ. މި ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ. ފިޗުން މިކަން ހާމަ ކުރީ މިއަދު އިއުލާން ކުރި، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިންގައެވެ. ފިޗުން ބުނި ގޮތުގައި ރޭޓިން ދެމެހެއްޓީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމުންނެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާ...
އަޙްމަދު ވަހީދު
މި ދުވަސް ވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސް ދުވަސްވަރެއްގައި އަބަދު ޝަކުވާއަކަށް ވެފައި އޮންނަނީ މާގިނައިން ވާރޭވެހުމުން ތަންތަނަށް ނުދެވ،ި ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ވާހަކަ އެވެ. ނަމަވެސް ވާރޭ ވެހުމުން އެކަމުގެ އުފާ ލިބިގަންނަ މީހުން ގިނަ އެވެ. ބޯކޮށް ވާރޭވެހޭ ވަގުތު ހަމަ ހިމޭން ކަމާއި އެކު އެ އަޑު އަހާލަން އިންނަ ނަމަ އެހެން ކަންކަން ނުކުރެވި ތިބެއް ޖެހޭ ކަމުގެ އިހުސާސެއް ނުވާނެ އެވެ. އަދި އެކަމުން ހަށިގަނޑަށް […]
މުޙައްމަދު ވަސީމް
މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ނެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ […]
މުޙައްމަދު އަފްރާޙް
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ އަރުޝަދު ޚާލިދު ކޯޓު އަމުރަކާ ޚިލާފަށް ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލީ ފުލުހުންނަށް ވެރިންނަށް ވެސް ނޭނގި ކަމަށްވާތީ އެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައަކާ ގުޅިގެން އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން އަންގާފައި ރޭ ފުލުހުން ވަނީ އަރުޝަދު ދޫކޮށްލައިފަ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި އުޅުމަށްފަހު އެތަނުން ޑީޕޯޓްކޮށްލުމުން ރާއްޖެ އައީ އިހަކަށް...
ހުސައިން ހަބީބް
ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, ވިދާޅުވީ އދ. މާމިގިލި، ކ. ގުރައިދޫ އަދި ކ. ހުރާ ގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މާމިގިނލީގައި ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 2،882،535.38 ރުފިޔާ އަށް 20 ދުވަސް […]
މުޙައްމަދު އަފްރާޙް
މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އާރުޓީއެލްގެ ދަށުން މިހާރު މިނީ ބަހުގެ ހިދުމަތް ދެނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލާމު އަތޮޅުގައެވެ. މި ސަރަހައްދުތަކުގައި ބަސްތަކުން ކަރުދާސް ޓިކެޓް ވިއްކަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ކަރުދާސް ޓިކެޓް ގަންނަ ފަރާތްތަކުން ގެންދަން ޖެހޭނީ ސިދާ […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުގައި ހޯރަފުށީ ބާވީސް ސޕޯޓްސް ކުލަބާއި ޓީމް މާރަންދޫ މިއަދު ހަވީރު ވާދަކުރާއިރު، ފައިނަލު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ދެ ޓީމްގެ ކޯޗުން ބުނެފިއެވެ. ފައިނަލު މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބުގެ ކޯޗް މައުމޫން […]
އިބްރާހިމް ޚަލީލް
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު ސަބްމިޓުވިކަން ޔަގީން ކުރުމަށް ހައުސިންގ މިިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. ސަރުކާރުން ހުޅުވާލާފައިވާ މި ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންވެ، ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު، ސަމާލުކަން ދޭންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެކަކަށް ވުރެ ގިނަ...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގެތެރޭގައި ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ހާމައެއް ނުކުރައްވަ އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގަ އެވެ. މިއަދު ހެނދުނު ފުލުހުން ވިދާޅުވެފައިވަނީ މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބ...
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ނަޕޯލީއާއި ކުލަބް ބްރޫޖް ޖާގަ ހޯދިއިރު، ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ލިވަޕޫލުން ހަތް ލަނޑުޖަހައި މެޗު ކާމިޔާބުކުރި އިރު އެ ޓީމުގެ ފޯވާޑް މުޙައްމަދު ޞަލާހް ދެ ރެކޯޑެއް ހަދައިފިއެވެ. ރޭ ރޭންޖާސްގެ ދަނޑުގައ ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ރޭންޖާސްއިންނެވެ. މި […]
އިބްރާހިމް ޚަލީލް