މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,465 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1235 ވަނަ ޞަފްޙާ

ބިލްބާއޯ ބަލިކޮށް ބާސާއިން ފަރަގު ކުޑަކޮށްފި

ބިލްބާއޯ ބަލިކޮށް ބާސާއިން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބިލްބާއޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑެމްބެލޭއެވެ. […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި

ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި

ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް ހަދިޔާކޮށްފިއެވެ. މި މިބާރާތުގެ ޗެޕްޕިއަންކަން ހޯދި ނޮޅިވަރަމް ސީއާރުސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ލިބިފައެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވި ގޮތުގައި ނޮޅިވަރަމް ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް އެފައިސާ ސްކޫލަށް ހަދިޔާ ކުރަން އެ ކްލަބުން...

ޙުސައިން ޝަހުދީ
ގޭންގު ކުށްތަކާ ދެކޮޅަށް ރޭވުންތެރިކަމާއެކު އަންނަނީ މަސައްކަތްކުރަމުން: ރައީސް

ގޭންގު ކުށްތަކާ ދެކޮޅަށް ރޭވުންތެރިކަމާއެކު އަންނަނީ މަސައްކަތްކުރަމުން: ރައީސް

ގޭންގު ކުށްތަކާ ދެކޮޅަށް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަ...

މުޙައްމަދު އަފްރާޙް
ފަސް އަހަރުގެ މުއްދަތަށް ހަނިމާދޫއިން ދަނޑުބިން ދޫކުރުރަނީ

ފަސް އަހަރުގެ މުއްދަތަށް ހަނިމާދޫއިން ދަނޑުބިން ދޫކުރުރަނީ

ދަނޑުވެރިކަން ކުރުމަށް ހދ. ހަނިމާދޫއިން ފަސް އަހަރުގެ މުއްދަތަށް ދަނޑުބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްޞަކުރެވި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ދަނޑުވެރިކަން ކުރުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 50 (ފަންސާސް) ބިން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ އިޢުލާނާއިއ...

އިބްރާހިމް ޚަލީލް
އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމަށް ޖަޕާނުން، 1.2 މިލިއަން ރުފިޔާ ދީފި

އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމަށް ޖަޕާނުން، 1.2 މިލިއަން ރުފިޔާ ދީފި

ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމުގެ ދަށުން ޖަޕާނުން، އދ. އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 80،731 އެމެރިކާ ޑޮލަރު (1.2 މިލިއަން ރުފިޔާ) ހިލޭ އެހީ ފޯރުކޮށްދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އޮމަދޫ ސްކޫލަށް އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ. އޮމަދޫ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ، އެ ސްކޫލުގެ […]

މުޙައްމަދު އަފްރާޙް
އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލެއް ނުވޭ: ސަރުކާރު

އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލެއް ނުވޭ: ސަރުކާރު

ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަ...

ޔުމްނާ ޢަލީ
މާޅޮހު ބަނދަރުގެ 66 އިންސައްތަ ނިމިއްޖެ

މާޅޮހު ބަނދަރުގެ 66 އިންސައްތަ ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ނޮވެމްބަރު 10، 2022 ގައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 41 އިންސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]

އިބްރާހިމް ޚަލީލް
ޒުވާނުންގެ އިނާމް: ވައިކަރަދޫ އަބޯ އަދި ހަނިމާދޫ ފިރާޝާ އަށް!

ޒުވާނުންގެ އިނާމް: ވައިކަރަދޫ އަބޯ އަދި ހަނިމާދޫ ފިރާޝާ އަށް!

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ. ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފައިވާއިރު، ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ލިބިލެއްވީ ހދ. ވައިކަރަދޫ، ހިސާން، އަބުދުﷲ ޝަފީއު (އަބޯ) އަށެވެ. އަދަދު ނޫހުގެ ވިޝުއަލް އެޑިޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު އަކީ ބޮޑު އަކުރު […]

މުޙައްމަދު އަފްރާޙް
އެމްޓީސީސީއިން ބޮޑު ތިލަދުންމަތީގައި، އިންޖީނު މަރާމާތުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

އެމްޓީސީސީއިން ބޮޑު ތިލަދުންމަތީގައި، އިންޖީނު މަރާމާތުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

އުތުރުގެ ތިން އަތޮޅު ކަމުގައިވާ، ހއ، ހދ އަދި ށ ގައި ތިބި ޔަންމާ އަދި ސުޒުކީ އިންޖީނު ބޭނުންކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ނިންމައިފި އެވެ. އުތުރުގެ ބައެއް ކައުންސިލްތަކުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއީ އެމްޓީސީސީ ގެ ފަރާތުން ބާއްވާ މި ތަމްރީނު ޕްރޮގްރާމު ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހު ކަމަށެވެ. އެ ތިން އަތޮޅުގައި ތިބި ޔަންމާ އަދި […]

މުޙައްމަދު އަފްރާޙް
ފެލިވަރު ރިވެޓްމަންޓް ޖަހައި ނިމެނީ

ފެލިވަރު ރިވެޓްމަންޓް ޖަހައި ނިމެނީ

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫގެ 51 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެގޮތުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ރިވެޓްމެންޓް މަސައްކަތުގެ 93 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށު ް މިހާރު ކުރިއަށްދަނީ...

އަޙްމަދު ވަހީދު
ލޯބީގެ ހަދިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ކުރި ހުކުމް ބާތިލް

ލޯބީގެ ހަދިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ކުރި ހުކުމް ބާތިލް

ލޯބިވެރިޔާ ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކޯޓަކުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ލ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ލ. ގަމު މެޖިސްޓްރޭޓަށް މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅިގެން އުޅުނު މުއްދަތުގައި އެކަކު އަނެކަކަށް ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާތައް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ ކޯޓުން ހުކުމްކުރީ ވެސް އެގޮތަށެވެ. އަންހެން މީހާ އެ މައްސަލަ […]

ހުސައިން ހަބީބް
6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި

6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބިލު ނުދައްކާތީ، އެ ޖަމިއްޔާ ހިންގާ މައި މަރުކަޒު، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ. ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެފްއޭއެމުން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައިވާ ކަަމަށާއި ނަމަވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ […]

އަޙްމަދު ވަހީދު
އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި އެވެ. މި އިމާރާތް މިއަދު ހުޅުވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާން އެވެ. މިދަތުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވި އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކައިގާ ކަނޑައެޅުނު ޓާގެޓާއި އެއްގޮތަށް ޢިމާރާތު...

މުޙައްމަދު އަފްރާޙް
އަނެއްކާވެސް ޗެލްސީ ޔުނައިޓެޑް ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އަނެއްކާވެސް ޗެލްސީ ޔުނައިޓެޑް ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗު ދެ ޓީމް އެއްވަރުވެގެން ނިމިއްޖެއެވެ. މީ މި ދެޓީމުގެ ކުރިމަތިލުން ޖެހިޖެހިގެން އެއްވަރުވި ފަސްވަނަ މެޗެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ ޗެލްސީއިންނެވެ. މިގޯލު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރުވަގުތުގެ 4 ވަނަ މިނެޓުގައެވެ. ޝޯ ހުރަސްކޮށްދިން ބޯޅަ ކަސަމީރޯ ބޮލުން ފޮނުވައިލުމުން ގޯލަށްވަނީ އަރިމަތީ […]

އަލީ ރިޔާޟް
އައްޑޫ ސިޓީގައި މަސް ހިފަން ފީނަނިކޮށް ގެއްލިގެން ހޯދި ޒުވާނާ ނިޔާވެއްޖެ

އައްޑޫ ސިޓީގައި މަސް ހިފަން ފީނަނިކޮށް ގެއްލިގެން ހޯދި ޒުވާނާ ނިޔާވެއްޖެ

އައްޑޫ ސިޓީގައި މަސް ހިފަން ފީނަން ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި ޒުވާނާ ނިޔާވެއްޖެ އެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިގެން ނަގައި، ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ، ފެހިވިނަ އުމުރުން 24 އަހަރުގެ ތޮލާލް އަހުމަދު އެވެ. އޭނާ ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު 13:05 ހާއިރު އެވެ. ފީނަން ފޭބި ފަހުން ތޮލާލް ޚަބަރެއް ނުވެގެން އެކަން އެމްއެންޑީއަށް ރިޕޯޓްކުރީ ހެނދުނު 11:30 އެހާހަށްކާ އިރު އެވެ. […]

މުޙައްމަދު އަފްރާޙް
އައްޑޫ ސިޓީއާއި އުކުޅަހުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއާއި އުކުޅަހުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއާއި، އއ. އުކުޅަހުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނަކީ ހިތަދޫއިން މަރަދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުންވިދާޅުވެއެވެ. ގަން ޕޮލިސް ސްޓޭޝަނުން މި މަހު 20 ވަނަ ދުވަހު ހިންގި މި އެއޮޕަރޭޝަނުގައި 44 އަހަރުގެ މީހަކު މަގުމަތިން...

ޔުމްނާ ޢަލީ
ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނުގެ 139 ވަނަ މާއްދާ އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި އިސް މެޖިސްޓްރޭޓް ފަތުހުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށެވެ. މި މިމައްސަލަ ބަލަން […]

މުޙައްމަދު އަފްރާޙް