އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމު ކަމަށްވާ، އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމެވެ. އުރީދޫ އިން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފު ކުރީ މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތި...
އަޙްމަދު ވަހީދު
މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އިސް މީހާއާ އެކު، އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. 2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް އާއި ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި އާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން، އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ […]
ހުސައިން ހަބީބް
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މި ފަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ފެންނާނެ ކަމުގައި ޕީއެސްއެމުން ހާމަކޮށްފިއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ހިމެނޭ ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓް ގަނެފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވަޔާކޮމް18 އިންނެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑީނެޓުން ވަނީ އިންޑިއާގެ ވަޔާކޮމް އަތުން ވޯލްޑް ކަޕް […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ސްރީލަންކާ ތަމްސީލުކުރަން ނަޝީދު ވަޑައިގަންނަވާތީ އެމަނިކުފާނުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވަކީލް އަހުމަދު ތާލިބެވެ. އެގޮތަށް ނިންމައިފިނަމަ، އެމަނިކުފާނަށް މަޖިލީހުގެ ރައީސްކަން ގެއްލޭނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލިޔަސް އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުން...
ހުސައިން ހަބީބް
50 ރުފިޔާގެ ނޫޓަށް ބަދަލުތަކެއް ގެނެސް އާ ޗާޕު ތައާރަފުކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 50 ރުފިޔާގެ އާ ޗާޕުތައް ދައްކާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ނޫޓަށް މައިގަނޑު ތިން ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލީ ދިވެހި ރުފިޔާގެ ނިޝާނެއެވެ. މިއީ ރުފިޔާގެ ނިޝާން ހިމެނި ފުރަތަމަ ނޫޓުތަކެވެ. ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ހިމެނުމުގެ އިތުރުން ގަވަރުނަރު އަލީ ހާޝީމްގެ ސޮޔާއި ތާރިހުގެ ގޮތުގައި […]
އަޙްމަދު ވަހީދު
ދެކުނު ކޮރެއާ އެންމެ ފުރަތަމަ ވާދަކުރީ 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. ދެކުނު ކޮރެއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަކޮށްފައިވާ އަދި އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ 10 ވޯލްޑް ކަޕުގައި ކުޅެފައިވާއިރު އޭގެ ތެރެއިން ނުވަ ފަހަރު ވާދަކުރީ ޖައްސަޖައްސައިގެންނެވެ. އެ ގައުމުން ޖަޕާނާ ހިއްސާވެގެން 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުން ވެގެންދިޔައީ އޭޝިއާގެ ގައުމަކަށް […]
ތިލަދުން
އުޙުދު ހަނގުރާމައިގެ ވާހަކަތައް ކިޔަމުންދާއިރު، ނަބިއްޔާ صلى الله عليه وسلم ހުންނެވުމާ އެކު ވެސް މުސްލިމުންނަށް އެ ހަނގުރާމައިން ބޮޑެތި ގެއްލުންތައް ކުރިމަތިވި ކުރިމަތިވުމާ މެދު ހައިރާންވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޚުދު ނަބިއްޔާ صلى الله عليه وسلم އަށް ތަފާތު އެކިއެކި އަނިޔާތަކާއި ޒަޚަމްތައް ލިބިވަޑައިގަތުމުންނެވެ. އެހެނީ، އެއީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އެ އިލާހުގެ ނަބިއްޔާއެވެ. އެފަދަ ގެއްލުންތަކެއް މުސްލިމުންނަށް ލިބި، ކާފަރުންނަށް އުފާވެރިކަމެއް ކަމަށް އެ ހަނގުރާމަވެގެން […]
ޝެއިޚް ޝަފީއު އަބްދުﷲ
ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކްގައި ސަރުކާރު އޮފިޝަލަކަށް ޖޯކު ޖެހި ނައިޖީރާގެ ދެ ފިރިހެނުން ގައިގަ ހައްދު ޖަހަން ހުކުމް ކޮށްފި އެވެ. މުހައްމަދު ބުލާ އާއި މުބާރަކު އީސާ މުހައްމަދު ކިޔާ އެ ދެ ޒުވާނުންނަކީ ނައިޖީރިއާގެ މަޝްހޫރު ޓިކްޓޮކް ތަރިންނެވެ. އެ ދެމީހުން ޖޯކު ޖަހައި ޓިކްޓޮކް ހެދީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ކާނޯގެ ގަވަރުނަރު އަބްދުﷲހި ގަންޑޫޖީއަށެވެ. މި މައްސަލައިގަ ދެމީހުން ހައްޔަރު ކުރުމަށް ފަހު ދައުވާ އުފުލީ އަމާންކަމާއި އާންމު […]
މުޙައްމަދު ވަސީމް
ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރިމީހުން އުޅުނީ، ނިރުބަވެރި ޖަމާއަތެއްކަމަށްވާ،އިސްލާމިކް ސްޓޭޓް (އައިއެސް)އާއި ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އައ...
ޔުމްނާ ޢަލީ
ހުޅުމާލެގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ. މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ އެޗްޑީސީއިން ތަރައްގީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑާ ގާތުގައެވެ. ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވ...
އަޙްމަދު ވަހީދު
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ވަނީ ފާހ...
ޔުމްނާ ޢަލީ
މާލެ އިން ފުރައިގެން ދާލުއަތޮޅަށް ދަތުރު ކުރަމުން ދާ ދޯންޏަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެއީ “ރެދަން” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނި މިހާރު އޮތީ ވ. ފުުށިފަރު ކައިރީ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. ”ކޯސްޓްގާޑުން ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުން،” އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 13:28 ހާއިރު އެވެ.
ޔުމްނާ ޢަލީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް، އެހެން ބަޔަކަށް ފައިސާ ނުދެވިގެން އުޅެނީ ޔޫތު މިނިސްޓްރީން، އެ އެސޯސިއޭޝަނަށް ފައިސާ ނުދީގެން ނޫން ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. ގައުމީ އެސޯސިއޭޝަންތަކަކީ އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަންކަމަށާއި އެދަރަން...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ހަތަރު ސުކޫލް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު އެޗްޑީސީން ސޮއި ކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެޑިއެކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ. ސަރުކާރުގެ ވަށާޖެހޭ ތައުލީމުގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އާ ހަތަރު ޕަބްލިކް ސް...
އަޙްމަދު ވަހީދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ވެސް ރިޔާސީ އިންތިޚާބު ކާމިޔަބު ކުރެވޭނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އާއިއެކު ކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާއިރު ރައީސް ނަޝީދު ވަނީ މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި އެ ޕާޓީގެ […]
އަލީ އާދިލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުމަށް އެޗްޑީސީން ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންފްރަންޓާއި ވެލިގާ ހާޑްވެއާ އާއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ. ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެ...
އަޙްމަދު ވަހީދު
ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސައްހަނޫން ޑޮލަރު ބޭނުން ކޮށްގެން މަކަރާއި ހީލަތުން މޮބައިލް ފޯނެއް ގަންނަން އުޅުނީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދޮވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެ އެވެ. […]
މުޙައްމަދު އަފްރާޙް
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގެ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ. 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ޖަލާލުއްދީން ސްކޫލާއި ވާދަކޮށް 20 ޝޫޓު 2 ޝޫޓުން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ އަފީފުއްދީން ސްކޫލުގެ މަރިޔަމް ނާޔާ އެވެ. މި މުބާރާތުގެ […]
މުޙައްމަދު އަފްރާޙް