މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6:00 އާ […]