ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....