ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުގައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާއި ގުޅޭގޮތުން މި...
ޔުމްނާ ޢަލީ
ހުޅުމާލެ ފިޔަވަހީގައި އެސްޓީއޯ އިން ހުޅުވި “ރޯދަ މާޓު” ގެ ހަރުތައް ވަނީ އަމިއްލަ ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށާއި، މީގެ އިތުރުން އެ ފިހާރައިން ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް […]
މުޙައްމަދު އަފްރާޙް
ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ. ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަ...
މުޙައްމަދު އަފްރާޙް
ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން “އަވަސް” ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކު...
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ނިއުކާސަލުން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ފޮރެސްޓުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމެނުއެލް ޑެނިސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނިއުކާސަލްގެ ޑިފެންސުން […]
އިބްރާހިމް ޚަލީލް
ސަރުކާރުން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023” ރޭ ދީފިއެވެ. މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް […]
ޔުމްނާ ޢަލީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި “ރޯދަ މާޓު” ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފިއެވެ. އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެއެވެ. ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ […]
އަޙްމަދު ވަހީދު
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ޕޯޗުގަލުން އެކުލަވާލި ޓީމުން އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުޞަތު ދީފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވަކިކޮށް، ޕޯޗުގަލްގެ އައު ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖެއްސުމަށް ފަހު، އައު ކޯޗުގެ އިރުޝާދުގެ ދަށުން ޕޯޗުގަލުން އެކުލަވާލި ފުރަތަމަ ސްކޮޑުގައި، […]
އިބްރާހިމް ޚަލީލް
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިޖޫރީއަކުން މުވައްޒަފަކު ވައްކަން ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރުމާއި ގުޅިގެން އެކޯޕަރޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އެޗްޑީސީން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް މުވައްޒަފަކު ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ މުވައްޒަފުގެ އިއުތިރާފުވުމާއެކު މިހާރު...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ހިންގި އެ ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ވަނީ ސާފުކޮށްފައެވެ. އަދި ލޯކަލް މާރުކޭޓުގެ ބޭރު ފާރުގައި ކުލަ ލާފައިވެއެވެ. މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ […]
އަޙްމަދު ވަހީދު
މާތްވެގެންވާ ރަމަޟާން މަހާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފުރިހަމަ ތައުބާވުމަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. ޚުތުބާގައި ބުނީ އަހަރުމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން އަދި ބަރަކާތުން ފުރިގެންވާ މެހުމާނެއް ކަމަށެވެ. މި މަތިވެރި މެހުމާނަށް އެކަށީގެންވާ އިސްތިގުބާލަކުން، އިސްތިގުބާލު ކުރަން ޖެހޭ ކަމަށާއި މެހުމާންދާރީ އަދާކުރަންޖެހޭ އެންމެފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ޚުތުބާގަ...
މުޙައްމަދު އަފްރާޙް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭ ގޮތަށް ބަދަލުގެނެސްފިއެެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީވެސް ހިމެނޭނެއެވެ. އަދި އެ ބޭންކުގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައިވާނަމަވެސް ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށާއި...
އަޙްމަދު ވަހީދު
ރަމަޟާން މަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހެދުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. “ރަމަޟާން މަހަށް ތައްޔާރުވުން” މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޭތަކަކީ ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި ރޭތަކަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވައިލާފައެވެ. ހާއްސަކޮށް ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ އަޒުމުގައި މި މައްސަރާ ބައްދަލުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ރަ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ. އެ ކުންފުނިން ބުނީ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ ޢާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށެވެ. ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ޢާއިލީ ހަވީރު ކުރިއަށް […]
އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބެޓިސްގެ ދަނޑުގައި ކުޅުނުއިރު ރޭ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ރޭ ޔުނައިޓެޑުން […]
އިބްރާހިމް ޚަލީލް
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފިއެވެ. އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ލިބޭނެއެވެ. ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި […]
އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. ގަދަ ސޯޅައިގެ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ސްޕޯޓިންގެ ދަނޑުގައެވެ. އެ މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ އާސެނަލްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ. މި ޕާޓްނަޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފ...
އަޙްމަދު ވަހީދު