ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް […]
ހުސައިން ހަބީބް
ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ. ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ […]
އިބްރާހިމް ޚަލީލް
ސަރުކާރުން ރާވާފައިވާގޮތުގައި މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން މަސައްކަތެއް ނެތި، މަގުމަތީގައި ތިބޭތަން ފެނުމުން ދެރަވާ ކަމަށާއި އެމީހުން އެހެން ތިބެން އެ ޖެހެނީ އެމީހުންނަށް ބޭނުންވާ އަޅައިނުލާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ. އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ […]
މުޙައްމަދު އަފްރާޙް
ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ. […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ މިހައިތަނަށް އެންމެގިނަ ފަތުރުވެރިން އައީ ރަޝިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭފްރީލް މަހާއި ހަމައަށް 55،5537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ހާމަކުރާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 457005 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުން ދައްކ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް “މޫލީ” އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިލޭ ތަރުކާރީ އާއި މޭވޭ ޑެލިވަރީކުރުމުގެ ހިދުމަތް ފަށައިފިއެވެ. އުރީދޫއިން ބުނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ގެ ނަމުގައި އިތުރު ކެޓަގަރީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މޫލީގެ އެ ކެޓަގަރީއަކީ މި ރޯދަ މަހު ގޭގައި ތިބެގެން ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ […]
އަޙްމަދު ވަހީދު
ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކައްދޫ އެއަރޕޯޓަށް ކަމަށާއި މި ދަތުރުގައި 26 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެފަހުން އެހެން މަންޒ...
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ހިންމަފުށި ސްޕޯޓްސް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު ޓީމު ތްރީޑީ އިން ކާމިޔާބުކޮށްފިއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އިން މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. އެއީ 15/25 ،19/25،27/29، 13/25 އެވެ. ރޭގެ މެޗު ފަށައިގެން ވަރަށް ފަސޭހަ […]
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބޮކިބޯޅަ މުބާރާތް ފަށައިފި އިއްޔެ މި މުބާާތް ފައްޓަވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއެވެޒ އުރީދޫ ބޮކި ބޯޅަ – ބަމްޕަރ ބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރާއިރު، އެއް ވަނައަށް ދާ ޓީމަށް ލިބެނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބަމްޕާ […]
އަޙްމަދު ވަހީދު
މިއަހަރު ނިމޭއިރު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް އިން ގުޅާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަން އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގއ. ގދ. ފުވައުލައް ސިޓީ އަދި އައްޑޫ ސިޓީ އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު އާރުޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ ނިންމުމަށް ފަހު […]
އަޙްމަދު ވަހީދު
ހއ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަލް ހާފިޡާ ބައްސާމާ ސުލައިމާން ހޯދައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މި މުބާރާތް މިދިޔަ އަހަރު ވެސް ބާއްވާފައިވާއިރު، ބައްސާމާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ އަހަރު އޭނާއަށް ލިބިފައި ވަނީ ހަތަރު ވަނައެވެ. އެ އަހަރު އެއްވަނަ ހޯދީ ޝިޢުރާ އިބްރާހީމްއެވެ. […]
އިބްރާހިމް ޚަލީލް
އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ލެއްޗޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބޮޑު ލީޑެއް ނަޕޯލީން ނަގައިފިއެވެ. ރޭ ލެއްޗޭ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީއަށް ވަނީ 19 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. 1990 ވަނަ އަހަރުގެ ފަހުން އިޓާލިއަން ލީގުގެ ތަށި ނަޕޯލީން ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމަށް ލީގުގައި މިހާތަނަށް […]
އިބްރާހިމް ޚަލީލް
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ. އެ ޖަމިއްޔާއިން މިހެން ބުނީ “ދައުރު” ނޫހުގައި ޝާއިޢުކުރި އާޓިކަލްއަކާއި ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރަށާއި އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނީ 6 އޭޕްރިލް 2023 ގައި ‘ދައުރު’ ނޫހުގައި […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ރަމަޟާން މަހު އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއަރލައިން އަކާއެކު މާދަމާ ސޮއި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރަން އެކުންފުނިން ނިންމާފައިވާ ނިންމުމަކީ މިނިސްޓްރީ އިން އިންތިހާއަށް ކަންބ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ތަރައްޤީކުރަން ނިންމައި އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައިކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އައުޓްޑޯ ޖިމަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި އިއްޔެ އެ ކައުންސިލުން ވަނީ ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއި ކޮށްފައެވެ. މި އައުޓްޑޯ ޖިމަށް ބޭނުންވާ އިކްއިޕްމެންޓް ގަތުމަށް އިހަވަންދޫ ކައުންސިލުގެ ބަޖެޓުން 199800.00 (އެއްލައްކަ ނުވަދިހަ ނުވަހާސް އައްސަތޭކަ) ރުފިޔާ ހަރަދުކުރާނެ...
އިބްރާހިމް ޚަލީލް
ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށެވެ. އޭނާގެ އާއިލާ އިން ފުލުހުންނަށް މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ […]
މުޙައްމަދު އަފްރާޙް
ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ވެސް ހޯދާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ހެލްތު މިނިސްޓަރ ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވުނު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާ ކަމަށާއި...
މުޙައްމަދު އަފްރާޙް