އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށާއި، ގެއްލިގެން އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވެފައި މިވަނީ ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދަކުން މަސައްކަތްފަށާފައިވަނިކޮށެވެ. އެ އިއްތިހާދަކީ އިންޓަނޭޝަނަލް ޓްރައި...
ޔުމްނާ ޢަލީ
ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ ވެސް ކުށަކަށް ހަދާފާނެކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އި...
ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލްގެ ”ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ދަށން، އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމާލެވިފައެވެ. އެ މިސްކިތްތަކަކީ، މަސްޖިދުލް ފިރުދައުސް، މަސްޖިދުލް ހަސަނާތު އަދި މަސްޖިދުލް ޖަމ...
ޔުމްނާ ޢަލީ
މީހަކު ގެއްލިގެން ދިވެހިން ފުލުހުންގެ ޚިދުމަތަށް ކޮށްފައިވާ ރިޕޯޓަކާއިގުޅިގެން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) އެވެ. އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) […]
ޔުމްނާ ޢަލީ
އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއިގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ ކަރެކްޝަންސާވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި...
ޔުމްނާ ޢަލީ
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެ ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރުއެވެ. 65 ފޫޓު ހުންނަ މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސ...
ޙުސައިން ޝަހުދީ
ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމ...
ޔުމްނާ ޢަލީ
މާތްﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ހުތުބާގައި ވަނީ ޝައިތާނާ މާތްﷲ ގެ ރަހުމަތުން ބޭރުކުރެވި، ލަޢުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ޝުއައުބުފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންކަން ވެސް ހަނދާން ކޮށްދީފައެވެ. އަދި ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އެބައިމީހުންގެ ރަށް އުފުއްލަވައި، ބަންޑު...
މުޙައްމަދު އަފްރާޙް
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯނިން ދަތުރުކުރި ދެ މީހުން ލޯންޗަކަށް ފެނިގެން އެކަމުގެ މައުލޫމާތު އެ އިދާރާއަށް ދީފައިވާ ކަމަށެވެ. ”ދެ މީހުންގެ ހާލު ރަނގަޅު، އިތުރު ތަފްސީލެއް އަދި ނުލިބޭ” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ދެ މީހުން ކާށިދޫ ކައިރިން ކަނޑުމަތީ ކަނޑުވެފައި ތިއްބާ އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފައި ވަނީ […]
ޙުސައިން ޝަހުދީ
ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑު ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އ...
ޔުމްނާ ޢަލީ
ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސ...
ޔުމްނާ ޢަލީ
ރަށު މަދަރުސާގައި ގްރޭޑް 10 ކިޔަވަމުންދިޔައިރުގައިވެސް ޝާއިނާގެ ( އަސްލުނަމެއްނޫން ) ހުވަފެނަކީ ނަރުހަކަށްވުމެވެ. ނަމަވެސް އޭރު ރަށުގައި ކިޔަވައިދެނީ ހަމައެކަނި ކޮމާސް ސްޓްރީމަށްވާތީ، އެހާ ފަސޭހައިން ނަރސިންގ ދާއިރާއަށް ނުވަދެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ޢަޒުމެއް އޭރުވެސް ބަދަލެއް ނުވެއެވެ. ކުރީއްސުރެ ހިތުގައި ބިންވަޅު ނެގިފައި އޮތް ޖުމްލަ ” ބޮޑުވެގެން ވާން ބޭނުންވަނީ ނަރުހަކަށް ” އޭރުވެސް އޮތީ ރަންކުލައިން ވިދާލަވިދާލައެވެ. އެހެންކަމުން ގްރޭޑް 10 ނިންމާލުމަށްފަހު ފައުންޑޭޝަން އި...
ސަލާމާ ޢަބްދުލް ޢަލީމް
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ދޯންޏަކީ، މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯންޏެކެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާއިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުއެވެ. “ޖަންބޯ” ދޯންޏަކީ ދިގުމިނުގައި 65...
ޔުމްނާ ޢަލީ
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއްކަމަށާއި، އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކ...
ޔުމްނާ ޢަލީ
ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އ...
ޔުމްނާ ޢަލީ
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 4ރ. ބަހަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުން މިއަދު ނިންމައިފިއެވެ. އެ ކުންފުނިން މިއަދު ބުނި ގޮތުގައި ހިއްސާއަކަަށް ހަތަރު ރުފިޔާގެ މަހުން 32.1 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކުންފުނީޔެ ބޯޑު ޖަލްސާގައެވެ. އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ބޯޑުން ހުށަހެޅި އަދަދު ފާސް ކުރާނީ މި މަހު ބާއްވާ އަހަރީ އާއްމު […]
އަޙްމަދު ވަހީދު
ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. ކޮމަންޑޫ ޞިއްޙީ މަ...
ޔުމްނާ ޢަލީ
ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނ...
ޔުމްނާ ޢަލީ