ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ރައްޔިތުންގެ މަޖިލިސްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެ...
ޔުމްނާ ޢަލީ
އެމްޑީޕީގެ ހަރުގެ އަތުލަން އެތަނުގެ ވެރިފަރާތުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. އެމްޑީޕީގެ މައި ހަރުގެ ހިންގާ އިމާރާތް ހުސްކުރަން އެތަނުގެ ވެރިފަރާތުން މިދިޔަ މަހު އެންގި މައްސަލަ އެ ޕާޓީން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އެމްޑީޕީން ދައުވާކުރަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެތަން ބޭނުން ކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެމްޑީޕީން ދާދިފަހުން ވަކިވި […]
ހުސައިން ހަބީބް
ވެމްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެންބަރުގެ މަގާމުގައި ހުންނެވި އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ. މި ދެބޭފުޅުން މަގާމުން ވަކި ކުރުމަށް ފޮނުވާފައި މިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުން، އެ ޕާޓީ ވަކިވަމުން އަންނަދުވަސްވަރެއްގައެވެ. އެގޮތުން އެމްޑިޕީ...
މުޙައްމަދު އަފްރާޙް
ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެގޮތް ފަހިވެގެން ދާނެކަމަށް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ހާމަކުރައްވައިފިި އެވެ. ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަތައް ހިމެނޭ ގޮތަށް އިތުރު ފީޗަރތައް ހިމަނައި ތަޖުރިބާކުރުމުގެ ގޮތުން މިއަދު ތަޢާރަފްކުރި އާ ޑިޖިޓަލް ޕްލެޓްފޯމް، “ޖ...
އިބްރާހިމް އަސްވާޤް
ފޮނި ކާއެއްޗެއްސައް ޚާއްޞަ ފިހާރަ “މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް” މިއަދު ހުޅުވައިފިއެވެ. މި ފިހާރައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް އެފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެސް.އެމް.އީ ހަބްގައި ޤާއިމުކޮށްފައިވާ ތަނެކެވެ. ފޮނި ކާއެއްޗެއްސައް ޚާއްޞަ މި ފިހާރަ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަޙްމަދެވެ. މި މި ފިހާރަ ހުޅުވައިދެއްވުމަށްފަހު ފަސްޓްލޭޑީ ފަޒ...
ޔުމްނާ ޢަލީ
ގޭސްޓްރިކަށް ޖަހާ އިންޖެކްޝަން ބެޗެއްގައި މައްސަލަ އެބައުޅޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ. އެ އިދާރާ އިން ބުނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންވެ، އެވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެއެވެ. އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ RP21311 ބެޗު، އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި […]
މުޙައްމަދު އަފްރާޙް
ހއ. މުރައިދޫ ބަނދަރު ތަރައްގޫ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 72 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ބޭރު ތޮށީގެ ޕްރޮފައިލިންގެ 17 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ […...
އަޙްމަދު ވަހީދު
މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ދަ ޑިމޮކްރެސް އަށް ސޮއިކުރުމުން، އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. ސްމިތް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އިސްލާހީ މަސަކަތުގައި އަބަދު ވެސް އުޅެނީ ހުސްއަތާ ކަމަ...
މުޙައްމަދު އަފްރާޙް
ކޯޓު އަމުރެއް ނެތި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވާތީ ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނި އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލާގައި ކޯޓު އަމުރެއް ނެތި ބޭންކް […]
ހުސައިން ހަބީބް
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ސަބް ބޭސް އެޅުމުގެ މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާއިރު، ސަބް ގްރޭޑް އެޅުމުގެ މަސައްކަތުގެ 66 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައް...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ އިރު، ހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޑާ އެކު ހިއްސާއަކަށް 40 […]
އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގެއްލިއްޖެއެވެ. އެ ޕާޓީއަށް މެޖޯރިޓީ ގެއްލުނީ އެ އަތޮޅު ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 3 މެމްބަރުން އަލައް އުފްދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ. އެ ޕާޓީއަށް ސޮއި ކުރެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު އެވެ. […]
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދު، މުޙައްމަދު ދާޢޫދު، އަޙްމަދު ޢަބްދުﷲ ރިލްވާން މުޙައްމަދު އާއި އާމިނަތު މަޖީދާ ވަނީ ޕާޓީއަށް ސޮއިކުރައްވާ ފޯމް ހަސަން […]
އަލީ އާދިލް
ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެ ޕާޓީގެ ލީޑަރޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ޤައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން ކަމަށް އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، މިއަދު އެ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ޖޭޕީގެ ކައުންސިލް މެންބަރަކު މި ނޫހާއި ހިއްސާކުރެއްވި އެ މެސެޖުގައި ޤާސިމް ވިދާޅުވެފައި ވަނީ، 2 ޖޫން ގައި ފޯޅަވަހީގެ މައްސަލައިގައި ސަރުކާރާއި […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފިއެވެ. މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔާ އަލީ އަހަމްދު ވިދާޅުވީ މި ކޯސް ކުރިއަށް ގެންދިޔައީ މި މޭ މަހުގެ 23 ން 30 އަށް ކަމަށެވެ. އަދި މިއީ އެ ކައުންސިލާއި ބާސްކެޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ މި މޭމަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ “ބޯލް އިން ސްކޫލް” […]
މުޙައްމަދު އަފްރާޙް
ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ދެ ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައިފިއެވެ. އޭނާ، މިކަން ހާމަކުރެއްވީ އިސްތިއުފާދެއްވި ސަބަބަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ. މައުސޫމް ވިދާޅުވީ އިސްތިއުފާދިން ފުރަތަމަ ސަބަބަކީ އެމްޑީޕީ އުފެއްދި އަސްލު އުސޫލުތައް ގަބޫލް ކުރާ އެއުސޫލްތައް ގާއިމް ކޮށް ދަމަހައްޓަން ތިބި އިތުބާރު ކުރެވޭ ފަރާތްތަކެއް އިސްނަގައިގެން އެވެލިއު ތައް އ...
މުޙައްމަދު އަފްރާޙް
ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދާއިރާއެއް ނޫން ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އެއީ ފައިނޭންސް ޑިވެލޮޕްމަންޓާއި އައު އިޖާދުތައް ތައާރަފްކުރުމަށް އެހީތެރިވެދޭނެ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށް، އެ ދާއިރާ ކުރިއެރުވު...
މުޙައްމަދު އަފްރާޙް