ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލުން ކަމަށް ދާޚިލީ ވަޒީރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ […]
ޔުމްނާ ޢަލީ
ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ މިނިސްޓްރީގެ ޚަރަދުގައި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ 10 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރުގެ ދަށުން ހުޅުވާލި ފުރުސަތެކެވެ. މި ސްކޮ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން އިއްޔެ ހަވީރު ނެގި ކާރަކަށް 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނުތަކެއް އެރުވި ނަމަވެސް އެތަކެތި ވެރިފަރާތަށް ހަވާލުކޮށްފައި ނުވާތީ ހުށަހެޅުނު މައްސަލައެއްގައި އެ ތަކެތި ހޯދާފައި، ވެރިފަރާތާ މިހާރު...
ޔުމްނާ ޢަލީ
ހއ. ފިއްލަދޫ އާއި ނ. ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް އާރުޑީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުނ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ބާއްވާ ބޮޑު އެއްވުމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ މެންބަރުން ބައިވެރިވެދިނުމަށް އެ ޕާޓީން އެދިއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިނ...
ޔުމްނާ ޢަލީ
ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީން ވަނީ ޕިކްނިކް އައިލެންޑުގެ މަސައްކަތާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 47,243...
އަޙްމަދު ވަހީދު
ޗާގޯސް ނަމުގައި އިދިކޮޅުން އުޅެނީ ފިތުނައިގެ ހުޅު ރޯކޮށް ބަޣާވާތެއް ކުރަން ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން […]
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކަނޑާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް އިއްޔެ ދަތުރުކުރަމުންދިޔަ ”އާލާ” ބޯޓަށް ރާޅެއް އަރައި ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވަމުންނެވެ. މި ހާދިސާއަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ...
ޔުމްނާ ޢަލީ
ތ. ގާދިއްފުއްޓާއި ކ. ހުރާ އަދި ސ. ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ގާދިއްފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމާއި ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ...
އަޙްމަދު ވަހީދު
އިސްލާމްދީނަކީ މަތިވެރި އަޚްލާޤުގެ ދީނެވެ. އިސްލާމްދީނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ދީނެވެ. އިސްލާމީ މުޖުތަމަޢެއްގައި ހުރިހައި މަތިވެރި އަޚްލާޤީ ސިފަތައް ފެންނަން ހުންނަން ވާނެއެވެ. ނިފާޤުކަމުގެ ހުތުރު ސިފަތަކުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް އެ މުޖުތަމަޢު ވުން ލާޒިމެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ނިފާޤުކަމުގެ ސިފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި އެކަމުން ދުރުވުމަށް މުއުމިނުންނަށް ބާރުއަޅުއްވައި ވަޞިއްޔަތް ކުރައްވާފައެވެ. މުނާފިޤުންގެ ސިފަތަކުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑު...
ޝެއިޚް ޝަފީއު އަބްދުﷲ
ދުނިޔޭގެ ބިމުން 10،000 މީޓަރު (32،808 ފޫޓު) ފުންމިނުގެ ލޯވަޅެއް ތޮރުފުމުގެ މަސައްކަތް ޗައިނާއިން ފަށައިފި އެވެ. ޗައިނާއިން މިހާ ފުން ލޯވަޅެއް ތޮރުފަން ފެށީ ތެލުގެ މުއްސަނދިކަން އޮތް ޝިންޖިއާން ސަރަހައްދުގައި ބޯހޯލް ހޮޅި ވަޅުލުމަށް ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެ އެވެ. މި ލޯވަޅު ތޮރުފުމާ އެކު 10 އަށް ވުރެ ގިނަ ކޮންޓިނެންޓަލް ސްޓްރެޓާ ނުވަތަ ހިލަ ފަށަލަތަކަށް ވަދެ، އަދި 145 މިލިއަން އަހަރު ކުރިން އުފެދުނު ހިލަ ހުންނަ ދުނިޔޭގެ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމެޓީތަކުގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ހުއްޓިފައި ހުރުމުން، އެކަމުގެ ކަންބޮޑުވުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ފާޅުކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި މަސައްކަތްކުރާ ދައުލަތުގެ ބާރު ކަމަށެވެ. އެހެންވެ، މަސައްކަތްތައް މަޑުޖެހި، މަޖިލިސް ހުއްޓިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ލެޖިސްލޭޓިވް އ...
މުޙައްމަދު އަފްރާޙް
ކުރިޔަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި މިރެއިން ފެށިގެން ކުރިޔަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ. ޚާއްސަކޮށް އުތުރާއިި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި އެ ސަރަހައްދުގެ ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އާންމުކޮށް ވައި ޖެހޭނީ 15 […]
މުޙައްމަދު އަފްރާޙް
ރާއްޖެއަށް ގަނޑުކޮށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ޔޫއެންޑީޕީ ގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު އެންރީކޯ ގަވޭލިއާ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިޔުމެންޓު ހިދުމ...
މުޙައްމަދު އަފްރާޙް
ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް މަތީތައުލީމާއިި ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ޑރ. ހަސަން މިހެން ވިދާޅުވީ ސްޓޫޑެންޓް ލޯންއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިއާއެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން އެމްބީބީއެސް އަށް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ޕޯސްޓް ގްރ...
މުޙައްމަދު އަފްރާޙް
ފާރު ތަޅާލައިގެން ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ދެ އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ހިޔާ ފްލެޓްގެ ފާރެއް ތަޅާލުމަށްފަހު ދެ އެޕާޓްމެންޓެއް އެއްބަސްވުމާ ހިލާފަށް އެއްކޮށްލި މައްސަލާގައި ދެތަނުގެ ވެރިފަރާތް 200،000 ރުފިޔާ އިން ޖޫރިމަނާކޮށް, ފާރު ރާނަން އެންގި އެވެ. އެ އެންގުމަށް އަމަލު ނުކުރުމުން އެތަން ހުސްކުރަން އެޗްޑީސީން އޮތީ އަންގައިފަ އެވެ. އެ […]
ހުސައިން ހަބީބް
އެއާ ނިއުޒީލެންޑްގެ ފްލައިޓްތަކުގައި ތެލުގެ ހަރަދު ކުޑަކުރުމަށްޓަކައި ފްލައިޓަށް އެރުމުގެ ކުރިން ފަސިންޖަރުންގެ ބަރުދަން ބަލަން ނިންމައިފި އެވެ. އެއާ ނިއުޒިލެންޑުން ހޯމަ ދުވަހު ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ބައިނަލްއަގްވާމީ ނެޓްވޯކުގައި ދަތުރުކުރާ 10،000 އަށް ވުރެ ގިނަ ޕަސިންޖަރުން ބޯޓު އެރުމުގެ ކުރިން ބަރުދަން ބަލަނީ ސާވޭއެއް ހެދުމަށްޓަކައި ކަމަށެވެ. އެއާ ނިއުޒީލެންޑުން ބުނީ ކޮންމެ ފްލައިޓެއްގެ ކުރިން ޕައިލެޓުންނަށް މަތިންދާބޯޓުގެ ލޯޑާއި ބަރުދަނާއި ބެލެންސް އެނގެން ޖެހޭ ކަމަށެވެ. މި ފިޔަވަޅ...
ޔުމްނާ ޢަލީ
ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ “އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023” ރަސްމީގޮތުން ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން...
މުޙައްމަދު އަފްރާޙް