ރާއްޖޭގެ ކަނޑުތައް މިއަދު ވެސް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާގެ މޫސުމީ ބުލެޓިން ގައި ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަޑުގައި 40 މޭލަށް ވައި ގަދަަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން، ހަތަރު ފޫޓާއި ހަތް […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ. އެ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ ކުރީގެމެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް އާއި އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފް އެވެ. އިލެކްޝަންސް ކޮމިޝަނުން މިއިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ 6000 ރުފިޔާ އިންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ މިދިޔަ […]
މުޙައްމަދު އަފްރާޙް
ފާއިތުވި ފަނަރަ ވަރަކަށް އަހަރުތެރޭ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ ކަމުގައި އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޗެލްސީ ޕްރިމިއާ ލީގުގެ ގަދަބާރަކަށް ހެދީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމިވިޗް 2003 ވަނަ އަހަރު އެ ކްލަބް ގަތުމަށް ފަހުއެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި ޕްރިމިއާ ލީގުގެ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައި ވަނީ ވެސް ޗެލްސީންނެވެ. އެ ޓީމުން 2004 […]
އިބްރާހިމް ޚަލީލް
އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރ ސްޓީވެން ޖެރާޑް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އަލް-އިއްތިފާޤުން އެ ޓީމްގެ ކޯޗަކަށް ޖެރާޑް ހަމަޖެއްސިކަން އިޢުލާންކުރި ނަމަވެސް، ޖެރާޑްގެ ކޮންޓްރެކްޓާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެ ޓީމުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ވުމާއެކު އެ ކުލަބުން އޭނާއާއިއެކު ހަދާފައި ވަނީ ކިތައް އަހަރު ދުވަހުގެ އެއްބަސްވުމެއްކަން ސާފެއް ނުވެއެވެ. 2016 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ކޯޗިން ކެރިއާ ފަށާ...
އިބްރާހިމް ޚަލީލް
ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ ކުޑަކުދިންގެ ޕާކު، ”ކޮއި ޕާކު” ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވައިފިއެވެ. މި ކުޑަކުދިންގެ ޕާކަކީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގުޅިގެން ތަރައްގީކޮށްފައިވާ ޕާކެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެ...
އިބްރާހިމް ޚަލީލް
ސަރުކާރުން ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކުރާ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ އަލިދުއްފަރުގެ ބިޑް ކާމިޔާބު ކުރި ފަރާތުން މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ލިބިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު ބިޑެއް ހުށަހެޅި ކުންފުންޏަށް 60 ދުވަހުގެ ތެރޭގައި އިކުއިޒިޝަން ކޯސްޓް ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް އެ ފައިސާ ދައްކާފައިވާ ނުވާ ކަމަށެވެ. އެ ރަށަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަބް […]
އަޙްމަދު ވަހީދު
އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރ ސަންޑްރޯ ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފިއެވެ. އަންނަ ސީޒަންގައި ނިއުކާސަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ. ޓޮނާލީއަކީ މި ޓްރާންސްފާ މާކެޓްގައި އެ ޓީމުން ސޮއި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 23 އަހަރުގެ ޓޮނާލީ ނިއުކާސަލާއި ގުޅިފައި މި ވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިލާނުން 2021/22، ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެ […]
އިބްރާހިމް ޚަލީލް
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ހިއްކުމަށް ޖުލައި 2 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި، ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައ...
އަޙްމަދު ވަހީދު
މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 6.9 އިންސައްތަ އެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައަށް އެ ގައުމު ވަނީ ޖެހިލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ޖުލައި 2 ގެ ނިޔަަލަށް ރާއްޖެއައިސްފައިވަނީ 934,317 ފަތުރުވެރިންނެވެ. […]
މުޙައްމަދު އަފްރާޙް
ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތަކާއި އެ ނިޒާމްގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ވިއަވަތީގެ ހަތަރު ވަނަ ކޮންފަރެންސް އެންމެ ފުރަތަމަ އޮންނާނެކަމަށް އިޢުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި ސިޓީ ގަ އެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކުޅުދުއްފުށި ސިޓީގެ ބަދަލުގައި ހދ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފަހުން އިޢުލާންކުރިއެވެ. އުތުރުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފަވާ، މި މަހާސިންތާ ބޭއްވުމަށް ފަހުން ތާވަލުކޮށް ތައްޔާރުވަމުން އައީ، މިއަހަރުގެ...
އަލީ އާދިލް
ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެމީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ. އެ އިދާރާ އިން އިތުރަށް ވިދާޅުވީ އެ ދެމީހުން އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. ފުލުހުން އާންމު ކުރައްވާފައިވާ ވީޑިއޯއިން ފެންނަގޮތުގައި ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރު ފެނެއެެވެ....
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރަން އެމަނިކުފާނު ހުށަހެޅުއްވުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުމެއް ބުދަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އިސްތިއުނާފް ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހ...
ހުސައިން ހަބީބް
ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ޢާއިލާއިން ފަށައިފިއެވެ. ހަފީޒަކީ ޤައުމީ ޔުނިވާސިޓީގައި ގައުމު ބިނާ ކުރުމަށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި 18 އަހަރު ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި...
ޔުމްނާ ޢަލީ
ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން މި ފަހަކަށް އައިސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާތީ ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމު...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ހުދުމުޚްތާރުކޮށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރުު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިއީ ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލުން ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތުމަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް އު...
މުޙައްމަދު އަފްރާޙް
މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މީހެއްގެ ގައިގާ ސައިކަލަކުންޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި އެކްސިޑެންޓްވެ ސީރިއަސް އަނިޔާވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އެއްގެ މަގާމުގައި ހުންނެވި އަލީ ހަފީޒަށެވެ. ޖޫން 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވާފައިވަނީ […]
ޔުމްނާ ޢަލީ