މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,715 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 96 ވަނަ ޞަފްޙާ

އައިއޭއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ބިލު އީރާނުގެ ރައީސް ތަޞްދީޤުކުރައްވައިފި

އައިއޭއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ބިލު އީރާނުގެ ރައީސް ތަޞްދީޤުކުރައްވައިފި

ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ)އަށް އީރާނުން އެއްބާރުލުންދިނުން ހުއްޓާލުމަށް ސަރުކާރަށް ލާޒިމުކުރާ ބިލު އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ތަސްދީޤުކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ޕްރެސް ޓީވީ އާއި އެހެނިހެން އީރާނީ ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ. ފާއިތުވި ހަފްތާގައި އީރާނުގެ ޕާލިމަންޓުން ވަނީ އައިއޭއޭއާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލު ފާސްކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ހަނގުރާމައިގެ ކުރިމަތިލުންތަ...

ޔުމްނާ ޢަލީ
ޣައްޒާ ''އަޅިއަށް'' ބަދަލުކޮށްލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

ޣައްޒާ ''އަޅިއަށް'' ބަދަލުކޮށްލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

ޖައްބާރު އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް 60 ދުވަހަށް ހުއްޓައިލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވަނީ ހަމާސްއަށް މި އެއްބަސްވުން ޤަބޫލުކުރުމަށް ގޮވާލައްވާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހަމާސްއިން އެ އެއްބަސްވުމަށް އިންކާރުކޮށްފިނަމަ ޣައްޒާ “އަޅިއަށް” ބަދަލުކޮށްލާނެކަމަށް އިސްރާއީލުން އިންޒާރުދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައިކުގައި ބުނެއެވެ. އެކްސިއޮސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އިސްރާއީލުގެ އިސް އޮފިޝަލެއް ބުނެފައި ވަނ...

ޔުމްނާ ޢަލީ
ތައިލެންޑްގެ ބޮޑުވަޒީރު ވަގުތީގޮތުން ސަސްޕެންޑްކޮށްފި

ތައިލެންޑްގެ ބޮޑުވަޒީރު ވަގުތީގޮތުން ސަސްޕެންޑްކޮށްފި

ތައިލެންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން، އެ ގައުމުގެ ބޮޑުވަޒީރު ޕެއޮންގްތާން ޝިނަވަތްރާ ވަގުތީ ގޮތުން މަޤާމުން ސަސްޕެންޑް ކޮށްފިއެވެ. ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުންގެންދަވާ ޕެއޮންގްތާންގެ މައްޗަށް ވަގުތީ ސަސްޕެންޝަނެއް އައީ ކެމްބޯޑިއާގެ އިސް ވެރިއަކާއެކު އޭނާ ކުރެއްވި ފޯނު މުޢާމަލާތެއްގެ ރެކޯޑިންގ ލީކްވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ބަލަމުންދާ ތަޙްޤީޤެއްގެ ދަށުންނެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސި...

ޔުމްނާ ޢަލީ
ވާދަވެރި ދިރާސާވެރިންނަށް 100 މިލިއަން ޑޮލަރުގެ ބޯނަސް ހުށަހަޅައިގެން، މެޓާ އަށް ގެންނަނީ

ވާދަވެރި ދިރާސާވެރިންނަށް 100 މިލިއަން ޑޮލަރުގެ ބޯނަސް ހުށަހަޅައިގެން، މެޓާ އަށް ގެންނަނީ

މެޓާގެ ސީއީއޯ މާކް ޒަކަބާގް، އޯޕަން އޭއައިގެ އިސް މުވައްޒަފުންތަކެއް ކުންފުންޏަށް ގެނައުމަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ބައެއް ދިރާސާވެރިންނަށް 100 މިލިއަން ޑޮލަރުގެ ބޯނަސް އެއް އެކުންފުންޏަށް ސޮއިކުރާމަތިން ހުށައަޅާފައިވާއިރު އޭގެގެ އިތުރުން ބޮޑެތި އަދަދު ތަކުން މުސާރަ އާއި އިނާޔަތްތައްވެސް ހުށައަޅަމުން އަންނަކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޝެންގްޖިއާ ޒާއޯ، ޝުޗާއޯ ބީ، ޖިއާހުއި ޔޫ އަދި ހޮންގްޔޫ ރެން މިހާރުވަނީ މެޓާގެ “ސުޕަރއިންޓެލިޖެންސް” ޓީމާ ގުޅ...

އަލީ އާދިލް
މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެ: ޓްރަމްޕް

މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެ: ޓްރަމްޕް

ޓެސްލާގެ ސީއީއޯ އެލޮން މަސްކަކީ އިންސާނަކަށް ލިބޭ އެންމެ ބޮޑު ސަބްސިޑީ ލިބޭ މީހާ ކަމަށާއި، ސަބްސިޑީ ނުލިބޭނަމަ މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެފިޝެންސީ ޑިޕާޓްމަންޓުން ޓެސްލާގެ ވެރިޔާ މަސްކްގެ ކުންފުނިތަކަށް ލިބިފައިވާ ސަބްސިޑީތައް ބަލައި، ފެޑެރަލް ސަރުކާރަށް “ބޮޑު” އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ވަރަށްގާތް އެކުވެރި...

ޔުމްނާ ޢަލީ
އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި

އީރާނުގައި މަސްކްގެ ސްޓާލިންކް މަނާކޮށްފި

ޓެކްނޮލޮޖީ މަހުޖަނު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދުގާރު އީލޮން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް އީރާނުގައި މަނާކުރުމަށް އެ ޤައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. ހުޅަނގުގެ ޤައުމުތަކާ އީރާނުގެ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ޕާލިމެންޓުން ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިކަމަށް ނިއުސްވީކް އާއި އެހެނިހެން ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓ...

ޔުމްނާ ޢަލީ
ކަޒަކިސްތާނުން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކޮށްފި

ކަޒަކިސްތާނުން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކޮށްފި

ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން މަނާކުރާ ޤާނޫނު އެ ޤައުމުގެ ރައީސް ކަސިމް-ޖޮމާޓް ޓޮކައެވް ތަސްދީދުކުރަށްވާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ މެދު އޭޝިއާގެ ގިނަ ޤައުމުތަކުން އިސްލާމީ ހެދުމުގެ ބައެއް ބާވަތްތައް މަނާކުރުމުގެ ޓްރެންޑަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި “މޫނު ދެނެގަތުމަށް ހުރަސްއެޅޭ” ހެދުން އާންމު ތަންތަނުގައި އެޅުން މަނާކުރެވޭނެއެވެ. ނަމަވެސް ޞިއްޙީ ބޭނުންތަކަށާއި، މޫސުން ގޯސްވ...

ޔުމްނާ ޢަލީ
އިޒްރޭލުގެ އުފެއްދުންތައް މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ

އިޒްރޭލުގެ އުފެއްދުންތައް މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ

އިޒްރޭލުގެ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ އެވެ. އަޔަލޭންޑް ސަރުކާރުން އިޒްރޭލުގެ ޤާނޫނީ ނޫން އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް ނިންމާފައިމިވަނީ، ހައްދުފަހަނަ އެޅި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި ޤާނޫނުގެ އާންމު އޮނިގަނޑު ވަނީ މިމަހުގެ 25 ވަނަ ދުވަހު އަޔަލޭންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮ...

އިބްރާހިމް އަސްވާޤް
ފަލަސްތީނުގެ ވެސްޓް ބޭންކަށް ޔަހޫދީންގެ ތުރާ ބޮޑު އަހަރެއް، 1،000 ގެ ތަޅާލާފައި

ފަލަސްތީނުގެ ވެސްޓް ބޭންކަށް ޔަހޫދީންގެ ތުރާ ބޮޑު އަހަރެއް، 1،000 ގެ ތަޅާލާފައި

މިއަހަރު ފެށުނު ފަހުން ވެސް، ވެސްޓް ބޭންކުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ 1،000 ގެ ހައްދު ފަހަނަ އެޅި އިސްރާއީލުން ތަޅާލާފައިވާކަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެފި އެވެ. ފަލަސްތީނުގެ މީޑިއާ ކޮމިޓީތަކުން ހާމަކުރި ރިޕޯޓުތަކުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އޮކިއުޕައިޑް ވެސްޓް ބޭންކުގެ އެއް ހާހަށްވުރެ ގިނަ ފަލަސްތީނުންގެ ގެދޮރު ހަލާކުކޮށް، 55 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ބުނެފައިއެވެ. އިސްރާއީލު ސިފައިންގެ މި...

އަލީ އާދިލް
އެމެރިކާއިން ޣައްޒާއަށް ފޮނުވާ ފުށުގައި ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް

އެމެރިކާއިން ޣައްޒާއަށް ފޮނުވާ ފުށުގައި ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް

އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ. ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން “އޮކްސީކޯޑޯން” ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ދޭ ތަދުކަނޑުވާ ބޭހެކެވެ. މި ބޭސް، ބޭސް ފިހާރަތަކުންވެސް ދޫކުރަނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. އޮކްސީކ...

އަޙްމަދު ވަހީދު
ސައޫދީގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި

ސައޫދީގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި  ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރީ ކ...

ޔުމްނާ ޢަލީ
ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާތީ، ޓުވާލޫ މީހުން އޮސްޓްރޭލިއާ އަށް ހިޖުރަ ކުރަނީ

ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާތީ، ޓުވާލޫ މީހުން އޮސްޓްރޭލިއާ އަށް ހިޖުރަ ކުރަނީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތައް ގިރަމުންދާ ޕެސިފިކް ސަރަހައްދުގެ ޖަޒީރާ ގައުމު ޓުވާލޫގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އޮސްޓްރޭލިއާގެ ވިސާއަށް އެދި ހިޖުރަ ކުރަން ނިންމައިފި އެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރުމަށް ޚާއްސަ ވިސާއެއް ތަޢާރަފުކުރި ދުނިޔޭގެ ފުރަތަމަ އެއްބަސްވުމުގެ ދަށުން، އޮސްޓްރޭލިއާއިން ވަނީ 2023 ވަނަ އަހަރު ޓުވާލޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 280 ވިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފު...

އަލީ އާދިލް
އޭއައި ބޭނުންކުރުމުން ސިކުނޑީގެ ޤާބިލްކަމާއި ކިޔެވުމުގެ ފެންވަރު ދަށްވެ ގަމާރު ވޭ: ދިރާސާ

އޭއައި ބޭނުންކުރުމުން ސިކުނޑީގެ ޤާބިލްކަމާއި ކިޔެވުމުގެ ފެންވަރު ދަށްވެ ގަމާރު ވޭ: ދިރާސާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގަވައިދުން ބޭނުންކުރާ މީހުންގެ ސިކުނޑީގެ ޤާބިލްކަން، އެ ޓެކްނޮލޮޖީއަށް ބަރޯސާ ނުވާ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެ ގަމާރުވާކަމަށް ދެ ދިރާސާއަކުން ހާމަވެއްޖެއެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ވޯޓަން ސްކޫލުން ކުރި އެންމެ ފަހުގެ ދިރާސާގައި 4،500 އަށްވުރެ ގިނަ ބައިވެރިން ހިމެނެއެވެ. މި ދިރާސާގައި ބެލީ ޗެޓްޖީޕީޓީ ފަދަ ލާރޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައް ބޭނުންކޮށްގެން ދިރާސާކުރާ މީހުންނާއި ގޫގުލް ސާރޗް ބޭނުންކުރާ މީހުންގެ މެދުގައި ހުރި ތަފާ...

އަލީ އާދިލް
ޕާކިސްތާނުން އެމެރިކާއަށް ފޮނުވާލެވޭ ވަރުގެ ވަރުގަދަ މިސައިލެއް ތަރައްޤީކުރާކަމުގެ އަޑުތަކެއް

ޕާކިސްތާނުން އެމެރިކާއަށް ފޮނުވާލެވޭ ވަރުގެ ވަރުގަދަ މިސައިލެއް ތަރައްޤީކުރާކަމުގެ އަޑުތަކެއް

ޕާކިސްތާނުން ވަނީ އެމެރިކާގެ މައި ބިމަށް ވާސިލުވެވޭ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ހާމަކޮށްފި އެވެ. ފޮރިން އެފެއާޒްގެ ރިޕޯޓުގައި އެމެރިކާގެ އިންޓެލިޖެންސް ވަސީލަތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޕާކިސްތާނުން އައިސީބީއެމްއެއް ތަރައްޤީކޮށްފި ނަމަ، އެމެރިކާއަށް އެ ޤައުމު ނިއުކްލިއަރ ވާދަވެރިއެއްގެ ގޮތުގައި ނޫން ގޮތަކަށް ޕާކިސްތާނާއި މެދު ކަންތައް ނުކުރެވޭނެއެވެ. އެމެރިކާގެ އޮފިޝަލުން...

އަލީ އާދިލް
ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކު ހޯދައިފި

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކު ހޯދައިފި

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކު ހޯދައިފިއެވެ. ކާށިދޫ ކަނޑަށް ބަންޑުން ޖަހާލާފައި ވަނީ ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިވެކްގެ ލޭންޑިންގ ކްރާފްޓެކެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ވަނީ ހޯދާފައެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގަ...

ޔުމްނާ ޢަލީ