މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,715 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 95 ވަނަ ޞަފްޙާ

މި ވަގުތު އެންމެ މުހިންމީ ފަލަސްތީނުގެ ރައްޔިތުން ދެމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުން: ރާއްޖެ

މި ވަގުތު އެންމެ މުހިންމީ ފަލަސްތީނުގެ ރައްޔިތުން ދެމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުން: ރާއްޖެ

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައްކަމަށް ބަޔާންކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހޭ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މި ގޮވައިލުން ގޮވައިލެއްވީ، ސެނެގާލްގެ ވެރިރަށް ޑާކާރގައި މި ފަހުން ބޭއްވި “ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް” ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، އޯ.އައި.ސީ. (އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) އާއި ސައުދީ އަ...

ޔުމްނާ ޢަލީ
އެމިރޭޓްސް އިން ފްލައިޓް ބުކިންސް އަށް ކްރިޕްޓޯ ޕޭމަންޓް ބަލައިގަންނަނީ

އެމިރޭޓްސް އިން ފްލައިޓް ބުކިންސް އަށް ކްރިޕްޓޯ ޕޭމަންޓް ބަލައިގަންނަނީ

ދުނިޔޭގެ މަޝްހޫރު އެއަރލައިން އެމިރޭޓްސް އިން ޑިޖިޓަލް ފައިސާގެ ދުނިޔެއަށް ބޮޑު ފިޔަވަޅެއް އެޅުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮއިޓަރޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމިރޭޓްސްއިން ވަނީ ކްރިޕްޓޯ.ކޮމް އާއެކު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އެމިރޭޓްސްއިން ދޭ ޓިކެޓާއި އެހެނިހެން ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަސިންޖަރުންނަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމިރޭޓްސްގެ މައި ކުންފުނިން ލަފާކުރާ ގޮތުގައި، މި ޕ...

ޔުމްނާ ޢަލީ
މަސްކް ޕާޓީއެއް އުފެއްދުމުގެ ވިސްނުމަކީ މޮޔަކަމެއް: ޓްރަމްޕް

މަސްކް ޕާޓީއެއް އުފެއްދުމުގެ ވިސްނުމަކީ މޮޔަކަމެއް: ޓްރަމްޕް

މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމަކީ “މޮޔަ ކަމެއް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވީ، މަސްކް އައު ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށް އިޢުލާންކުރި ދުވަހުގެ އަނެއް ދުވަހުއެވެ. އެމެރިކާގެ ނިއު ޖާރސީގައި ހުންނަ އޭނާގެ ގޯލްފް ކްލަބަށް ޒިޔާރަތްކުރުމަށްފަހު ވޮޝިންގްޓަނަށް އެނބުރި ދިޔުމަށް އެއަރ ފޯސް ވަން އަށް އަރަމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ މަސްކްގެ ވިޔަފާރީގެ މަސް...

ޔުމްނާ ޢަލީ
އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި

އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ދުވަހު ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު  67 އަށް އަރައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ކަމަށް ބެލެވޭ ސަމަރ ކޭމްޕެއްގެ އަންހެން ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ތިންވަނަ ދުވަހަށް ދިގުދެމިފައެވެ. އެންމެ ބޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ޓެކްސަސް ހިލް ކަންޓްރީގެ ކެރް ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވި ގޮތުގައި، އެ ކައުންޓީގައި އެކަނިވެސް […]

ޔުމްނާ ޢަލީ
އިސްރާއީލާމެދު ފިޔަވަޅު އެޅުމަށް އީޔޫއީން 5 އޮޕްޝަނެއް ހުށަހަޅަނީ

އިސްރާއީލާމެދު ފިޔަވަޅު އެޅުމަށް އީޔޫއީން 5 އޮޕްޝަނެއް ހުށަހަޅަނީ

ބްރަސަލްސް، ބެލްޖިއަމް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ ގުޅޭގޮތުން އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ، މެމްބަރު ޤައުމުތަކަށް 5 އޮޕްޝަނެއް ހުށަހަޅާނެ ކަމަށް ޔޫރޯނިއުސްއިން ބުނެފިއެވެ. ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އީޔޫއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ. ޔޫރޯނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣަ...

ޔުމްނާ ޢަލީ
ޓިކްޓޮކާއި ގުޅޭގޮތުން އެމެރިކާއިން ޗައިނާއާއެކު މަޝްވަރާތައް ފަށަނީ

ޓިކްޓޮކާއި ގުޅޭގޮތުން އެމެރިކާއިން ޗައިނާއާއެކު މަޝްވަރާތައް ފަށަނީ

ޓިކްޓޮކްއާ ގުޅޭ މުހިންމު އެއްބަސްވުމަކާ ބެހޭގޮތުން މި ހަފްތާގެ ތެރޭގައި ޗައިނާއާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”އެއަރ ފޯސް ވަން” މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. “އަޅުގަނޑުމެން ހޯމަ ނުވަތަ އަންގާރަ ދުވަހު ޗައިނާއާ، ފަހަރުގައި ރައީސް ޝީ ނުވަތަ އެ...

ޔުމްނާ ޢަލީ
ނާސާގެ އެސްޓްރޮނޯޓަކު އެމެރިކާމަތިން ނެގި މިފޮޓޯގެ ހަޤީގަތަކީ ކޮބާ؟

ނާސާގެ އެސްޓްރޮނޯޓަކު އެމެރިކާމަތިން ނެގި މިފޮޓޯގެ ހަޤީގަތަކީ ކޮބާ؟

ނާސާގެ އެސްޓްރޮނޯޓު ނިކޯލް އެޔާސްގެ އެކްސް އެކައުންޓްގައި އާންމު ކުރި ފޮޓޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މިމަހުގެ 3 ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެމެރިކާ އާއި ބުރެޒިލް މަތިން ދަތުރު ކުރަމުން ދަނިކޮށް އެޔާސް ނެގި މި ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރުމާއި އެކު، އެ ފޮޓޯ އަކީ އޭއައި ޖެނެރޭޓަޑް ފޮޓޯ އެއް ކަމަށް ގިނަބަޔަކު ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެއީ، އާންމުކޮށް ނުފެންނަ ނާދިރު […]

އަލީ އާދިލް
މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން ޢިއުލާންކޮށް ޓްރަމްޕާއި އިތުރަށް ފެޔަށް

މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން ޢިއުލާންކޮށް ޓްރަމްޕާއި އިތުރަށް ފެޔަށް

ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ މައިގަނޑު ކެމްޕޭން ފައިނޭންސަރު ކަމުގައިވާ އެލޮން މަސްކް އާ ދެމެދު އޮތް ގުޅުން އިތުރަށް ރެނދުލައި ގޯސްވެއްޖެއެވެ. މިފަހަރު އެކަން ވެގެން ދިޔައީ، ޓްރަމްޕްގެ “ބޮޑު، ރީތި” ޓެކްސް ބިލުން އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ބުނެ، ސްޕޭސް އަދި އޮޓޮމޮބައިލް ދާއިރާގެ ބިލިއަނަރު މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. މަސްކް މިކަން ހާމަކުރީ ހޮނިހިރު ދުވަހު އޭނާގެ އެކްސް ޕްލެޓްފޯމުންނެވެ. އޭނާ ވަނީ ފުރަތަމަ […]

ޔުމްނާ ޢަލީ
ޑޮކްޓަރަކާއި އޭނާގެ ތިން ދަރިން ހިމެނޭހެން ފަލަސްތީނުގެ 42 މީހަކު ޝަހީދުކޮށްލައިފި

ޑޮކްޓަރަކާއި އޭނާގެ ތިން ދަރިން ހިމެނޭހެން ފަލަސްތީނުގެ 42 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިއްޔެވެސް 42 ފަލަސްތީނުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި އޭނާގެ ތިން ދަރިންވެސް ހިމެނެއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހަމަލާއަކީ އިސްރާއީލުން “އިންސާނީ ސަރަޙައްދު” އެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ޓެންޓަކަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ޑޮކްޓަރ މޫސާ ހަމްދާން ޚަފާޖާ އާއި އޭނާގ...

ޔުމްނާ ޢަލީ
''ބައްޕަ ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށް''

''ބައްޕަ ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށް''

އިސްރާއީލުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް ކޮމާންޑް ސެންޓަރުގެ ލީޑަރު އަލީ ޝަދުމާނީ އިސްރާއީލުން ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށްކަމަށް އޭނާގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ބުނެފިއެވެ. އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރުމަގާމަށް ޢަލީ ޝާދްމާނީ ޢައްޔަނުކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ޣުލާމް ޢަލީ ރަޝީދު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލުމުންނެވެ. ނަމަވެސް ޢަލީ ޝާދްމާނީ އެމަގާމަށް ޢައްޔަނުކުރިތާ އެންމެ ހަތަރު...

ޔުމްނާ ޢަލީ
މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ. މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ކުރައްވާ ޒިޔާރަތެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަކަށް މި ޒިޔާރަތް ވެގެންދާނެއެވ...

ޔުމްނާ ޢަލީ
ގިނަ ބަޔަކު އިސްރާއީލާއި ނަތަންޔާހޫ އާމެދު ނުރުހޭ: ދިރާސާ

ގިނަ ބަޔަކު އިސްރާއީލާއި ނަތަންޔާހޫ އާމެދު ނުރުހޭ: ދިރާސާ

އެމެރިކާގެ ޕިއު ރިސާރޗް ސެންޓަރުން ހެދި ދިރާސާއަކުން، އެ ދިރާސާ ކުރި 24 ޤައުމެއްގެ ގިނަ ބަޔަކު އިސްރާއީލާއި އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އާމެދު ނަފްރަތުގެ ނަޒަރިއްޔާތެއް ގެންގުޅޭކަމަށް ދައްކައިފިއެވެ. ޕިއު ރިސާރޗް ސެންޓަރުގެ މި ދިރާސާ ޝާޢިއުކޮށްފައި ވަނީ 3 ޖޫން 2025 ގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމައް ވެސް ހިމަނައިގެން ހެދި މި ދިރާސާ އާންމުކޮށްފައި ވަނީ “ދިރާސާ ކުރެވުނު 24 ޤައުމުގެ ގިނަ މީހުން އިސްރާއީލާއި ނެތަންޔާހޫއާ މެދު […]

ޔުމްނާ ޢަލީ
ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޯޓާ މަރުވެއްޖެ

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޯޓާ މަރުވެއްޖެ

ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ އަދި އޭނާގެ ކޮށްކޮ އަންދްރޭ ސިލްވާ، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މިކަން ބުރާސްފަތި ދުވަހު ސްޕެއިންގެ ފުލުހުން ކަށަވަރުކޮށްދީފައިވާއުރު، ސްޕެއިންގެ ސިވިލް ގާޑުން އެސޯސިއޭޓެޑް ޕްރެސްއަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގައިވާ ޒަމޯރާ ސިޓީ ކައިރީގައި، އެ ދެ ބެއިން ދުއްވި ކާރު ކޮންޓްރޯލް ނުވެގެންނެވެ. އޮތޯރިޓީތަކުން ފާހަގަކުރި ގޮތުގައި މި...

ޔުމްނާ ޢަލީ
ސައޫދީއަށް ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުން 49.4 ބިލިއަން ރިޔާލުގެ ރެކޯޑު އާމްދަނީއެއް

ސައޫދީއަށް ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުން 49.4 ބިލިއަން ރިޔާލުގެ ރެކޯޑު އާމްދަނީއެއް

ސައުދީ އަރަބިއްޔާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ފަރާތުން 49.4 ބިލިއަން ސައުދީ ރިޔާލް (13,338,000,000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ސައޫދީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާއިން ބޭރުގެ ފަތުރުވެރިން އެ ޤައުމުގައި ޚަރަދުކުރުމުގައި ރެކޯޑު އަދަދަދެކެވެ. މިގޮތުން ސައޫދީގައި ބޭރުގެ ފަތުރުވެރިން ކުރި ޚަރަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 49.4 ބިލިއަން ސައުދ...

ޔުމްނާ ޢަލީ
އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭކަމަށް އެންމެފަހުން އެމެރިކާ އެއްބަސްވެއްޖެ

އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭކަމަށް އެންމެފަހުން އެމެރިކާ އެއްބަސްވެއްޖެ

އިސްރާއީލަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށް ނުލެވުމުން ހަމަލާގައި ބައިވެރިވެ އީރާންގެ ނިއުކްލިއަރ ތިން ތަނަކަށް ހަމަލާދިނުމަށްފަހު އެތަންތަން ”ފުނޑުފުނޑުކޮށްލެވިއްޖެ”ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވިޔަސް، އެތަންތަން ނައްތާނުލެވޭކަން އެމެރިކާއިން އެންމެފަހުން އެއްބަސްވެއްޖެއެވެ. ރާގުބަދަލުކޮށް އެމެރިކާގެ ޕެންޓަގަނުން  މިހާރު ބުނަނީ އެ ޤައުމުން އީރާނަށް ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ފަހަތ...

ޔުމްނާ ޢަލީ