މެޓާއިން ތަރިންގެ ހުއްދަނެތި ޗެޓްބޮޓްތަކެއް ހެދުމުން ކަންބޮޑުވުން
ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މެޓާ އިން ވަނީ، މަޝްހޫރު ފަންނާނުން ކަމަށްވާ ސެލީނާ ގޮމެޒް، އޭން ހެތަވޭ އަދި ޓޭލަރ ސްވިފްޓް ފަދަ މަޝްހޫރު ތަރިންގެ ހުއްދައަކާ ނުލައި، އެމީހުންގެ ނަމާއި ސިފަތައް ބޭނުންކޮށްގެން ޗެޓްބޮޓްތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ. މިކަމުގެ ސަބަބުން ސައިބަރު ސަލާމަތާއި، ފަރުދީ މައުލޫމާތުގެ ގަވާއިދުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ރޮއިޓަރސް އިން ހޯދާފައިވާ މައުލޫމާތު...