ކުޑަ ހަމަލާއެއް ދިނަސް އެތައް ގުނައެއް ވަރުގަދަ ރައްދެއް ދޭނަން: އީރާން
އީރާނާ ދެކޮޅަށް އެއްވެސް މިންވަރެއްގެ ކުޑަ އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، އޭގެ ރައްދު އެތައް ގުނައެއް ވަރުގަދަކޮށް ދޭނެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޮނިހިރު ދުވަހު އިންޒާރު ދީފިއެވެ. ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް އޮތީ ފިޔަވަޅު އަޅަން ފުރިހަމައަށް ތައްޔާރުވެގެންނެވެ. އައިއާރްޖީސީގެ ތަރުޖަމާނު ހުސައިން މުހައްބީ ވިދާޅުވީ، ދުޝްމަނުން ދައްކަމުންދާ އަދާވާތްތެރި ވާހަކަތަކަކީ މައިގަނޑު ގޮތެއްގަ...