އީރާނުން، އެމެރިކާގެ އިތުރު ފަޔަރ ޖެޓެއް ވައްޓާލައިފި
އީރާނުގެ ދެކުނުގައި އޮންނަ ޗަބަހާރު ބަނދަރު ސިޓީ ކައިރިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ”އެފް/އޭ-18” ސުޕަރ ހޯނެޓް މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު ހާމަކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޓު ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމާ ގުޅިގެން އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ދިން ހަމަލާއެއްގައެވެ. އީރާނުން ވަނީ އެ ބޯޓަށް ހަމަލާދިން ވަގުތާއި ބޯޓު ވެއްޓެމުންދިޔ...