އެމެރިކާގެ މިހާރުގެ ރޭވުމަކީ އީރާނުގެ ތެލަށް ވެރިވެގަތުމަށް ޚާރްގް އައިލެންޑް ހިފުން
އީރާނުގެ ތެލުގެ މުއްސަނދިކަން އަތުލައިގަނެވިދާނެކަމަށާއި، އީރާނުގެ ތެލުގެ އިގްތިޞާދުގެ މައި ހަބު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ރޭވުން އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”ފައިނޭންޝަލް ޓައިމްސް”އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އޭނާއަށް “އީރާނުގެ ތެޔޮ އަތުލެވިދާނެ” ކަމަށާއި، އެ ގައުމުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށެވެ. “ތެ...