ހޯރްމޫޒް ބަންދުވެފައި ވަނީ އީރާނާ ދެކޮޅު "ޣައިރު ގާނޫނީ" ހަނގުރާމައިގެ ސަބަބުން: ޗައިނާ
ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ “ޣައިރު ގާނޫނީ” ހަނގުރާމައިގެ ސަބަބުން ކަމަށް ޗައިނާއިން ބުނެފިއެވެ. އަންގާރަ ދުވަހާއި ހަމައަށް އައިއިރު ވެސް ހޯރްމޫޒް ކަނޑުއޮޅި އޮތީ ގިނަ ވިޔަފާރި އުޅަނދުފަހަރަށް ދަތުރު ނުކުރެވޭ ފަދަ ހާލަތެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން މި ހާލަތު ސިފަކުރަނީ “ދެފަރާތުގެ ބަންދެއް”ގެ ގޮތުގައެވެ. މި ބަންދުގެ ތެރެއިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އިން ވަނީ އެމެރިކާ، އިސްރާއީލް ނުވަތަ އެ ގައުމުތަކު...