މިދިޔަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި، ފަސްމިނެޓަކުން ކުއްޖަކު މަރުވޭ
ފާއިތުވި 2020 ވަނަ އަހަރު އެކަނިވެސް، ތިންލައްކަ ކުދިންނަށް އެއިޑްސް ޖެހި ލައްކައަކަށްވުރެއް ގިނަ ކުދިން މަރުވިކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑު (ޔުނިސެފް) އިން ހާމަކޮށްފި އެވެ. އެ ޖަމިއްޔާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިއީ އެޗް.އައި.ވީއަށް މުޅިން އަލަށް ކޮންމެ ދެމިނެޓަކުން ކުއްޖެކެވެ. އަދި ކޮންމެ ފަސް މިނެޓަކުން ކުއްޖެއް މިބަލީގައި މަރުވެފައިވާކަމަށް ދައްކައެވެ. އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެޗް.އައި.ވީ ޖެހިފައިވާ ކުޑަކުދިންނާއި މާ ބަނޑުމީހުންނަށް ކޮވިޑް 19 ގެ ހާލަތުގައ...