އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނޭޝިއާގެ ބަންޑާ ކަނޑު ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވީ ބިންހެލުން އައި އިންޑޮނޭޝިއާގެ ބަންޑާ ކަނޑާއި، ރާއްޖޭގެ ވެރިރަށް މާލެ އާއި ދެމެދު 6143 ކިލޯމީޓަރުގެ ދުރުމިން އެބަހުރި ކަމަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް ވެސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވެއެވެ.