މަންކީޕޮކްސްގެ ބިރުވެރިކަން ރާއްޖެއަށް؟
މަންކީޕޮކްސްގެ ބިރުވެރިކަން ރާއްޖެއަށްވެސް އެބަ އޮތް ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުޞަތު ކުޑަ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ވައިރަހާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ވެސް އަދި އަވަށްޓެރި އެއްވެސް ގައުމަކުން ވެސް މަންކީޕޮކްސް ވައިރަސް ނުވަތަ މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު...