އިންސާނުންގެ ހަށިގަނޑުގައި ހުންނަ ލޭގައި ޕްލާސްޓިކުގެ އަސަރު ހުރޭތޯ ބަލަން ފުރަތަމަ ފަހަރަށް ކުރި ދިރާސާ އިން ކޮންމެ 10 މީހަކުން 8 މީހެއްގެ ލެއިން ޕުލާސްޓިކު ފެނިފައިވާކަމަށް ދައްކައިފި އެވެ.
ތިމާވެށީގެ ބައިނަލްއަގުވާމީ އެންވައިރަމެންޓް އިންޓަނޭނަލް މަޖައްލާގައި ޝާއިއު ކުރެވިފައި މި ރިސާރޗް އިން ދައްކާ ގޮތުގައި، ޓެސްޓުކޮށް ބެލުން ލޭގެ ސަސާމްޕަލް ތަކުން 77 އިންސައްތަ ލޭގައި ޕުލާސްޓިކުގެ އެތިކޮޅުތައް ހުއްޓެވެ.
މި ޕްލާސްޓިކުގެ ތެރޭގައި އެތައް ބާވަތެއް އެއްކޮށްގެން އުފައްދާފައިވާ 4 ވައްތަރެއްގެ ޕުލާސްޓިކު ފާހަގަކުރެވިފައިވާއިރު އޭގެތެރޭގައި ޕުލާސްޓިކު ޕޮލިއެތަލީން ޓްރެފްތަލޭޓް (ޕެޓް) އާއި ޕޮލިސްޓައިރީން ހިމެނެއެވެ. ލެއިން ފެނުނު ޕުލާސްޓިކުގެ ބާވަތްތަކަކީ އާންމުކޮށް ބޭނުންކުރަން ގެންގުޅޭ ތަކެތީގައި ހުންނަވައްތަރުތަކެވެ. ކޮމަންސީޒަން ހަވާލުކޮށްގެން ކުރެވުނު މިދިރާސާގެ އިސްމޭސްތިރިންނަކީ އެމްސްޓެޑަމްގެ ރިޖް ޔުނިވާސިޓީގެ ސައިންޓިސްޓުންނެވެ. މިހޯދުމުގައި ޓެސްޓުކުރެވުނު 22 މީހެއްގެ ލެއިން 5 ވައްތަރެއްގެ ޕްލާސްޓިކު ފެނުނެވެ. - ޕޮލިމެތިލް މެތަކުރިލޭޓް (ޕީއެމްއެމްއޭ)، ޕޮލިޕޮރޮޕިލީން (ޕީޕީ، ޕޮލިސްޓައިރީން(ޕީއެސް)، ޕޮލިއެތަލީން (ޕީއީ) އަދި ޕޮލިއެތަލިން ޓްރެފްތަލޭޓް (ޕެޓް) އެވެ.
ޕުލާސްޓިކުގެ ގެއްލުންތަކާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރާ "ކޮމަންސީޒް“ ޖަމިއްޔާއިން ވިޔަފާރިވެރިންނާއި ސަރުކާރުތަކަށާއި އަނެކުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ގޮވާލަނީ ވީހާއަވަހަކަށް މިފަދައިތުރު ދިރާސާތައް ކުރެވޭނެ މަގުތަނަވަސް ކޮށްދިނުމަށެވެ.
ފުޅިފަދަ ތަކެތި އުފައްދާ މި ޕުލާސްޓިކަކީ އެއްމެ އާއްމުކޮށް ބޭނުން ކުރާ ވައްތަރެވެ. ބޭނުންކުރާ ތަކެތި ބަންދުކުރުމަށާއި ކާނާ ޕެކުކުރުމާއި ފޮތިފަދަތަކެތީގައި މިވައްތަރު ބޭނުންކުރެވެއެވެ.
22 މީހުންކުރެ 17 މީހެއްގެ ލޭގައި މިނެވޭ ވަރަށް ޕުލާސްޓިކުގެ އެތިކޮޅުތައް ހުއްޓެވެ. ޕެޓްއަށް ފަހު ޕޮލިސްތެރޭން އަކީ ޓެސްޓުކުރި ލެއިން އެއްމެ ގިނައިން ފެނުނު ވައްތަރުގެ ޕްލާސްޓިކެވެ. ޕޮލިސްޓައިރީން އަކީ އެއްމެ ގިނައިން ގޯތިގެދޮރުގައި ގެންގުޅޭ ބާވަތްތައް ހަދަންބޭނުންކުރާ ވައްތަރެވެ. ތިންވަނައަށް އެންމެ ގިނައިން ފެނުނު ވައްތަރަކީ ޕޮލިއެތަލީންއެވެ. އެއްޗެތި އަޅަން އާންމުކޮށް ބޭނުންކުރާ ކޮތަޅު އުފައްދަނީ މި ޕުލާސްޓިކުންނެވެ. އެއް ސާމްޕަލެއްގައިވެސް ތަފާތު ތިން ވައްތަރުގެ ޕްލާސްޓިކު ހުރިކަން ފާހަގަ ކުރެވުނެވެ. ޓެސްޓުކުރި 50 ޕަސަންޓް މީހުންގެ ލޭގައި ޕެޓް ހުއްޓެވެ އަދި 36 ޕަސަންޓުން ޕޮލިސްތެރޭން ފެނުނެވެ.
ޕޮލިއެތަލީން ފެނުނީ ޓެސްޓުކުރި މީހުންގެ 43 އިންސައްތަ މީހުންގެ ލެއިންނެވެ. ނޭވާލާ ވައިންނާއި ކާނާ އާއި ބޯއެއްޗެތިން ޕުލާސްޓިކު އިންސާނާގެ ހަށިގަނޑަށް އެތެރެވެއެވެ.ރިތިވާން ބޭނުންކުރާ ތަކެތިވެސް ޕްލާސްޓިކް އެތެރެ ކުރެވޭ ސަބަބަކައް ވެދާނެއެވެ. ޕޮލިއެތަލީން ހުންނަ ދަތް އުނގުޅާ ބޭހާއި ތުންފަތުގައި ލާން ގެންގުޅޭ ޕެޓް ހުންނަ ލިޕްގްލޮސް މިގޮތުން ފާހަގަ ކުރެވެއެވެ.
ކެންޕޭނާސް ގަބޫލުކުރާގޮތުގައި މި އައު ހޯދުންތަކުގެ ސަބަބުން ޕްލާސްޓިކުން ސިއްހަތައް ވަރައް ސީރިއަސް އަސަރެއް ކުރެވެއެވެ. ހޯދުންތެރިން ސާބިތު ކޮއްދޭ ގޮތުގައި ޕްލާސްޓިކުގެ އެތިކޮޅުތައް ލޭގެ ތެރޭންގޮސް ގުނަވަންތަކަށް ވަދެ އޭގެ
ސަބަބުން ދުޅަ އުފެދިފާނެކަމަށް ބެލެވެ އެވެ.
އަންނަ ވިއްސަކައް އަހަރު ތެރޭ ޕްލާސްޓިކުގެ އުފެއްދުންތައް ދެގުނަވެގެން ދާނެ އެވެ. އެއީ ދުނިޔޭގައި ޕުލާސްޓިކުގެ އައުވައްތަރު ތަކަށް 2.3 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހޭދަކުރާނެކަމައް ބަލާފައެވެ. ކޮމަންސީޒަން ގޮވާލަނީ މިކަމުގެ ސަބަބުން ސިއްހަތަށް އަސަރުކުރާގޮތް ސާފުކޮށް ދެނެގަތުމަށެވެ. މިހާތަނައް އައި އިރު އިންސާނާގެ ދުޅަހެއިކަމާއި ޕްލާސްޓިކުގެ ބާވަތްތައް ގިނަވުމާއި ގުޅިފައިވާ ގުޅުން ހޯދައި އެކަމައް ފަންޑު ކުރާނެ ގޮތެއްގެ މައްޗައް އެއްބަސްވެސްވެވިފައެއް ނުވެއެވެ.
ލޭގައި ހުންނަ ޕުލާސްޓިކުގެ ވައްތަރުތަކާ ބެހޭ ކެންޕޭނުގެ ބައެއްގެ ގޮތުގައި ކޮމަންސީޒަން ގޮވާލަނީ ސިއްހީގޮތުން ޕުލާސްޓިކުން ވާގެއްލުން ތަކާ ގުޅޭ ހޯދުންތަކަށް ފަންޑެއް ހެދުމަށެވެ. މި ފަންޑުން ހޭދަކުރާނީ ޕުލާސްޓިކަށް އިންސާނާ ހުށަހެޅުމުގެ ސަބަބުން ވާ ގެއްލުން ތަކުގެ ދިރާސާތައް ވީހާ އަވަހަކަށް ކުރުމަށެވެ. އެމްސްޓެޑަމްގެ ވީޔާ ޔުނިވަރސިޓީގެ ތިމާވެއްށީގެ ވިހަޒަހަރާ ފެނުގެ ފެންވަރާއި ސިއްހަތާ ބެހޭ ޕްރޮފެސަރ ޑިކް ވެތާކް ވިދާޅުވަނީ ޓެސްޓުކުރެވުނު ކޮންމެ 10 މީހަކުން 8 މީހުންގެ ލޭގައި ޕްލާސްޓިކުގެ އެތިއެތިކޮޅު ހުރިކަމަށެވެ. ހުރީ ކިހާވަރަކައްތޯ ބުނެދިނުމަކީ އަދި އެނގޭކަމެއް ނޫނެވެ. ރައްކާތެރި ކިހާ މިންވަރަކަށް ހުރެގެންތޯ އާއި ނުރައްކާވަނީ ކިހާ މިންވަރަކުންތޯ ބުނެދެވޭ ވަރަކަށް އަދި ނުހޯދެއެވެ.
ވަރަށް އަވަހައް ބޭނުން ވަނީ މިޖަވާބުތައް ހޯދޭ ވަރުގެ ދިރާސާ އަކަށް ފަންޑު ލިބުމެވެ. ޕުލާސްޓިކަށް ހުށައެޅޭވަރު ގިނަވެގެންދާތީ އެވެ. އެއިން އަހަރެމެންގެ ހަށިތަކައް ކުރަނީ ކޮން ކަމެއްކަން ދެނެގަތުމަކީ އަހަރެމެންނައް އޮތް ހައްގެކެވެ.
ކޮމަންސީޒްގެ ސީއީއޯ ޖޯ ރޯޔަލް ބުނެއެވެ.
ޕުލާސްޓިކުގެ އުފެއްދުންތައް 2040 ވަނަ އަހަރާ ހިސާބުގައި ގިނަވެގެންދާނެ ކަމަށް ބެލެވެއެވެ. އަހަރެމެންނައް ޕުލާސްޓިކުން ސަލާމަތްކަން އޮންނާނެތޯ ނުވަންތަ ނޫންތޯ އޮޅުންފިލަންޖެހެއެވެ. އަހަރެމެންގެ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި ސަރުކާރުތަކަށާއި ފިލެންތްރޮޕިސްޓުންނަށް މި ގޮވާލަނީ ވީ އެއްމެ އަވަހަކަށް ޕުލާސްޓިކުން ސިއްހަތައް ކުރުވާ އަސަރާ ބެހޭ އިތުރު ދިރާސާއެއް ހަދަން ބޭނުންވާ ފަންޑު ފަހިކޮށްދިނުމަށެވެ. އަހަރެމެންނަށް އެކަމުގެ ހަގީގީ މާލޫމާތުތައް އަވަހަށް އެނގުނު ވަރަކަށް ޕުލާސްޓިކުން ސިއްހަތައް ކޮއްފާނެ އަސަރުތަކުގެ ގެއްލުންތަކުން އަހަރެމެންނާއި އާއިލާތައް ސަލާމަތް ކުރަން ސަމާލުކުރުވޭލެއް އަވަސް ވާނެކަމަށް ކޮމަންސީޒްގެ ސީއީއޯ ޖޯ ރޯޔަލް ބުނެފައިވެއެވެ.
މިއާއި އެކު ކޮމަންސީސް އިން ބުނެފައިވަނީ، އަހަރެމެންގެ ލީޑަރުންނާއި ވިޔަފާރިވެރިން ފާހަގަ ކޮއްލެވޭނެ ވަރުގެ މަދުކުރުމެއް ޕުލާސްޓިކުގެ އުފެއްދުން ތަކުން ދެއްކުމެވެ. އެގޮތުން އޭގެ ބަދަލުގައި އެހެން ބާވަތެއް ނުވަތަ އަލުން ވެސް ބޭނުން ކުރެވޭ ފަދަ އެއްޗެހި އިތުރު ކުރުމެވެ. އަހަރެމެން ރައްޔިތުން މިކަމުގައި ސަރުކާރުތަކާއި ވިޔަފާރިތައް ވީހާ އަވަހަކަށް ޖަވާބުދާރީކުރުވަންޖެހެއެވެ. އެހެނީ އަހަރެމެން ރައްކާތެރި ކޮށްދިނުމާއި އަހަރެމެން ގެ ދުނިޔެ އަށް ބޮޑު ގެއްލުމެއް ވިޔަނުދިނުމަކީ އެމީހުންގެ ޒިންމާ އެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދިވެހި ރާއްޖެ ފާހާގަ ކުރެވިފައި ވަނީ ވަށައިގެން އަލި ސާފު މޫދާއި ކަނޑު އޮންނަ ރަށްތަކެއްގެ ގޮތުގައެވެ. މައިގަނޑު އިގްތިސާދު ފަތުރުވެރި ކަމުގެ މައްޗައް ބިނާވެފައި އޮތުމާއިއެކު ރާއްޖޭގައި އޮންނަ ތިޔާގި މަސްވެރި ކަމުންނެވެ. ކޮންމެ އަކަސް ފަހަކަށްއައިސް މިވޭތުވާ އަހަރުތަކުގައި ޕުލާސްޓިކު ކުނިބުނި އެންމެ ބޮޑު މައްސަލަ އަށް ވަނީވެފައެވެ. ކުނީގެ ގޮތުގައި ޕްލާސްޓިކުން ފުރިފައިވާ އަތިރިމަތި ތަކާއި ރަށްރަށާއި މުރަކައިގެ ފަރުތަކެވެ. މިކަމުގެ ސަބަބުން މި ރަށްތަކަށް ލިބިފައިވާ ދުނިޔެމަތީ"ސުވަރުގެ" އެއްގެ ރީތި ނަން ފުހެވިދާނެ ކަމުގެ ބިރުހީވެފައިވާކަމަށެވެ.
2018 ގައި ދެހާހެއްހާ ޓަނުގެ ޕުލާސްޓިކު ކުނި ދިވެހި ކަނޑުތަކަށް އެޅުނުކަމަށް ވެއެވެ. މިގޮތުން ކުރިޔަށް އޮތް 10 އަހަރު ތެރޭގައި ޕުލާސްޓިކު ކުނީގެ މި އަދަދު ދެގުނަ ވެގެން އަންނާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން މިހާރު ވަނީ އެއްފަހަރު ބޭނުންކޮއްފައި އުކާލާ ބައެއް ބާވަތުގެ ޕުލާސްޓިކު މަނާކުރުމުގެ މަސައްކަތް ފަށާފައެވެ. އޭގެ އިތުރުން ޕެޓް ކުދި ފުޅި 2023 ގައި މަނާކުރުމުގެ އަމުރު ވަނީ ނެރެފައެވެ. އެއްފަހަރު ބޭނުން ކޮއްފައި އެއްލާލާ ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމުގެ އަމުރު ނެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އެއީ އދ ގެ އާންމު ޖަލްސާގައި ސެޕްޓެމްބަރު 2019 ގައެވެ.
އަހަރެމެންގެ ވެށީގައި ޕްލާސްޓިކު ބޭނުންކުރުން ގިނަވާ ވަރަކަށް އެތަކެއްޗާއި އަހަރެމެންނާއި ގާތްކަން ވެސް އިތުރުވެއެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ވެގެންދާގޮތް ދެނެގަނެ ދަސްކުރުމަކީ އަހަރެމެ ރެމެނަށް ކުރަންޖެހޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!