ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯތައް
ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕު (ޖޭޑަބްލިޔުއެސްޓީ) އިން ނެގި ފުރަތަމަ ފޮޓޯތައް އާންމުންނަށް ހިއްސާކޮށްފި އެވެ. އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކާއިނާތުން މިހާތަނަށް ފެނިފައިނުވާ މަންޒަރުތަކުގެ ފުރަތަމަ ފޮޓޯ އާންމުކޮށް ދައްކާލީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. މި ފޮޓޯ ތަކަކީ މިހާތަނަށް ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯތައްކަމަށް ނާސާއިން ބުނެއެވެ. މުޅިން އަލަށް ޖައްވަށް ފޮނުވާފައިވާ ޖޭމްސް ވެބް ޓެލެސްކޯޕަކީ […]