ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ ދެ ލައްކަ މީހުން ގެދޮރު ގެއްލިފައި!
މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ އުތުރުން ލުބުނާން ބޯޑަރުގައި ހިޒްބުﷲ ޖަމާއަތާ ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އެކުވެ އިސްރާއީލަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އިސްރާއީލުގެ 200،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރުޖަމާނަކު އާއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއާއި ލުބުނާނު ބޯޑަރާ ކައިރި ހި...