އިސްރާއީލަށް ދިން ހަމަލާތަކުގައި އެމެރިކާގެ 14 މީހަކު މަރާލި
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެމެރިކާގެ 14 މީހަކު މަރާލާފައިވާ އިރު، ވިއްސަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ހާމަކޮށްފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މަރާލި މީހުންގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި އެމެރިކާގެ ބައެއް ރައްޔިތުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. “އެއީ ހިތްދަތި ކަމެއް. މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ހިތްދަތިކަން ލިބިފ...