ފަލަސްތީނަށް ނިއުކްލިއާ ބޮން އަޅާނެ ކަމުގެ އިންޒާރުދިނުމުން ރާއްޖެ އިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ޣައްޒާ އަށް ނިއުކްލިއާ ބޮން އެޅުމަކީ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ބުނެ އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔަހު ދެއްވި އިންޒާރު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގައި ކުށެއް ނެތް އެތައް އާންމުންނަކަށް އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ދެއްކިޔަސް، އ...