އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ބަޑިން ހަމަލާދީފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީފިއެވެ. ޕެންސިލްވޭނިއާގެ ބަޓްލަރ ސިޓީގައި ބޭއްވުނު ސިޔާސީ އަޑުއެހުމެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ. މި ހާދިސާ ހިނގީ ރޭ ބޭއްވުނު ކެމްޕެއިން ޖަލްސާއެއްގައެވެ. ޓްރަމްޕް ވިދާޅުވީ ވަޒަން ކަންފަތުގައި ޖެހުނު އިރު “ވިޒް” އަޑެއް އިވި، ހަމުގައި ވަޒަން ވަދެގެން ދިޔަ އިހުސާސް ކުރެވުނު ކަމަށެވެ. މި ހަމަލާ ދިނުމަށްފަހު ހަމަލާދިން މީހާވަނީ ސީކްރެޓް […]