ޗާޑުގެ މަޖިލިސް އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފި
އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑުގައި ބޭއްވުނު އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފިއެވެ. ޗާޑުގެ ރައްޔިތުން މިއަދު އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލަމުންދާއިރު، މި އިންތިޚާބުގެ ސަބަބުން ރައީސް މަހަމަތު އިދްރީސް ޑެބީގެ ބާރު އިތުރުވެ، ޤާނޫނީ ވެރިކަމަކަށް އެ ޤައުމު ފުރިހަމައަށް ބަދަލުވާނެކަމަށް ބެލެވެއެވެ. ޑެބީ ރައީސްކަމަށް އިންތިޚާބުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވުނު ވާދަވެރި އިންތިޚާބަކުންނެވެ. އެއީ އޭނާގެ ބައްޕަ، ރައީސް އިދްރީސް ޑެބީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތުން މަރު...