ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ
ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމައިފިއެވެ. ފްރާންސްގެ ދިފާއީ ވަޒީރު ސެބަސްޓިއަން ލެކޯނު ވިދާޅުވީ ފްރާންސްއިން ޔުކްރެއިނަށް 195 މިލިއަން ޔޫރޯ (211 މިލިއަން ޑޮލަރު) ގެ ސަލާމަތީ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފައިވާއިރު، މި އެހީ ފޯރުކޮށްދެނީ ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުން ލިބޭ އިންޓަރެސްޓް ބޭނުންކޮށްގެން ކަމަށެވެ. ހޮނިހިރު ދުވަހު ފްރެންޗް ނޫސް “ލަ ޓްރިބިއުން” އަށް ދެއްވި އިންޓަވިއުއެއްގައި ލެކޯނު ވިދާޅުވީ، މި އެހީ ޕެކޭޖު މެދުވެރިކޮށް 155-އެމްއެމް އާޓ...