ޓިކްޓޮކްއާ މެދު ވަގުތު އޮއްވާ ފިޔަވަޅު އަޅާނެ: އެމެރިކާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅުއްވާނެ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވަރޑް ލުޓްނިކް ވިދާޅުވެއްޖެއެވެ. މި ވާހަކަ އޭނާ ވިދާޅުވެފައިވަނީ ހުކުރު ދުވަހު ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުން ޓިކްޓޮކް ވިއްކާލ...