މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 86 ވަނަ ޞަފްޙާ

ބުރުސޫރައަށް، ނުކުޅެދުންތެރިކަމަކަށް، އައިބުތަކަށް ފާޑުކިޔުން، މިމުޖުތަމައުން ފޮހެލަންޖެހޭ

ބުރުސޫރައަށް، ނުކުޅެދުންތެރިކަމަކަށް، އައިބުތަކަށް ފާޑުކިޔުން، މިމުޖުތަމައުން ފޮހެލަންޖެހޭ

މިއަދު އަޅުގަޑުގެ ހަނދާނަށް އަންނަނީ ކުރީގެ ތަޖުރިބާއެކެވެ. ރައްޓެހިންތަކަކާއެކު އަޅުގަޑު އިނީ ވަރަށް މަޝްހޫރު ބޮޑު ރެސްޓޯރަންޓެއްގައި އަސްރުގެ ފަހުގެ ސަޔަށް އިންތިޒާރު ކުރާށެވެ. އޭގެ ތެރެއިން އެއްރައްޓެއްސަކު އަޅުގަޑުމެން ތިބި މޭޒުކައިރިއަށް އައި ވެއިޓަރު ފައިއަޅާގޮތާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. ދެންވެސް، އެތަނަށް ވަދެ ނިކުމެވާ މީހުންނާއި އެތަނުގައި އުޅޭ މީހުންގެ ސިފަޔާއި ބުރުސޫރައަށް އަދި ތިބޭގޮތަށް ފާޑުކިޔާ ހެދިއެވެ. މިއީ ވަަރަށް ގިނައިން އަޅުގަޑަށް ކުރެވޭ ތަޖުރިބާއެކެވެ. މީހުންގެ ސިފަޔަ...

މުޙައްމަދު ޝިހާބް
މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެއްޖެ! "ގައިގަވެސް ހިފަނީ، ބާނާ މަސްވެސް ކާލަނީ"

މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެއްޖެ! "ގައިގަވެސް ހިފަނީ، ބާނާ މަސްވެސް ކާލަނީ"

މިއީ މިހާރަކަށް އައިސް މީސް މީޑިޔާއިން އަދި މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ރާއްޖޭގެ މަސްކަނޑުތަކުގައި އާދަޔާއި ހިލާފަށް މިޔަަރުގިނަވެ މަސްވެރިންނަށް އަންނަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ. މީގެ ނުވަ އަހަރު ކުރިން މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށް ހިމާޔަތްކުރުމުން އޭގެ ރަނގަޅު އަސަރު މިޔަރުގެ އާބާދީއަށް ވަނީ ކޮށްފަ އެވެ. އެކަމަކު މިޔަރު ގިނަވެ އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރާފައިވާ ކަމުގެ ޝަކުވާ މަސްވެރިންވަނީ މިފަހަކަށް އައިސް ކުރަން ފަށާފައެވެ. 2010 ވަނައަހަރު މިޔަރު ބޭނުން މަނާކުރ...

ހުސައިން ހަބީބް
އުމުރު ހަމަނުވާ ކުދިންނާއި ކައިވެނިކޮށް ދަރިންލިބުން، މިއީ އާ ވާހަކައެއް ނޫނެވެ.

އުމުރު ހަމަނުވާ ކުދިންނާއި ކައިވެނިކޮށް ދަރިންލިބުން، މިއީ އާ ވާހަކައެއް ނޫނެވެ.

ތަސައްރަފު ނުފުދޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުމުރުގެ ކުދިން، ޝަރުއީ ހަމަތަކާ ޚިލާފަށް އަމިއްލައަމިއްލައަށް ކައިވެނިކުރުމުގެ ކަންތައްތައް ރާއްޖޭގައި އޮތް ފުޅާމިނުގެ މައްޗަށް އަނެއްކާވެސް މިވަނީ ބަހުސުކުރަން ފެށިފައެވެ. ރަހުމުކުޑަގޮތަކަށް އަނިޔާކުރުމަށްފަހު، ކަނޑަށް އެއްލާލި ޒުވާނާއަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ، ޝަރުއީ ހަމަތަކުގެ ބޭރުން، ކައިވެނިކޮށްގެން އުޅޭ މީހެއްކަމަށާއި އެކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފައިވާކަމަށް ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، މިއީ...

މުޙައްމަދު ޝިހާބް
ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!

ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!

ޒަމާނީ ޓެކްނޮލޮޖީއާއެކު ދެބައޮޑުވުމުގެ ބަލި އިތުރަށް ފެތުރެމުންދާތީ، އެކަމަށް ސަމާލުކަންދީ ރައްކާތެރިވާން ޖެހެއެވެ. ދެބައޮޑުވުމަކީ، ހިތުގެބަލިތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބައެއްޔެކެވެ. ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. އަދި އިޖްތިމާޢީ ވަބާތަކުގެތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. ޒަމާނީޓެކްނޮލޮޖީއާއި މުވާޞަލާތީ ތަރައްޤީގެ ބޭނުންކޮށްގެން ދެބައޮޑުވުން ދަނީ ބާރަށް ފެތުރެމުންނެވެ. އެކަމުގެ ނުރައްކާ އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންނަށް ގެއްލުން ލިބި، އ...

ހުސައިން ހަބީބް
ޖާހިލިއްޔަތުގެ ފަހުގެ ލިބާސް: ސެކިއުލަރިޒަމް

ޖާހިލިއްޔަތުގެ ފަހުގެ ލިބާސް: ސެކިއުލަރިޒަމް

އިސްލާމްދީނާ /އިސްލާމީ ނިޒާމާ، ސެކިއުލަރިޒަމާ /ޢަލްމާނިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމަކީ އައު ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އިސްލާމްދީނާ ޖާހިލިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމުގެ ފަހުގެ ވައްތަރެވެ. ޖާހިލިއްޔަތަކީ ތަފާތު ޒަމާންތަކުގައި ތަފާތު ނަންނަމުގައި ތަފާތު ލިބާސް ލިބާހުގައި ފައުޅުވާ އެއްޗެކެވެ. މިހުރިހާ ވައްތަރެއް ގުޅިފައިވަނީ އެންމެ ގުޅުމަކުންނެވެ. އެއީ ކުފުރުގެ ގުޅުމެވެ. އެހެންކަމުން އިސްލާމްދީނާ ޢަލްމާނިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމަކީ އިސްލާމްކަމާ ކުފުރާ ދެމުދުގައި އޮތް ކު...

ޝެއިޚް ޝަފީއު އަބްދުﷲ
ބަޖެޓް 2020 ހުރީ ކޮން މިސްރާބަަކަށް؟

ބަޖެޓް 2020 ހުރީ ކޮން މިސްރާބަަކަށް؟

2020 ބަޖެޓަށް ކަނޑައަޅާފައިވާ އަދަދުތައް ތިރީގައިވާ ފިނޭންސް މިނިސްޓްރީގެ ޗާޓުން އެފެންނަނީއެވެ. ބަޖެޓަށް ސީދާ ބަލައިލުމުގެ ކުރިން އަތޮޅުތަކުގައި ފަގީރުކަމާ، އިގްތިސާދީ މަސައްކަތްކުރާ މީހުންގެ އަދަދާ، ވަޒީފާގައި އުޅޭ މީހުންގެ އަދަދާ އަދި ރާއްޖޭގެ ރަށްވެހި އާބާދީ އަތޮޅުތަކަށް ބެހިފައިވާ ގޮތް ބަލައިލަމާ ހިނގާށެވެ. ފަގީރުކަން ނައްތާލުމާ، އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ގިނަ ރައްޔިތުންނަށް ފަހިކޮށްދިނުމާ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައި ދިނުމާ އަދި ކޮންމެ ރަށްޔިތަކަށްވެސް އަސާސީ ޚިދުމަތްތައ...

މުނާ މުޙައްމަދު
ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ކޮންމެ ތަޖުރިބާއަކީ ފިލާވަޅެއް!

ކޮންމެ ތަޖުރިބާއަކީ ފިލާވަޅެއް!

ކޮންމެ ދުވަހަކީވެސް އާދުވަހެކެވެ. އާތަޖުރިބާއެކެވެ. އާކަންތައްތަކެއް ފެނި، ތަޖުރިބާކުރެވި، އިވި، ފެނި، ހަނދާންތަކެއް ހިތާއި ސިކުނޑީގައި ބިންވަޅު ނެގޭ ދުވަހެކެވެ. އެއީ އިންސާނީ ހަގީގަތެވެ. އެ ހަނދާން ތަކާއި އެތަޖުރިބާތަކުން އެކިމީހުންނަށް އަސަރުކުރަނީ އެކިމިންވަރަށެވެ. އެކިގޮތަށެވެ. މިފަދަ ބައެއް ތަޖުރިބާތަކަކީ ކޮންމެހެން ފެންނަން ހުންނަ ހާދިސާތަކެއް ނޫނެވެ. ހަމައެކަނި ކުރެވޭ އިހްސާސަކަށް ވެސް ވެދާނެއެވެ. ބައެއް ހާދިސާތަކަކީ ހިތްދަތި ތަޖުރިބާ ތަކެވެ. ހިތުގެ އެންމެ ފުނަށް އޭގެ ހިތްދަތިކަމުގެ ރަހަ...

މުޙައްމަދު ޝިހާބް
ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

ޒަވާޖީޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭމީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ. އުފާވެރި ޢާއިލާއަކީ، އެޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ތަނަވަސްމަގެކެވެ. އެހެންކަމުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ޤަޞްދުކުރާ މައުޟޫޢައިގެން ކުރ...

Thiladhun
ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!

ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!

މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 206 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ “މާ ވިއްސާރަގަނޑެއް” ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު […]

ހުސައިން ހަބީބް
ނުރުހުމުގެ ބަސްތަކުން ވާހަކަ ދެއްކުން!

ނުރުހުމުގެ ބަސްތަކުން ވާހަކަ ދެއްކުން!

އަޅުގަޑުމެންގެ ދުވަސްތައް މިއަދު ވޭތިކުރަން ޖެހިފައިވަނީ ނުތަނަވަސްކަމާ، މާޔޫސްކަމާ، އިންތިހާދަރަޖައިގެ ކަންބޮޑުވުންތަކާ އެކުގައެވެ. އެއީ މިއަދުގެ ހަގީގަތެވެ. ކަން އޮތްގޮތެވެ. ހިތްހަމަނުޖެހުމުން ފުރިގެންވާ، ކުދިކުދި އެތައްކަމަކާ ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ވޭތުކުރަންޖެހިފައި މިވަނީ އެގޮތުގައެވެ. އެއީ  ހަލަބޮލި މިޒަމާނުގެ އިންސާނީ ހަގީގަތެވެ. މިހަލަބޮލިކަމުގެ ތެރޭގައި ދިރިއުޅުމުގެ ދުވަސްތައް ތަހައްމަލު ކުރަމުންދާ މީހުންނަށް، ނުރުހުމުގެ ބަސްތަކުން ވާހަ...

މުޙައްމަދު ޝިހާބް
ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟ އެހުވަފެން ވުޖޫދުވީ ކޮންކަމަކާ ގުޅިގެން ކަން ހިތަށް ގެންނާށެވެ. ބައެއްފަހަރު އެއީ ތިމާގެ ހިތުގައި އުފެދުނު ލޯބީގެ ޝުއޫރެއްގެ ސަބަބުން ހަތަށްވެރިވި އިހްސާސަކަށް ވެދާނެއެވެ. ނޫނީ ކުރިމަތިވި ހިތްދަތި ތަޖުރިބާއަކުން އަރައިގަތުމަށް ކަނޑައެޅި އަޒުމަކަށް ވެދާނެއެވެ. ނޫނީ އަނެކާއަށްވުރެ ކުރިއަރާ ދިޔުމަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މިއިން ކޮންމެ ސަބަބަކާހެދި ކަމުގައި ވިޔަސް، ތިމާދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދޭނީ އެކަމާ އުޅ...

މުޙައްމަދު ޝިހާބް
ޖިންސީގޯނާއާއި އަނިޔާކުރުން ދަނީ އިތުރުވަމުން، ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބާ؟

ޖިންސީގޯނާއާއި އަނިޔާކުރުން ދަނީ އިތުރުވަމުން، ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބާ؟

މީހަކު އަޅުގަޑާ ސުވާލު ކުރިއެވެ. ކުޑަކުދިންނަށް ޖިންސީގޯނާއާއި އަނިޔާކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިހެއްޔެވެ. އަޅުގަޑު ދިން ޖަވާބު ދަންނަވާލާނަމެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަޑުމެން އެންމެންގެ ޒިންމާއެކެވެ. އެހެންނަމަވެސް، ކުދިންނަށް ކުރާ އަނިޔާއާއި ގޯނާ އިތުރުވަނީތޯ ނުވަތަ ހޭލުންތެރިކަން އިތުރުވެ، ކުދިންނަށް ހިތްވަރު ލިބި، އަނިޔާއާއި ދެކޮޅަށް ތެދުވުމާއި ވަކާލާތު ކުރުމުގެ ހިތްވަރުލިބި، ރިޕޯޓު ކުރުން އިތުރުވީ މިންވަރަކާއި އަނިޔާ އިތުރުވ...

އިބްރާހިމް އަސްވާޤް
ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން

ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން

ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން މާނަކޮށްދެނީ ކޮމިއުނިޓީގެ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހިތްވަރުދީ ޝައުޤުވެރި ކުރުވުމެވެ. މިކަމަށްޓަކާ އެ ކޮމިއުނިޓީއެއްގެ ކުރިއެރުމަށްޓަކާ ރައްޔިތުންގެ ބޭނުންތަކާއި އިހްސާސްތައް ދެނެގަނެ އެކަންކަން ހާސިލުކޮށްދިނުމަށްޓަކާ މަސައްކަތް ކުރަންޖެހެއެވެ. އަދި އެ ކޮމިއުނިޓީއެއްގެ ރައްޔިތުން ހަރަކާތްތެރި ކަމާއިއެކު ކޮމިއުނިޓީގެ ކަންކަމުގައި ބައިވެރިވެެ އުޅުމަށް މަރުޙަބާ ކިޔާ ވެށްޓެއް އޮންނަންޖެހޭނެއެވެ. އަދި ކޮންމެމީހަކަށްވެސް މުހިންމު ރޯ...

މުޙައްމަދު ނަޒީފު

ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދިޔަ ކުދިން: މިއަދު ޒުވާނުން

ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ. ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ. އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ...

މުޙައްމަދު ޝިހާބް