މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 85 ވަނަ ޞަފްޙާ

ދިރާސީ އާއަހަރަކީ ފުރައްސާރައާއި ގަނާކުރުމުން ކުދިންނަށް ރައްކާތެރިކަން އޮތް އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމާތޯ

މިފެށޭ ހަފްތާގައި ސްކޫލްތަކުގެ ކިޔެވުން ފެށޭނެއެވެ. ދަރިވަރުން އާއަހަރަކަށް ސްކޫލަށް ދާން ފަށާނެއެވެ. އެކުދިން އާތަޖުރިބާތަކެއް ކުރާނެއެވެ. އާރަހްމަތްތެރިންނާ ދިމާވެ ގުޅުން އުފެދޭނެއެވެ. އާކަންތައްތައް އުނގެނި ދަސްކުރާނެއެވެ. ހަމައެކަނި ފޮތަކުން ނުވަތަ މުދައްރިސް ދޭ ފިލާވަޅުތަކަކުން ނޫނެވެ. އެކުދިންގެ ތަޖުރިބާތަކުން އުނގެނުމަކީ ކުދިން އެންމެ ހަނދާންހުންނާނެ ތަޖުރިބާތަކެވެ. އެހެންކަމުން މުދައްރިސުންނާ މައިންބަފައިން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. ކުރިއަށް މިހިނގާ އަހަރު އެކުދިން ކުރާ ތަ...

މުޙައްމަދު ޝިހާބް

ދިވެހިންނަށް ސިލޯނަށް ދެވޭނީ ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސިތާ 60 އަހަރު

ދިވެހިންނަށް ސިލޯނަށް ދެވޭނީ ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސިތާ 60 އަހަރު އިއްޔެއަށް ފުރިއްޖެއެވެ. ދިވެހިންނަށް ސިލޯނަށް ދެވޭނީ އެމީހެއްގެ އަތުގައި ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސީ ‏3 ޖަނަވައަރީ 1960 ގައެވެ. އޭރު ދިވެހިން ބޭނުންކުރީ ބްރިޓިޝް ޕާސްޕޯޓެވެ. ދިވެހިންނަށް ސިލޯނަށް ދެވޭނީ ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސުމުން ފުރަތަމަ ދިވެހި ޕާސްޕޯޓް ދޫކޮށްފައި ވަނީ ނ.ތ ޙަސަންދީދީއަށެވެ. އެ ދިވެހި ޕާސްޕޯޓް ނަމްބަރަކީ  (އޭ-0001) އެވެ. ރާއްޖެ މިނިވަންވި ފަހުން، މި ނަންބަރުގެ ޕާސ...

ޙުސައިން ޝަހުދީ

އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވިތާ 30 އަހަރު

އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވިތާ 30 އަހަރު ފުރުނީ 1 ޖެނުއަރީ 2020 އަށެވެ. އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވީ އޭރު އަމަލު ކުރެވެމުން އައި ” ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު ” 1 ޖެނުއަރީ 1990 އިން ފެށިގެން އޭރުގެ ވަޒީރުންގެ މަޖިލިސްއިން އުވާލުމާއި ގުޅިގެންނެވެ. ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު އުވާލެއްވި ވަޒީރުންގެ މަޖިލިސްގެ ރިޔާސަތުގައި […]

ޙުސައިން ޝަހުދީ
ސުނާމީގެ ބިޔަ ރާޅުތައް "އިންޑިޔާ ކަނޑަށް ފެތުރުނުގޮތް" ހީބިހި ނަގައިގެންދާ އެނިމޭޝަން ތަކެއް!

ސުނާމީގެ ބިޔަ ރާޅުތައް "އިންޑިޔާ ކަނޑަށް ފެތުރުނުގޮތް" ހީބިހި ނަގައިގެންދާ އެނިމޭޝަން ތަކެއް!

އެއީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ނޫނެވެ. ހަމަ ހަގީގަތެވެ. ހިންދު ކަނޑުގައި މި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނާމާން ކާރިޘާގެއެވެ. 2004 ވަނަ އަހަރުގެ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި 9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު، އެތަކެއް ހާސް ކިލޯ މީޓަރުގެ ދުރަށް ކުރިއެވެ. އެއާއެކު، އުފެދުނު ބިޔަ ރާޅުގެ ވާހަކައަކީ ހަމަ ޔަގީނުންވެސް ދިވެހީންގެ ހަނދާނުން ފިލައިގެން ނުދާނޭ ފަދަ ބިރުވެރި އަދި ހިތާމަވެރި ވާހަކައެކެވެ. އިންޑޮނޭޝިއާގެ […]

ރަފާ މުހައްމަދު

މިއަދަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ޢިއުލާން ކުރި ދުވަސް

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ޢިއުލާން ކުރީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ހިޖުރީ ގޮތުން އެދުވަހަކީ 23 ޝައުބާން 1351 އެވެ. މިޤާނޫނު އަސާސީ އެކުލަވާ ލެއްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ކީރިތި މަހާރަދުންނެވެ. އެޤާނޫނު އަސާސީގައި ދިވެހި ރައްޔިތް ކަމަށް ބުނެފައިވަނީ “ދިވެހިރާއްޖެއަށް އުފަން ކޮންމެ ދިވެއްސަކާއި، ބޭރުރަށަކަށް އުފަންވިޔަސް ބަފައި ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ބޭރު މީހުންކުރެ ރާއްޖޭގައި 7 އަހަރު ވަންދެން […]

ޙުސައިން ޝަހުދީ
ދިވެހިންގެ ކިބައިން ގެއްލެމުންދާ އިންސާނިއްޔަތުކަމާއި އަޚުލާގު…

ދިވެހިންގެ ކިބައިން ގެއްލެމުންދާ އިންސާނިއްޔަތުކަމާއި އަޚުލާގު…

މީހަކު ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ބާއްވާފަ އޮތީ ހޮސްޕިޓަލުގެ އޮބްޒަރވޭޝަން ގައެވެ. މުޅިތަންވަނީ ތޮއްޖެހިފައެވެ. ޑޮކްޓަރުންވެސް އެހިސާބަށް ގޮސް ހަދަންޖެހުނީ މީހުން ދުރުކޮށްގެންނެވެ. ހާޓްއެޓޭކް ޖެހިފައިއޮތް މީހާގެ ވަރަށް ގާތް ރަހްމަތްތެރިބަޔަކު އެތަނުގައި ތިއްބެވެ. އެއިގެތެރެއިން މީހަކު ބުންޏެވެ. “އޭ! އަދި މިއީވެސް އެއްޗެއް ތަތްކޮށްލަންޖެހޭ ތަނެއްނު!” އޭނާ މިހެން ބުނެލީ ބަލިމީހާގެ ގައިގެ އެތަންމިތަނުގައި ބަލިމީހާގެ ވައިޓަލް ސައިންތައް (ހާލުއަންގައިދޭ ތަފާތު ވަޒަންތައް)...

މުޙައްމަދު ޝިހާބް
ގަނާ ނުކޮށް ތިބެވިދާނެތަ؟ ގަނާ! - އިޙްތިރާމްކޮށްބަލަ. އިޙްތިރާމް!

ގަނާ ނުކޮށް ތިބެވިދާނެތަ؟ ގަނާ! - އިޙްތިރާމްކޮށްބަލަ. އިޙްތިރާމް!

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކުދިންނަށް ލިބިފައިވާ ހުނަރުތަކާއި ކުރެވޭ ނުކުރެވޭ ކަންކަންވެސް ތަފާތެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި ދިރިއުޅެވޭނީ މިތަފާތުތަކަށް އިޙްތިރާމްކޮށްގެންނެވެ. ކުދިންގެ މެދުގައި ހުންނަ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރުމަށްޓަކައި ގަނާކުރުމާއި ދެކޮޅު ހަދައި އެކަމަށް ނޫނެކޭ ބުނަންޖެހެއެވެ. މަލާމާތްކުރުމާއި ފުރައްސާރަކުރުމުން ފެށިގެން ގޮސް ގަޔަށް އަތްލައި މާރާމާރީ ހިންގުން ފަދަ ނުރަނގަޅު އާދަތަ...

ޝިއުނާ އާދަމް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ލަސްވެ، ރިސޯޓު މުވައްޒަފުން މާޔޫސް ވެފައި!

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ލަސްވެ، ރިސޯޓު މުވައްޒަފުން މާޔޫސް ވެފައި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅައި، މިކަން ތަންފީޒުކުރާނެ ކަމުގެ ވައުދާއެކުއެވެ. އެންމެ ދަށް ފެންވަރުގެ ވަޒީފާއެއް އަދާކުރާ މީހާއަށްވެސް ގާނޫނެއްގެ ދަށުން އެމީހާއަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަނޑައަޅާފައި ވެއެވެ. ދިވެހިރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑަ އެޅުމުގެ ވާހަކަ އަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. ޙާއްސަކޮން...

ހުސައިން ހަބީބް

ބުރިޖު އެޅުމާއި ބެހޭގޮތުން މިހާރުގެ ވަޒީރުން އޭރު ދެއްކެވި ވާހަކަ!

ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑު ޚަރަދު ކޮށްގެން ޗައިނާ ސަރުކާރުގެ އެހީގައި ހެދި މާލެ-ހުޅުމާލެ-ހުޅުލެ ގުޅުވާލަދޭ ބްރިޖު އަޅަން ފެށުމުން އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އާންމު ރައްޔިތު މީހާވެސް މީސް މީޑިއާގައި ބްރިޖާއި ގުޅިގެން ތަފާތު ހިޔާލުތައް ހާމަކުރެއްވިއެވެ. ބްރިޖު އެޅުމާއި ގުޅޭގޮތުން އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ވަޒީރުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭރު ދެއްކީ ކޮން ވާހަކައެއް؟ އޭރު ބްރިޖު އޯކޭތޯ؟ ރައީސް ޔާމީންގެ ވެރިކަމުގައ...

ހުސައިން ހަބީބް
ކަޝްމީރުގެ މުސްލިމުންގެ ވޭން ފޮރުވުމަކީ ވެވޭ ޚިޔާނާތެއް!

ކަޝްމީރުގެ މުސްލިމުންގެ ވޭން ފޮރުވުމަކީ ވެވޭ ޚިޔާނާތެއް!

މިއަހަރުގެ އޯގަސްޓް މަސްތެރޭގައި އިންޑިއާއިން، ކަޝްމީރަށް ކުރިން ދީފައި އޮންނަ ހާއްސަ އިމްތިޔާޒް ނުވަތަ ’އޮޓޯނަމީ“ އުވާލައި އެ ސްޓޭޓް ދެބައިކޮށް އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ގެންނަން ނިންމިއެވެ. އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ނިންމި މިނިންމުމާއި ގުޅިގެން ކަޝްމީރުގައި ދިރިއުޅޭ އެތައްހާސް މުސްލިމުންނަށް މިއަދާ ހަމައަށްވަނީ ތަފާތު ގޯނާއާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އިންޑިއާގެ މި ނިންމުން ވެގެންގޮސްފައިވަނީ ހަމަނުޖެހުން އުފެދި، އެސަރައްދުގައި ދިރިއުޅޭ މުސްލިމުން ހައްޤުތައް ހޯދުމަށް...

ހުސައިން ހަބީބް

"ސަލާންޖަހާ ޒުވާނުން" ގިނަވަނީ!

ރޭގެ އިރާކޮޅު އަޅުގަޑު ސޯސަންމަގުން ހިނގާލާފައި އަންނަނިކޮށް ދިމާވި ޒުވާނެކެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުދެރަވާގޮތްވެލާފައެވެ. އަޅުގަޑާ އަރާހަމަވެލާފަ މަޑުކޮށްލުމަށްފަހު ބުނެލިއެވެ. “ބޭބޭ. ވަރަށް ބޮޑު ކަމަކު ބުނެލަންވެގެން.” ކޮންކަމެއްކަން ލަފާކުރެވުނު ނަމަވެސް ކޮންކަމެއްތޯ އަހާލީމެވެ. ޖަވާބުލިބުނީ ހީކުރިގޮތަށެވެ. “ބޭބެ. މިއުޅެނީ ވަރަށް ބަނޑުހައިވެގެން. ސައިތަށްޓެއް ބޯލަން ރުފިޔާއެއް ލިބިދާނެތަ!” ކަންދިމާވިގޮތުން މަހުގެ ފަހުކޮޅު ކަމަށްވުމާއި އެކު މިވަގުތު އަތުގައި ބާކީފައިސާއެއް ނެތްކަމ...

މުޙައްމަދު ޝިހާބް
ރިޝްވަތުގެ ވަބާ އަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއް!

ރިޝްވަތުގެ ވަބާ އަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއް!

ރިޝްވަތު ނުވަތަ ކޮރަޕްޝަނަކީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ނުރައްކާ އެންމެ ބޮޑު އަދި ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާއެވެ. މިއީ ޤައުމުގެ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ރިޝްވަތު ދިނުމާއި، ހިފުމާއި، ބޭނުން ކުރުމާއި، އޭގެ މަންފާ އިން ހޯދާ އާމްދަނީ އާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތްތަކާއި ތަރައްގީއަށް ހުރި ހުރަސް ތަކާއި ބެހޭގޮތުން މިއަދު ވިސަނާލަން ޖެހެއެވެ. ރިޝްވަތުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމައީ ހަމަހަމަކަން ވަނ...

ހުސައިން ހަބީބް
މުލިއާގެ އަށް 1 ގަރުނު، ރާއްޖޭގެ އެންމެ ހާއްސަ އެއް ތަރިކަ!

މުލިއާގެ އަށް 1 ގަރުނު، ރާއްޖޭގެ އެންމެ ހާއްސަ އެއް ތަރިކަ!

ދިވެހިރާއްޖެއަކީ ޒަމާނުންސުރެވެސް މުއްސަނދި ތަރިކައަކާއި، ސަގާފަތަކާއި އާދަކާދައެއް އޮންނަ ގައުމެކެވެ. މިފަދަ ތަރިކަތަކުގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ބިނާ އަކީ “މުލިއާގެ” އެވެ. އެވޭލާ ރަސްމަތިފުށުގެ ތާރީޚު ދައްކުވައިދޭ މި އާސާރީ ތަރިކައަކީ އައް ސުލްތާން މުހައްމަދު ޝަމްސުއްދީން، އެމަނިކުފާނުގެ ލޯބިވާ ދަރިކަލުން، އޭރުގެ ވަލީއަހުދު، އަލްއަމީރު ހަސަން އިއްޒުއްދީނުގެ ޝަރަފުގައި ބިނާ ކުރެއްވި  ހެންވޭރު ގަނޑުވަރެކެވެ. މިއަދު މި ގަނޑުވަރަށް 100 އަހަރު ފުރުން ފާހަގަ ކުރާއިރު ހަނދުމަކޮށްލަންޖެހޭ...

މަރްޔަމް ސިމާނާ
ދަރީންގެ މެދުގައި ހަމަހަމަ ކުރުން!

ދަރީންގެ މެދުގައި ހަމަހަމަ ކުރުން!

މާލެއަކީ ދުނިޔޭގައި ބިމުގެގޮތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ވެރިކަންކުރާ ރަށެވެ. އެހެންކަމުން، މިމާލޭގައި ޢާއިލާތައް އުޅެނީ ކުޑަކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިންހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއްގެއެއްގައި އުޅުމަކީ އާންމުކަމެކެވެ. ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ތަފާތު ގިނަގުނަ މައްސަލަތަކެއް ފެންމަތިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަރީންގެ މެދުގައި ތަފާތު ކުރުމެވެ. ނޭނގި ނަމަވެސް އެއްދަރިއަކަށް ނުވަތަ ދަރީންތަކަކަށް އިސްކަނ...

ޝެއިޚް ޝަފީއު އަބްދުﷲ
އަނިޔާ އިތުރުވުމަށް ޒިންމާވާނީ ކާކު؟

އަނިޔާ އިތުރުވުމަށް ޒިންމާވާނީ ކާކު؟

މީހަކު އަޅުގަޑާ ސުވާލު ކުރިއެވެ. ކުޑަކުދިންނަށް ޖިންސީގޯނާއާއި އަނިޔާކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިހެއްޔެވެ. އަޅުގަޑު ދިން ޖަވާބު ދަންނަވާލާނަމެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަޑުމެން އެންމެންގެ ޒިންމާއެކެވެ. ކުދިންނަށް ކުރާ އަނިޔާއާއި ގޯނާ އިތުރުވަނީތޯ ނުވަތަ ހޭލުންތެރިކަން އިތުރުވެ، އަނިޔާއާއި ދެކޮޅަށް ތެދުވުމާއި ވަކާލާތު ކުރުމުގެ ހިތްވަރުލިބި، ރިޕޯޓު ކުރުން އިތުރުވީ މިންވަރުގެ ސަބަބުން ރިޕޯޓުކުރުން އިތުރުވި މިންވަރު ދެނެގަންނަން އެބަޖ...

މުޙައްމަދު ޝިހާބް