މީހަކަށް އަޅުގަޑުމެން ދޭ ޖާގަޔަކުން ނުވަތަ މަގާމަކުން ނުވަތަ ހަވާލުކުރާ ވަޒީފާއެއްގެ ސަބަބުން އެމީހާގެ ކަންކަމަށް ބަދަލު އަތުވެދާނެކަމަށް ގަބޫލުކުރެވުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް، އެއީ މުޅިން ތެދެއް ނޫނެވެ. އިންސާނީތަޖުރިބާއިން ދައްކާ ހަގީގަތަކީ އެއީއެވެ. އަޅުގަޑުމެންނަށް އާ ގާނޫނުއަސާސީން ލިބުނު މިނިވަންކަމާއި ގުޅިގެން އުންމީދުކުރެވުނު ތަހުޒީބާއި އެންމެބޮޑަށް ގުޅިފައިވާ އެއް ވިސްނުމަކީ މިއީއެވެ. އެހެންކަމުން، މިގާނޫނުއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކުގައި މީހުން ހޮވުމަށް ވޯޓުދިނުމުގައ...
މުޙައްމަދު ޝިހާބް
ދުވަހަކީ އުޑުމަތި ސާފު ހެޔޮވަރު ވަރަކަށް ވައިޖެހޭ ރީތި ދުވަހެކެވެ. އަހަރެން އޮތީ އަތިރީގައި ހުރި ޖޯލިފަތީގައި މަސް އޮޑި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަހަރެންނެކޭ އެއްފަދައިން މަސް ގަތުމަށް އައިސް ތިބި އެހެންމީހުންވެސް ޖޯލިފަތީގައާއި އެތާ ކައިރީގައި ހުރި ހޮޅުއަށީގައި އޮށު އޮވެލައިގެން ވަގުތުތައް ގުނަމުން ދެއެވެ. އެތާ ތިބި އެންމެންގެ ސަމާލުކަން މަޑުމަޑުން އެންބުރެމުން ދިޔައީ އެންމެ ފަހުން ސައިކަލުގައި އައިސް ހޮޅުއަށްޓަށް މަޑުކޮށްލި މީހާ ދައްކަމުން ދިޔަ ވާހަކަ އަށެވެ. އޭނާ ވާހަކަ […]
މުޙައްމަދު އާދަމް
އެވޭލާ ޒަމާނުގައި ދިވެހިންނަކީ ދިވެހިންގެ އަމިއްލަ މަސައްކަތުން ކާންބޯން އެއްޗެހި ހައްދައި ބޭނުން ކުރި ބައެކެވެ. އެގޮތުން އެ ހައްދާ އެންމެ ބާވަތަކުންވެސް އަހަރެމެންގެ ކާބަފައިން ދެތިން ވައްތަރުގެ އާ އުފެންދުންތައް ނެރެއެވެ. އޭގެ ތެރެއިން މިހާރު އަހަރެމެންނާ ހިސާބަށް އައިސްފައިވަނީ މަދު އެއްޗެހި ތަކެކެވެ. އޭގެ ތެރެއިން މި އާޓިކަލް ގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ދިވެހިންގެ ތެރޭގައި އެ ކާއެއްޗަކުން އުފެއްދޭ ނުވަތަ ތައްޔާރު ކުރާ ކާނާއި މެދު އެންމެ ބޮޑަށް ދެބަސްވެވޭ ފަލަމަޑީގެ […]
އަޙްމަދު ވަހީދު
ކޯވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ރާއްޖޭގެ ރައްޔިތުންނާއި ހިސާބަށް ފޯރުމާއިއެކު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރިއެވެ. އެހާ ހިސާބުން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކުގެ މަސައްކަތްތައް ގޭގައި ކުރާ ގޮތައް ބަދަލު ކުރެވުނެވެ. ތަޢުލީމް ހާސިލް ކުރަމުން ދިޔަ ކުދިންގެ ކިޔެވުން ދުވަސްކޮޅަކަށް މަދުޖެހިލުމަށްފަހު އެކަންވެސް ގޭގައި ތިބެ އޮންލައިންކޮށް ކުރެވޭނެ ގޮތް ފަހިވެގެން ދިޔައެވެ. މިއާއި އެކު އާއިލާގެ އެންމެން އެއްތަންވެ އެކުގައި ދުވަސްތައް ހޭދަކޮށްލާން ވަގުތ...
އަޙްމަދު ވަހީދު
މިއީ ފުރަބަންދު ވީ ދުވަސްވަރު ބޯކޮށޭނެ ގޮތެއް ނެތުމުން ހިތައްއައި ސުވާލަކުން ރަހްމަތްތެރިންނަށް ކޮށްލި ސުވާލެކެވެ. މި ސުވާލާއި ގުޅިގެން ވަރަށް ހައިރާންވާ ޒާތުގެ ޖަވާބު ލިބުނެއެވެ. ދިވެހިންގެ އާދަކާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކީ އަވަށު އެންމެން އަތިރި މައްޗަށް ޖަމާވެ ސެލޫން ހަދައިގެން ބޯކޮށި ބައެކެވެ. ދަމާލާފައި އޮންނަ ކިއުން ބޯކޮށަން އޮންނަ މީހާގެ ގުދާރި ބިންދާލާ ވަރުކޮށްލައެވެ. އަތިރި މަތީގައި އޮންނަ ރުއްބުރި ތަކުގައި ބަރިބަރިއަށް ބޯކޮށާ މީހުން ފެނެއެވެ. ބޯކޮށުމުގެ ސަގާފަތުގައި އަސްލުވެސް...
އަލީ އިބްރާހިމް
ވޯޓަކީ ގާނޫނީ ގޮތުން އުމުރުން އަށާރަ އަހަރުފުރިފައިވާ ކޮންމެ މީހަކަށް މެ ލިބިގެންވާ ހައްގެކެވެ. ލިބިފައިވާ އެ ހައްގުގެ ބޭނުން ކުރަންވީ ގޮތް ނިންމުމުގެ ބާރުވެސް ލިބިފައި އޮންނަން ޖެހެނީ އެ ޙައްގު ލިބިގެންވާ ފަރާތަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ބޭއްވިގެން ދަނީ ތިން އިންތިހާބެވެ. އެއީ ކައުންސިލްތަކުގެ އިންތިހާބު، ރިޔާސީ އިންތިހާބު އަދި މަޖިލީސް އިންތިހާބެވެ. އެއިން ކޮންމެ އިންތިހާބެއް އައިސް ކުރިމަތިވުމާއި އެކު ރާއްޖޭގެ މަޞްރަޙު އާންމު އުސޫލުތަކާއި […]
އަޙްމަދު ވަހީދު
ފުރަތަމަ ފެނުނީ އަޅުގަނޑުގެ މުދައްރިސެއްގެ ގޮތުގައެވެ. އޭރުވެސް އެއީ ނ. އަތޮޅު އޮފީހުގެ އިސް ބޭފުޅެކެވެ. ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތްތެރިއެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ އިމާމެކެވެ. ހުކުރުކުރައްވާ ޚަތީބެކެވެ. ނ. މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރެވެ. އޭރަކު އަޅުގަނޑާއި އަބްދުއްރަހިންބެ އާ އޮންނަ ލޭގެ ގުޅުމެއް ނޭނގެއެވެ. އަބުދުއްރަހިންބެގެ މަންމަ އަކީ ކުރޮޅި ޤާސިމް (ކާސިމް)ގެ ކުރޮޅި ސިއްތި ދައިތައެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ މަންމަ (މޫސާ މަނިކުބޭގެ މަރިޔަ) އާ އެއްބަނޑު މީހެކ...
ޢަބްދުﷲ ސަޢީދު
ސިޔާސީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ތިމާއަށް ފަހިވާނޭގޮތައް ކަންކަން ފަހިކޮށް ނާޖާއީޒް ފައިދާ ނަގަމުންދަނީ ތިމާ އެހެންމީހުންނަށް ވުރެ ވިސްނުން ރަނގަޅުވެފައި ހުސިޔާރުކަމުންނެއް ނޫނެވެ. ކޮންމެ މީހަކު ދުނިޔެވީ ތިކަހަލަ ވަގުތީ ފައިދާއެއް ހޯދުމަށް ތިބާ ވެއްޓޭހާއި ދަށު ދަރަޖައަށް ވެއްޓޭކަށް ބޭނުން ނުވެދާނެއެވެ. ހައްގެއް ހަލާލެއް ބަލާލުމެއްނެތި އަތުޖެހުން އެއްޗެއް، އަތުޖެހުނު ގޮތަކަށް ކަމުން ތިޔަހަރަ ގެންދަނީ، ދުނިޔޭގައި ކިހާ ދުވަހަކު ހުންނާނެ ކަމަށް ތޯއެވެ. މިއަދު ނަހަމަ ގޮތުގައި ތި ހޯދާ މަން...
މުޙައްމަދު އާދަމް
ޝުކުރުވެރިވުމަކީ ހުރިހާކަމެއްގައިވެސް އަދި ހުރިހާ ހާލަތެއްގައިވެސް ހިތްހަމަޖެހުމާއި ކާމިޔާބުގެ ތަނޅުދަނޑިއެވެ. ތިބާ ދިރިއުޅޭނެ ގެދޮރު ހުރިނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ! ތިބާދެކެ ލޯބިވާ އާއިލާއެއް ތިބާއަށް ލިބިފައިވާނަމަ މާތްﷲއަށް ޝުކުރުވެރިވާށެވެ! މި ދެކަންތައްވެސް ތިބާއަށް ލިބިފައިވާނަމަ، މާތްﷲއަށް ޙަމްދުކޮށް ޝުކުރުވެރިވާށެވެ! ތިބާ ވިސްނާށެވެ! ދުނިޔޭގައި އެތައް މިލިޔަން މީހުންނެއް ވަންނާނެ ގެދޮރެއް ނެތިފައިވެއެވެ. އަދި މިލްކިއްޔާތުގައި އެމީހުންގެ އަމިއްލަ އެއްޗެހީގެ ގޮތުގައި ފާހަގަކޮށްލާނެ ހަ...
މުޙައްމަދު އާދަމް
ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު އެކުއުޅެން ކޯރޓުން ހޯދާ ކައިވެނީގެ ސެޓްފިކެޓަކުން ހަމައެކަނި ނިންމާލެވޭނެ ކަމެއް ނޫނެވެ. ކައިވެންޏަކީ ދެހިތެއް އަބަދަށް ގުޅާލަދޭ ވަރަށް މަތިވެރި ގުޅުމެކެވެ. އެ ގުޅުމުގައި ލޯތްބާއި ކުލުނާއި ވަފާތެރިކަމާއި އިޙްތިރާމްކުރުން އެންމެ ފަހު ވަގުތާ ޖެހެންދެން އޮންނަންޖެހޭ ރީތި ގުޅުމެކެވެ. ކައިވެނީގެ ގުޅުން ވަރުގަދަކަންމަތީ ދެމެހެއްޓޭނީ އަނބިމީހާވެސް އަދި ފިރިމީހާވެސް ތެދުވެރިވެގެންނެވެ. ކައިވެނީގެ އަޤުދުގައި ދެފަރާތުންވެސް އެންމެ ފަހުވަގުތާ ހަމައަށް ތެދުވެރިވާން ދެ ހެ...
މުޙައްމަދު އާދަމް
މަނަދޫގައި ތަޢުލީމީ އެކިއެކި ހިޔާވަހިތައް އުފަންވެ އުވި ހިގާއްޖެއެވެ. އެ މާޒީން ފެންނަ އެއް ހަގީގަތަކީ އެތަންތަނާ ނ. އަތޮޅުގެ އަތޮޅުވެރިކަމައިގެން ވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ އޮތް ގުޅުމެވެ. ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ގުޅިގެން ކުރައްވާފައިވާ ބުރަ މިންނަތް މަސައްކަތެވެ. އެފަދަ އެއް ތަނަކީ “މަކުތަބުއް ޖަލާއު” އެވެ. މަނަދޫގެ ތަޢުލީމާ ގުޅިފައިވާ މި މަކުތަބު ހުޅުވުނު ތާރީޚެއް ލިޔެވިފައިވާ ތާރީޚަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް މަނަދޫގެ ދުވަސްވީ މީހުންގެ ވާހަކަތަކާއި ހަނދާ...
ޢަބްދުﷲ ސަޢީދު
ވޭނާއި ކެކުޅުމަކީ ދަތުރުކުރަމުންދާ މުދައްރިސެކެވެ. އެ މުދައްރިސް ކޮންމެ ގެއެއްގެ ދޮރުގައިވެސް ޓަކިދެއެވެ. މުދައްރިސް ދެކޭގޮތުގައި އެންމެ ވިސްނުން ރަނގަޅުމީހުންނަކީ، މުދައްރިސަށް މަރުޙަބާކިޔައި، ކޮންމެހެން އެނގެންޖެހޭ ފިލާވަޅެއް ދަސްވުމުގެ ކުރިން މުދައްރިސް ފޮނުވާނުލާ މީހުންނެވެ :ލިނަން ދޯޔަލް މެލްޓަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ކޮންމެވެސް ކަހަލަ ހިތާމައެއް ތަޖުރިބާކޮށްފައިވާނެ މީހެކެވެ. ހިތުގައި ޖެހުން، ލޯބިވާ މީހަކު ގެއްލިދިއުން، ކަމަކާއި މާޔޫސްވުން މިކަހަލަ އެތައ...
މުޙައްމަދު އާދަމް
އިންސާނުންނަކީ ގޯސް ކަންތައްތަކަށް އަރަގަންނަ ބައެކެވެ. ބައެއް ފަހަރު އެހެން އެކަން ވަނީ އެކަމަކީ ގޯސްކަމެއްކަން އެނގި ތިބެއެވެ. އަނެއްބައި ފަހަރު އެކަން ކުރެވެނީ ނޭގިތިބެއެވެ. ނުވަތަ މަޖުބޫރުވެގެންނެވެ. މީހެއްގެ ކިބައިން ގޯސްކަމެއް ފެނިއްޖެނަމަ އެކަން ބަލައިގަންނަން އެންމެނަށްވެސް އުނދަގޫވެއެވެ. އެވާހަކަ އެހެން މީހުން ގާތު ދެއްކި، އެކީ އުޅޭ އެންމެންގެ ސަމާލުކަމަށް ގެނުވެއެވެ. ނަމަވެސް އެކަން ކުރެވުނު މީހާއަށް އެކަން ނޭގެއެވެ. އަދި އެމީހެއްގެ ގާތު އެވާހަކަ ދައްކަން އަހަރުންމެން ގިނަ ފަހަރު ބޭނުމ...
އަބްދުލް މުޙައްމަދު
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...
ޙުސައިން ޘަޤީފް
ތިބާގެ ފައިތިލައަކީ ތިބާއަށް ދިމާވެދާނެ ސިއްޙީ މައްސަލަތައް ލަފާކުރުމަށް ޑޮކްޓަރުން ބޭނުންކުރާ ވަރަށް މުހިއްމު ގުނަވަނެކެވެ. ނަމަވެސް ތިބާގެ ފައިތިލައިން ތިބާގެ ސިއްޙަތާމެދު ބުނެދޭ ބައެއް ކަންތައްތައް އެނގޭކަށް ކޮންމެހެން މޮޅު ޑޮކްޓަރަކަށް ވާކަށް ނުޖެހެއެވެ. ތިބާއަށް ފަރުވާތެރިކަމާއިއެކު ފައިތިލައިން ފެންނަ ބަލީގެ ނިޝާތަކަށް އަހުލުވެރި ވެވިދާނެ އެވެ. ތިރީގައި މިފާހަގަކުރާ ނިޝާންތައް ނުވަތަ އަލާމާތްތައް ތިބާގެ ފައިތިލައިން ފެންނަނަމަ، ޑޮކްޓަރެއްގެ ލަފާ ލަސްނުކޮށް ހޯއްދަވާށެވެ. ފައިގެ ހަންގަނޑު ހި...
މުޙައްމަދު އާދަމް