ސުކޫލާއި ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހުވާސް އަވަސްވަމުން ދިޔަ އެވެ. މޭގެ ތެޅުން ބާރު ވަމުން ދިޔައެވެ. ހިތު ތެރޭގައި އެތައްހާސް ސުވާލެއް އެނބުރެމުން ދިޔައެވެ. ސުކޫލުގައި އުޅެންޖެހޭނީ ކޮންފަދަ ޙާލެއްގައި ބާވައެވެ! އެތާނގައި ތިބޭނީ ކޮންކަހަލަ މުދައްރިސުންނެއް ބާވަ އެވެ! އެތަނުގައި އުޅޭކުދިން މަށަށް ގޯނާއެއް ނުކުރާނެ ބާވަ އެވެ! މި ސުވާލުތައް މިގޮތަށް ހިތު ތެރޭ ގައި ތަކުރާރުވަމުން ދިޔައީ ކުރިން ނުވެސް ދަންނަ، އެތަނުގެ އަޑު ނުވެސް އަހާ، މުޅިން އައުސުކޫލަކަށް […]
އާދަމް ޝަރީފް
އެއް ސަހަރެއްގައި މުއްސަނދި ސައުދާގަރަކު (ވިޔަފާރިވެރިއަކު) އުޅުނެވެ. އޭނާގެ ހުންނަނީ އެންމެ ފިރިހެން ކުއްޖެކެވެ. ސައުދާގަރުގެ ދެމަފިރިން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިއެވެ. އެކަމަކު ސައުދާގަރުގެ އުންމީދެއް އޮވެއެވެ. އެއީ އޭނާ ނެތް ދުވަހަކުން ވެސް އޭނާގެ ދަރިފުޅަކީ އޭނާގެ ވިޔަފާރިތައް ކުރިއަށް ގެންދެވޭފަދަ ކުއްޖަކަށް ހެދުމެވެ. އެހެންވެ ކިޔެވުމުގެ އިތުރުން ސައުދާގަރުގެ މަސައްކަތުގައި ބައިވެރިކޮށް ގެންގުޅެން ބޭނުންވެއެވެ. އެކަމަކު ހެނދުނު ސައުދާގަރު މަސައްކަތަށް ނިކުންނައިރު ގިނަ ދުވަސްދުވަހު އ...
ޢަބްދުﷲ ސަޢީދު
ފެނުމާއެކު ހިތް މަޑުމޮޅިވެ ހިމޭންވާނެއެވެ. ބުނެދެން ނޭނގޭ ޝުޢޫރުތަކަކުން ވަށާލާނެއެވެ. ފެންނަ ފެނުމަށް ހުދު ސާފު ބޯކިރުފޮދެއް ފަދައެވެ. އެއްވެސް ކުލައެއް މިލައެއްނެތް ރީތިކަމާއި ސާފުކަމެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ ރަންކުލައިގެ ބޮޑު ގުއްބެވެ. ހިތް ބުނާނެއެވެ. އެއީ ހާލިސް ރަނެވެ. އެހާވެސް ރަނާ އެއްކުލަވާނެވެ. އޮމާންކަމުގެ ސަބަބުން އަރާފައި ހުންނަ އޮފާއި ދަޅައިން ތިބާގެ ދެ ލޯ އަޖައިބުވާނެއެވެ. އެ އަޖައިބުކަމުގައި ހުއްޓާ ދެން ފެންނަނީ އޮލަނބަށް ހިމޭން ކަމާއެކު ތެދަށް ހުންނަ […]
ޢަބްދުﷲ ސަޢީދު
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހެޅުއްވުމުން ބޮޑެތި ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. “އެއްދީނެއް، އެއްއުންމަތެއް، އެއްބަހެއް، އެއްބައެއް، އެއްޘަގާފަތެއް” ދިވެހިން ބުނަނީ މިނޫންގޮތެއް ބޭނުމެއްނޫނޭ! މިއީ ދިވެހި ޒުވާންފުރައިގެ ކަންބަލެއް އެކަމަށް ދެއްވާފައިވާ ރައްދެކެވެ. މިކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށ...
ޖަލްވާން ޖާދުﷲ
ދިވެހި ރައްޔިތަކަށް ވުމަކީ ނުވަތަ ދިވެހި ރައްޔިތުކަން ދެއްވުމަކީ ޒަމާނުއްސުރެ އޮންނަ ކަމެކެވެ. މިކަން ބިނާވެފައި އޮންނަނީ ދީނީ، ސަގާފީ އުސޫލުތަކެއްގެ މައްޗަށެވެ. މި މަޒުމޫނުގައި މިނަންގަނެލަނީ މީގެ 85 ވަރަކަށް އަހަރު ކުރީގައި ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއްގެ ވާހަކަ އެވެ. މިވާހަކަތައް ރެކޯޑު ކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ލިޔެފައިވާ ފޮތުގައެވެ. 1) މުޙައްމަދު ޢަލީ އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރ...
އަޙްމަދު ސާލިމް
ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހިތާރީޚުގައި މަޝްހޫރު “ދޮންބުޅާ ފާށަނާ” ގެ ދައިތާފުޅެވެ. ބުރަކި ރަނިންނަކީ އެ ކަމަނާގެ އެ ކޮއްކޯފުޅު އަވަހާރަކޮށްލި ޙަޤީޤީ ޤާތިލެވެ. ބުރަކި ރަނިން އަކީ ދިވެހި ރަސްކަމުގެ ތަޚުތަށް ދައުވާ ކުރެއްވި ބޭފުޅެކެވެ. އެކަން ކާމިޔާބު ނުވުމުން އުފެދުނު ހަސަދަވެރިކަމުގައި ކޮއްކޯފުޅު އަވަހާރަކޮށްލެއްވުމަށްފަހު ފިރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވިއެވެ. ދޮން ބުޅާ ފާށަނާއަށް ދިވެހި ރަސްކަން ލިބިވަޑައިގެންނެވީ ރާއްޖޭގައި...
ޢަބްދުﷲ ސަޢީދު
ކުށްވެރިން ގިނަވެ ޖަލުތައް ފުރެނީއެވެ. މިކަމާ އެންމެ ކަންބޮޑުވާ ބޭފުޅަކީ އެ ޤައުމުގެ ރަސްގެފާނެއެވެ. އެހެންކަމުން ކުށްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަޢުއަށް ނެރުމުގެ ވަރަށް ފެންވަރުގެ ޕްރޮގްރާމެއް ރޭވި، ފެށިއްޖެއެވެ. ދިރާސާވެރިން އެކަމަށް އެތައް ވަގުތަކާއި ހަކަތައެއް ހޭދަކުރިއެވެ. ސަރުކާރުން އެތައް ފައިސާއެއް ޚަރަދު ކުރެއެވެ. އަތްތެރި މަސައްކަތަކާއި ތަފާތު ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދޭން ފެށިއްޖެއެވެ. ފުރަތަމަ ޑިގްރީ އާ ހަމައަށް ކިޔެވޭނެ ގޮތްތައް ފަހިކުރިއެވެ. ޖަލުގެ އިންތިޒާމުތައް ފުރި...
ޢަބްދުﷲ ސަޢީދު
އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގަނޑާ ޖެހިގެން އޮތް ގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނަ އެތެރޭގެ ސިފަތައް އެ މަޖައްލާއިން ފެނެއެވެ. އެހެންވީމާ އެއީ ހަމަ ރަނގަޅަށް ވެސް ނޫސް މަޖައްލާއެކެވެ. މި ޒަމާނުގައި މިކިޔާ […]
ޢަބްދުﷲ ސަޢީދު
ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައީ މީލާދީން 1488 ވަނަ އަހަރު ކޭޕް އޮފް ގުޑްހޯޕް ވަށާލާފައި ކުރި ތާރީޚީ ދަތުރުގައެވެ. އެއީ ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިން ދަތުރެވެ. ޕޯޗްގީޒުން އިންޑިއާއަށް ފައިބާ މި ސަރަޙައްދުގެ އެކިއެކި ރަށްތަކާއި ޤައުމުތަކާބެހޭ މަޢުލޫމާތު ހޯދައި ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުވިއެވެ. އެ މީހުން ދިވެހިރާއްޖެއަށް ނަން ދިނީ “އިލްހާދީވް” ގެ ނަމުންނެވެ. މާނައަކީ ދީވް އޭ ކިޔުނު ޖަޒީރާތަކެވެ. ރާއްޖެއާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެއެވެ. […]
ޢަބްދުﷲ ސަޢީދު
އަދިވެސް ހޭއަރާކަށް ނުވޭތޯއެވެ. ރަށުމީދާ ރަށަށް ގަދަވާނޭ ކިޔާ އަޅާނުލައި ކޮންމެގޮތެއް ވިޔަސް ވަރިހަމަ ކޮށްލައިގެން ތިބެންވީތޯއެވެ؟ ބީދޭސީންގެ މައްސަލަ ބޮޑުވެފައިވާ މިންވަރު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކުން އެނގި ހާމަނުވޭތޯއެވެ. އާދޭހެވެ. މި ދައްކަން އުޅެނީ ބިދޭސީންގެ ވާހަކައެވެ. އެމީހުންގެ ޢަދަދު ގިނަކަމުގެ ވާހަކައެވެ. ރަށު މީހާއަށްވުރެ ނުވަތަ ދިވެހިންނަށްވުރެ ދިވެހި ބިމުގައި އެމީހުންގެ ބާރުގަދަކަމުގެ ވާހަކައެވެ. އެކަމުގެ ނުރައްކަލުގެ ވާހަކައެވެ. މިއީ އިއ...
އަޙްމަދު މުނައްވަރު
ތަކަންދުއާއި މާރަންދުއަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ ދެ ރަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޮޑު ތަކުރުފާނުގެ ބޭބޭފުޅު އަލި ތަކުރުފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ. އަލި ތަކުރުފާނު ހުންނެވީ މާރަންދޫގެ ކަތީބުކަމުގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގެންނެވީ ތަކަންދޫ ބޭކަނބަލަކާއެވެ. އަނބިކަނބަލުންނާއެކު ދިރިއުޅުއްވީ މާރަންދޫގައެވެ. ޖޯގުރަފީ ގޮތުން ބަލާއިރު މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. ކުރީގައި އިދާރީ ހިންގުމަށް އަތޮޅުގެ ރަށްތަައް ތިން ބައަކަށް ބަހައި...
ޢާޠިފާ ޒަކަރިއްޔާ
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި މިހާރު ހުރި ނ. އަތޮޅު މަދަރުސާގެ އުފަން ދުވަހަކީ ނުވަތަ އަހަރީ ދުވަހަކީ 01 މާރިޗެވެ. އެ ދުވަސް ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަނަދޫގައި “މަނަދޫ ޕްރައިމަރީ ސްކޫލު” ހުޅުވައިދެއްވި ދުވަހަށެވެ. އެއީ 1979 މާރިޗު 1 ވަނަ ދުވަހެވެ. އެއީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަނަދޫއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. އެހެންނަމަވެސް މަނަދޫ ޕްރައިމަރީ ސްކޫލަށްވުރެ “ނ. އަތޮޅު މަދަރުސާ”...
ޢަބްދުﷲ ސަޢީދު
އަޅުގަޑުމެންގެ ވަށައިގެންވަނީ ހުސްވުމެއްނެތް ގޮންޖެހުންތަކެވެ. މާއްދީގޮތުން ހުރި ގޮންޖެހުންތަކާ ނަފްސާނީގޮތުން ހުރި ގޮންޖެހުންތަކެވެ. މިއިން ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ތިމާގެ ނަފުސުގެ މައްޗަށް ބާރުގަދަވުމަކީ ބޭނުންތެރިކަމެކެވެ. ނަފުސުގެ ދުޅަހެޔޮކަން، އެހެންގޮތަކަށް ބުނަނީނަމަ، ސެލްފް އެސްޓީމް އާއި ސެލްފް ކޮންފިޑެންސަކީ، ތިމާގެ ކުރިމަތީގައި ހުރި ހުރަސްތައް ގިރާކޮށް ކާމިޔާބީގެ އައްސޭރިޔަށް ގެންގޮސްދޭ މިތުރެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރާއި ޔަގީންކަަމަކީ އަޅުގަޑުމެން ކޮންމެ އ...
މުޙައްމަދު ޝިހާބް
ފުރަތަމަ ބައި: އަޅުގަނޑު އައީ މަންމަ ޑޮކްޓަރަށް ދައްކާފައި ގެއަށް އަންނަން ވެގެންނެވެ. މަންމަ އިނީ އަޅުގަނޑުގެ ސައިކަލުގެ ފަހަތުގައެވެ. މާލޭ ބުރުޒުމަގުން އަންނަނިކޮށް ފޯމެކްސް ކުރިމަތިން މަގުގެ މެދުގައި އޮތް ސުމާޓް ފޯނެއް ފެނިއްޖެއެވެ. ފޯނެކޭ ބުނެފައި މަގުގެ އެއް ފަރާތަށް ސައިކަލް މަޑުކޮށްލިތަނާ މަންމަ ސައިކަލުން އަވަސްއަވަހަށް ފައިބައިގެން ގޮސް ފޯނު ނަގައިފިއެވެ. މަންމަ ހީކުރީ އަޅުގަނޑުގެ ފޯނު ވެއްޓުނީ ކަމަށެވެ. މަންމަ އަތް ހިއްލައިގެން ގޮސް ފޯނު ނެގިއިރު ދުއްވާފައިއައި ބޮޑު ޕިކަޕެއް ބުރެކި […]
ޢަބްދުﷲ ސަޢީދު
ގްރޫމް ކުރުމަކީ، ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރުމަށްޓަކައި، އެ ކުއްޖާއަށް ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ ކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ނުވަތަ އެއިން ފަރާތަކާ ޖަޒުބާތީ ގުޅުމެއް ޤާއިމްކޮށް، އެ ކުއްޖާގެ ނުވަތަ އެއިން ފަރާތެއްގެ އިތުބާރު ހޯދުމަށްޓަކައި މަސައްކަތްކުރާ ކުރުމެވެ. ގްރޫމް ކުރުމަކީ ދުރާލައި ރާވައިގެން ކުޑަކުއްޖަކަށް ޖިންސީ ގޮތުން ގޯނާ ކުރުމުގެ ނިޔަތުގައި އެކުއްޖާ ނުވަތަ […]
އަލީ އާދިލް