މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 7 ވަނަ ޞަފްޙާ

މަރުވުމާއި ނިޔާވުމާ ހުރި ތަފާތު!

މަރުވުމާއި ނިޔާވުމާ ހުރި ތަފާތު!

މަރުވުން، ނިޔާވުން، އަވަހާރަވުން، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން، ފުރައުއްތަވުން، ސުވަރުގެވަޑައިގަތުން މިއިން ކޮންމެ ލަފުޒަކުން ބުނެދެނީ މަރުވިކަމެވެ. އެ މީހަކު މަރުވެއްޖެކަމެވެ. ތަފާތު ލަފުޒުތައް ބޭނުންކުރަނީ ތަފާތު ދަރަޖަތަކުގެ މީހުންނަށެވެ. ދިވެހި ބަހުގައި ބޭނުންކުރާ ދަރަޖަތަކުގެ ތެރޭގައި އާދައިގެ ގޮތާއި މާތްގޮތާއި އެންމެ މާތްގޮތް އޮވެއެވެ. އަދި ރަސޫލު ބޭކަލުންނަށް ބޭނުން ކުރެވޭ ދަރަޖައަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ލަފުޒުތަކެއް ވެސް ދިވެހިބަހުގައި ހުރެއެވެ. މީގެ އެއް މިސާލަކީ...

ޢަބްދުﷲ ސަޢީދު
މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށް ވުމެވެ. އިސްލާމްދީން ފެށުނީއްސުރެ، ކީރިތި ރަސޫލާ ﷺ އެންމެ ބޮޑު އިސްކަމެއް ދެއްވީ މުސްލިމުންނަށް އެންމެ ރީތި އަދަބުތަކާއި ސިފަތައް އުނގަންނައިދެއްވައި ތަރުބިއްޔަތު ކުރެއްވުމަށެވެ. އެކަލޭގެފާނުގެ އަމަލީ ދިރިއުޅުއްވުމާއި އުޅުއްވުން ހުރީ ﷲ ތަޢާލާ އެކަލޭގެފާނަށް ބާވައިލެއްވި އުނގަންނައިދެއްވުންތަކާ އެއްގޮތަށެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ ރަސޫލާ ﷺ ގެ އަޚްލާޤީ ސިފަފުޅާ ބެހޭގޮތުން ވަޙީކުރައްވާފައެވެ. އެކަލާނގެ ވ...

ޔުމްނާ ޢަލީ
''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

ކޮންމެ މުސްލިމް މައިންބަފައިންނެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އެބައިމީހުންގެ ދަރީންނަކީ ޞާލިޙު، ދީންވެރި އަދި ނަމާދަށް ލޯބިކުރާ ބަޔަކަށް ވުމެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ވަކި އުމުރަކަށް ދިއުމުން އަމިއްލައަށް އުފެދޭނެ ކަމެއް ނޫނެވެ. ދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި އަންހެނުން އިޚުތިޔާރުކުރުމެވެ. ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމ...

ޔުމްނާ ޢަލީ
ކުރިމަތީ އޮތީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް

ކުރިމަތީ އޮތީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް

އިންސާނާ މި ދުނިޔެއަށް ފޮނުއްވުނީ ވަކި މަޤްޞަދެއްގައެވެ. އެއީ މާތް ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އެންގެވި މަގުން ހިނގުމަށެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފަލާއި ތަޖުރިބާތަކެއްގެ މައިދާނެކެވެ. ނަމަވެސް، މިއަދު އަހަރެމެން ކުރިމަތިލާ ކޮންމެ އިމްތިޙާނަކަށް ވުރެ މާ ބޮޑު، މާ ނުރައްކާތެރި އަދި މާ މުހިންމު އިމްތިޙާނެއް ކުރިމަތީގައި އެބައޮތެވެ. އެއީ އާޚިރަތް ދުވަހުގެ ބޮޑު އިމްތިޙާނެވެ. މިއަދު ރާއްޖޭގައި ދެވުނު ހުކުރު ޚުޠުބާއެއްގައި ވެސް މިކަން ވަނީ ވަރަށް ބޮޑަށް ހަނދާންކޮށްދީފައެވެ. ”މާތް […]

ޔުމްނާ ޢަލީ
އާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާނެއެވެ.

އާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާނެއެވެ.

ޓޫރިޒަމަކީ މި ރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމުގައި މި ވަނީ ވެފައެވެ. މީހުން ނޫޅޭ ރަށްރަށުގައި ރިސޯޓުހަދައިގެން ކުރާން ފެށި މި ވިޔަފާރި، ލޯކަލް ޓޫރިޒަމުގެ ނަމުގައި މީހުން އުޅޭ ރަށްރަށާ ހަމައަށް ތަޢާރަފު ކޮށްދެވީ 2009 ވަނަ އަހަރު ވެރިކަމުގައި ހުންނެވި ރައީސުލް ޖުމްހޫރިއްޔާއެވެ. ވަރަށް ގިނަ މީހުން ލޯކަލް ޓޫރިޒަމް ބަލައިގަތީ އާންމު ދިވެހި ރައްޔިތު މީހާއަށް ޓޫރިޒަމް ސެކްޓަރުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ހުޅުއްވައިދެއްވި ތަނަވަސް ދޮރެއްގެ ގޮތުގައެވެ. މާ ގިނަ […]

އައްޝައިޚް މުޙައްމަދު އަފްޟަލް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (ފަހުބައި)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ސިންގަލްއެއް ނޫނޭ ތައިބާ! އައިމް މެރީޑް.” ހުސެން އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނގައިން ބުނަން ނޭނގިފައި އަހަންނަށް ހުރެވުނީ ސީދާ ހުސެންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނދިރިކަމުން ދެ މީހުންގެ މޫނުމައްޗަށް އަންނަމުންދާ ބަދަލުތައް އެކަކަށް ވެސް ނުފެންނަކަމީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. ” މެ… މެރިޑް؟ ދޮގެއް ދޯ؟” ބޭއިހްތިޔާރުގައި އަހަންނަށް ހުސެންއާ ގާތަށް ޖެހިލެވުނެވެ. އޭރު މެޔަށް އުނދަގޫވާވަރަށް އަހަރެންގެ ހިތް ވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް: ހުތުބާ

ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް: ހުތުބާ

މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި، އަދި އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!” މި މަޢުލޫއަށް މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގައި، ދަތުރުފަތުރުގެ ޤަވާޢިދުތަކަށް ތަބާވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ހުތުބާގައި ބުނެފައިވާ ގޮތުގައި، މާތް ﷲ ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރު...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (43)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (43)

ކުރީގެ އަދަދާއި ގުޅޭ: ” ހުސެންއާ ވާހަކަ ދެއްކި ދުވަސްވަރު، ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބުނުކަން އިހްސާސް ކުރެވުނު. އޭނަ ވަރަށް ލޯބިން އަހަންނާ ސުވާލު ކުރާނެ. ތަނަކަށް ދިޔަސް ކާކާ އެކުގައިތޯ، ނިމެނީ ކޮން އިރަކުންތޯ، ސޭފްކޮށް ގެއަށް ދެވުނުތޯ ބަލާނެ. ހުސެން އަހަރެންގެ ހަޔާތުން ދިޔުމަށްފަހު، އަހަރެންގެ ދިރިއުޅުން މުޅިން ފަޅުވެއްޖެ ނޫރާ. ހުސްކަމެއް އަތުވެއްޖެ. ކޮންމެ ދުވަހަކީ ވަރަށް ފޫހި، ވަރަށް ދިގު ދުވަހަކަށް ވަނީ. އޭނައާ ނުލާ ވޭތުކުރާ ކޮންމެ ދުވަހެއް، […]

ސަލާމާ ޢަބްދުލް ޢަލީމް
ނޮޅިވަރަންފަރު އެދުރުކަލޭފާނު

ނޮޅިވަރަންފަރު އެދުރުކަލޭފާނު

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު، މޫސާ އެދުރުކަލޭފާނަކީ މީލާދީން 16 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުއްވި ބޭކަލެކެވެ. “ނޮޅިވަރަންފަރު އެދުރުކަލޭފާނު”ގެ ނަމުން ދިވެހި ތާރީޚުގައި މަޝްހޫރުވެފައިވާ މި ޝަޚްޞިއްޔަތަކީ ނުޖޫމީ ޢިލްމާއި ނަކަތްތެރިކަމާއި ފަންޑިތަވެރިކަމާއި ހިސާބު ޢިލްމުގައި ފުންނާބުއުސް އެދުރުބޭކަލެކެވެ. މިއީ ޕޯޗްގީޒުންނާ ދެކޮޅަށް އައްސުނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ކުރެއްވި ޖިހާދުގައި ވަރަށް މަތީ ދަރަޖައަކަށް އެހީތެރިވެ ދެއްވައި އެއްބާރުލުން ދެއ...

ޢަބްދުﷲ ސަޢީދު
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (42)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (42)

ކުރީގެ އަދަދާއި ގުޅޭ: ” އެހެންވަނީ.! އޯކޭ ކޮޓަރިން އިހަށް ނިކުންނަން ބޭނުންވަނީ. އާދޭ ބޭރަށް.” އަހަރެން ބުނެލީމެވެ. އެއާއެކު ހަރުގަނޑުން ފައިބައިގެން އޭނާ ވެސް އަހަންނާއެކު ނިކުތެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެން ގޮސް ދޮރު ހުޅުވީމެވެ. އެއާއެކު އަހަންނަށް ފެނުނީ ދޮރުމަތީގައި ހިނިތުންވެފައި ހުރި ހުސެންގެ ހިނިތުންވުން ގެއްލުނު މަންޒަރެވެ. ހީވީ އޭނާއަށް ވެސް ކުއްލި ސިހުމެއް ލިބުނު ހެންނެވެ. އޭނާ އަވަސް އަވަހަށް އަހަރެންގެ ފަހަތުގައި ހުރި ބިދޭސީ މީހާއާ ދިމާލަށް ބަލައިލިއެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (41)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (41)

ކުރީގެ އަދަދާއި ގުޅޭ: ” ތިއީ އަހަންނަށް ވަރަށް މުހިއްމު މީހެއްގެ ގޮތުގައި ދެކުނިން. އަދި އެކަން ހުސެންއަށް އިހްސާސްވެސް ކުރެވޭނެ. އަހަންނަކީ ހުސެންގެ އަނބިމީހާކަމުގައި ނުވިޔަސް، އަނތްބަކު ފިރިޔަކަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމް އަހަރެން ކުރިން. އަދިވެސް ކުރެވޭ. ހުސެން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރިން. އެ ޚަބަރަށް މާލެ ވެސް އައިން. އަދި އެ ދިގު އިންތިޒާރުގެ ނިމުން މިހާ ހިތި ވާނެ ކަމަކަށް ހިއެއް ނުކުރަން.  ދެން އެންމެ ހިނދުކޮޅަކު ވެސް މިތާ ހުންނާކަށް ނެތިން. […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (40)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (40)

ކުރީގެ އަދަދާއި ގުޅޭ: ” ޕްލީޒް. ވާހަކަ ދައްކަބަލަ! ހުސެންއާ ދިމާވޭތޯ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ.” އަހަރެން ބުނީމެވެ. ދެން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަހަރެން ހުސެންއާ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެއާއެކު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ. ” ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ! ” އަހަރެން އަނެއްކާ ވެސް ބުނީމެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުސެންއަށް ހުރެވުނީ ދެ ތިން ސިކުންތަށެވެ. އޭނާ އަވަސް އަވަހަށް  ދުރަށް […]

ސަލާމާ ޢަބްދުލް ޢަލީމް
''އިސްލާމް ދީނަކީ ދިރިއުޅުމަށް މަސައްކަތްކުރުމަށް އަންގަވާ ދީން، މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ''

''އިސްލާމް ދީނަކީ ދިރިއުޅުމަށް މަސައްކަތްކުރުމަށް އަންގަވާ ދީން، މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ''

އިސްލާމް ދީނަކީ، ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރާން އަންގަވާ ދީން ކަމަށާއި، މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައިދިން ހުކުރު ހުތުބާގައި ބުނެފިއެވެ. “މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުލޫއަށް މިއަދު ގެނެސްދިން ހުތުބާގައި ވަނީ، މަސައްކަތްކުރުމާއި އުފެއްދުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި އިސްލާމްދީނަކީ، ދުނިޔެއާއި އާ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (39)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (39)

ކުރީގެ އަދަދާއި ގުޅޭ: ” އަވަސް ކޮއްލައްޗޭ.” އެހެން ބުނެ އޭނާ ފަސް އެނބުރުނީ އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓައެވެ.  ދެ މީހުންގެ ނަޒަރު ސީދާ ވުމާއެކު ވަށައިގެން ތިބި މީހުންގެ މަތިން ވެސް އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުސެން ވެސް ހުރީ ޝޮކެއްގައިކަން ޔަގީނެވެ. ހުސެންއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވީ ނަމަވެސް، ދުލަށް ބަރުވެގެން ގޮސް ދޫ ހަރަކާތްކޮއްލާނެ ހިތްވަރު ވެސް ނުލިބުނެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (38)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (38)

ކުރީގެ އަދަދާއިގުޅޭ: ” ހުސެން އަހަންނަކަށް ދޮގެއް ނަހަދާނެ. އަދި އަހަރެން ފިޔަވައި މިހެން ، އިތުރު އަންހެނަކު ވެސް އޭނަގެ ލައިފްގައެއް ނުހުންނާނެ! ތިހެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ބިރެއް ނުގަނޭ! އެނގޭތަ؟ އެއީ އެހެން މީހުންނާ ހާދަ ތަފާތު މީހެކޭ. ކިތަންމެ ކުޑަ ދުވަސްކޮޅަކުން ވެސް މީހަކު ދަސްވެދާނެ އެއްނު. އަހަންނަށް ހުސެން އެނގޭ ވަރަށް ބޮޑަށް، ހުސެންއަށް އަހަރެން އެނގޭނެ. އަހަރެމެން ދެ މީހުން ނުފެނި، ބައްދަލު ނުވެ، ދިމާނުވެ ކިތަންމެ ދުވަހެއް […]

ސަލާމާ ޢަބްދުލް ޢަލީމް