އުނިބުޑެއްގެ ވާހަކަ
މިއީ މާލެ އަތޮޅު ގިރިފުށީގައި ހުރި ދުވަސްވީ އުނިގަހެއްގެ ބުޑެވެ. ގިރިފުށްޓަކީ 1986ވަނަ އަހަރުން ފެށިގެން ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ. އެތައް ބަޔަކު އަސްކަރީ އެތައް ތަމްރީނުތަކެއް ފުރިހަމަކުރި ޓްރޭނިންގ ކޭމްޕެކެވެ. އެތައް ބަޔަކު ލެއާއި ދަލާ އޮހޮރާލާފައިވާ ވެލިގަނޑެކެވެ. ބައެއް ތަމްރީނު ތަކުގައި ނިޔާވެދިޔަ ސިފައިން މަރުވެގެން ވެއްޓުނު ފަސްގަނޑެވެ. އެ ފަސްގަނޑުގައި ހުރި އުނިގަހެއްގެ ބުޑެވެ. އެ ހާދިސާތަކާއި ހަނދާންތައް މި އުނިގަހު ބުޑުން އެބަ އާކޮށްދެއެވެ...