ކަޅުކުރުބެ ވާހަކަ (4 ވަނަ އަދި ފަހުބައި)
ފަސްމާމުލުންގެ ފަސްވަގު ކަޅުކުރުބެމެން ގޭދޮށަށް ދިޔަތަނުން ދޮންމަރިޔަނބު ބުންޏެވެ. ކުދިންނޭވެ. ކަޅުކުރުބެ ލެފިތޯ މިދިމާ އަތިރިމަތި ބަލާލަދީ ބަލާށެވެ. ހަވީރު އާދެވޭނެޔޭ ކިޔާފައި ކަޅުކުރުބެ ދިޔައީ ކޮންމެވެސް ރަށަކަށެވެ. އެސޮރުމެން އަތިރިމައްޗަށް ފޭބިއިރު ތޮށިމަތިން ހިނގާފައި ކަޅުކުރުބެ އަންނަތަން ފެނުނެވެ. ކަޅުކުރުބެ އަންނަނީ ވަރަށް ބަރުކޮންނެވެ. ބޮޑެތި ގޮނުތަކެއް ވެސް އަތުގައި ހުއްޓެވެ. ފަސްމާމުލުންގެ ފަސްވަގާ އަރާ ހަމަވެފައި ކަޅުކުރުބޭ ބުންޏެވެ. މިވީ މާ ރަނގަޅަކަށެވެ. އެހެން ކިޔާފައި ކޮންމެ މީހަ...