މައި ޖަމާޢަތުގެ ފަހުންވެސް ޖަމާޢަތުގައި ނަމާދުކުރުން: ދިރުވަން ޖެހިފައިވާ ދީނީ ރީތި އާދައެއް
ޖަމާޢަތުގަ ނަމާދު ކުރުމަކީ މުސްލިމު ފިރިހެނުންގެ މައްޗަށްވާ ވަރަށް މުހިންމު ކަމެކެވެ. އެއްބައި ޢިލްމުވެރިން އެއީ ވާޖިބެއްކަމުގައި ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިންގެ ގާތުގައި އެއީ ގަދަވެގެންވާ ސުންނަތަކެވެ. ކޮންމެއަކަސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށް އަހަރެމެންގެ ނަބިއްޔާ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (صَلَاةُ الجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً (1) މާނަ: “އެކަނި ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާނަމާދ...