ޢަރުޝީގެ ހިޔާވަހިކަމުގެ ޝަރަފު ލިބޭނޭ ހަތް މީހަކުވެއެވެ.
ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭ ދުވަހެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް، އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން މާތް ﷲ ރައްކައުތެރި ކުރައްވައި، އާމާންކަން ދެއްވަވައި، އެ އިލާހުގެ ޢަރްޝިކޮޅުގެ ހިޔާވަހިކަން ދެއްވަވާ ހަތް ބައެއް ވެއެވެ. ޢަރްޝީގެ ހިޔާވަހިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘް: ކީރިތިރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ” سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ...