މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 5 ވަނަ ޞަފްޙާ

''ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް''

''ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް''

އިންސާނާގެ ޙަޔާތަކީ ކުރު އެއްޗަކަށް ވީ ހިނދު، ގިނަގުނަ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި މާތް ﷲ ވަނީ ހެޔޮކަމުގެ މޫސުންތަކެއް ލައްވައިފައެވެ. މިގޮތުން ބަރަކާތްތެރި ރަމަޟާން މަހަށްފަހު، އަހަރެމެންނާ ބައްދަލުކުރާ އެންމެ މާތް ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ނުވަތަ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެވުނު ހުކުރު ޚުޠުބާގައި، މި ދުވަސްތަކުގެ މަތިވެރިކަމާއި އެ ދުވަސްތަކުގައި ކުރަންޖެހޭ ހެޔޮ ޢަމަލުތަކުގެ މައްޗަށް ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ކުރީގެ އަދަދާއި ގުޅޭ: ” ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ.” ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލީ ފޫހިކަމާއެކުއެވެ. ” ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. ” މާޔާ ބުންޏެވެ. މާޔާގެ ޖުމްލައަށް ސަމާލުކަން ދޭނެ އެކަކު ވެސް އެތާ ނެތް ކަހަލައެވެ. އެ މީހުން ދިޔައީ ކުރިއަށް ހިނގަމުންނެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
މަލިކައްޑޫ: ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި އޮތް 14 އަތޮޅު 1 މިނިޓު

މަލިކައްޑޫ: ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި އޮތް 14 އަތޮޅު

ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރި ކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައެވެ. ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި އަތޮޅުތައް ދެބަޔަކަށް ބައިކުރެވުނީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް ހިންގ...

ޢަބްދުﷲ ސަޢީދު
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (ފުރަތަމަ ބައި)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (ފުރަތަމަ ބައި)

ފޫހިކަމާއެކު ކާރުން ފައިބައިގެން ގޮސް މާޔާ ހުއްޓުނީ ބޭރު ތޮށިގަނޑު ކައިރީގައެވެ. އޭރު ވެސް ބޯޓަށް ގިނަ އަދަދަކަށް މީހުން އަރާ، ފައިބަމުން ދެއެވެ. ކޮނޑުގައި އޮތް ދަބަސް ބަރުކަމުން، ތޮށިގަނޑުމަތީ ބެހެއްޓުމަށްފަހު އޭނާ އެތާ އިށީނެވެ. ދަތްދޮޅީގައި އަތްވިދިލައިގެން އިނދެ މާޔާ ނަޒަރު ހިންގަމުން ދިޔައީ އޭނާގެ ކުރިމަތީގައި ހޭލަމޭލަވެ އުޅެމުންދާ މީހުންނަށެވެ. ” ފާޚާނައާ ވަރަށް ކައިރީގަ ތަންމަތި އަޅާފަ މި އައީ. ހިނގާ! އަވަހަށް އަރަން ދާން.” މާޔާގެ ބައްޕަ ރާޒީ ބުންޏެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
''ހެޔޮގޮތުގައި ޙައްޖުވުމަށް، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ކުރާންޖެހޭ ކަންތައްތަކެއްވޭ''

''ހެޔޮގޮތުގައި ޙައްޖުވުމަށް، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ކުރާންޖެހޭ ކަންތައްތަކެއްވޭ''

މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވެގެންވާ “ހެޔޮ ގޮތުގައި ވެވޭ ޙައްޖެއް” ކަމުގައި ތިމާގެ ޙައްޖު ވުމަށްޓަކައި، ޙައްޖަށް ދިޔުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ހެޔޮ ގޮތުގައި ވެވޭ ޙައްޖު” މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އަޅުކަމެއްމެ މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވާނީ އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަވެގެންނެވެ. އެއީ މާތް ﷲގެ ވަޖުހުފުޅ...

ޔުމްނާ ޢަލީ
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ

ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން “މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް” ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ. މިއީ މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ތަރައްޤީއަ...

އިބްރާހިމް އަސްވާޤް
މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް: ހުކުރު ޚުޠުބާ

މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް: ހުކުރު ޚުޠުބާ

މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ، ބޮޑުވެގެންވާ ފާފައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ، އިންސާނާގެ ނަފުސުގެ ރައްކާތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސަށްވެސް އަދި އެހެން މީހެއްގެ ނަފުސަށްވެސް އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ނޫ...

ޔުމްނާ ޢަލީ
ބުރުނުވިލާޖެހުން

ބުރުނުވިލާޖެހުން

ރޭގައި ކުއްލިއަކަށް ވިދާގުގުރަން ފެށިއެވެ. ވަރަށް ބާރަށް ގުގުރިޖަހައި ހޮނު ވެސް އެޅިއެވެ. ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޅަކުދީން ވަރަށް ބިރުން އުޅުނެވެ. ބައެއް މީހުންނަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ދުވަސްވީ މީހުންނަށް މިއީ ބުރުނު ނަކަތްކަމާއި މި ނަކަތުގައި ބުރުނުވިލާޖެހޭކަން އެނގެއެވެ. މި ތަޖުރިބާ އެކިފަހަރު ކުރަން ޖެހެނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިވަރަށްކަން ދުވަސްވީ ދަނެއެވެ. ބުރުނުވިލާޖެހުމަކީ ބުރުނު ނަކަތުގެ ވިލާގެ ކޮޅިގަނޑު އައުމެވެ. ބު...

ޢަބްދުﷲ ސަޢީދު
ސެލޫންތަކުން ވެކްސް އާއި ލޭޒާ ފަރުވާ ހޯދުމުގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއް: ޚުޠުބާ

ސެލޫންތަކުން ވެކްސް އާއި ލޭޒާ ފަރުވާ ހޯދުމުގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއް: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި، އިސްލާމީ ރިވެތި އުޞޫލުތަކާއި ސާފުތާހިރުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ސެލޫންތަކުން “ވެކްސް” ނުވަތަ “ލޭޒާ” ފަރުވާ ހޯދުމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއްކަމަށް ބަޔާންކޮށްފިއެވެ. “އިސްލާމީ ނަޒަރަކުން ރީތިކަމާއި ސާފުތާހިރުކަން” މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އެހެން ޙަޟާރަތްތަކުގައި ރީތިކަން ބޭރުފުށުގެ ޒީނަތަށް އެކަނި މިންކުރި ނަމަވެސް، އިސް...

ޔުމްނާ ޢަލީ
ޤައުމެއްގައި އަސްކަރީ ބާރު އުފެދޭގޮތް 1 މިނިޓު

ޤައުމެއްގައި އަސްކަރީ ބާރު އުފެދޭގޮތް

ޤައުމެއް އުފެދުމާއި، އެ ޤައުމެއްގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އަސްކަރީ ބާރު ވުޖޫދުވެގެންދާ ގޮތަކީ ޝައުޤުވެރި ވާހަކައެކެވެ. މިއީ ސިޔާސީ ޢިލްމާއި ތާރީޚުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެކެވެ. ދުނިޔޭގައި 700 އަށްވުރެ ގިނަ ޤައުމު އެބައޮތެވެ. އެއީ ހަމަ އެެއް ބަހަކުން ވާހަކަ ދައްކައި އެއް ސަގާފަތަކަށް ތަބާވާ އަދި އެއް ވިސްނުމަކުން ދުނިޔެ ދެކޭ ޤައުމުތަކެވެ. އެކަމަކު މީގެތެރެއިން ދައުލަތެއް ލިބިފައި ވަނީ އެންމެ 193 ޤައުމަށެވެ. ދައުލަތެއް ނުލިބިފައިވާ ގިނަ ޤައުމު (Nation) […]

ޢަބްދުﷲ ސަޢީދު
ސުވަރުގޭގައި ދެވޭ މަރުޙަބާގެ ކަނާ!

ސުވަރުގޭގައި ދެވޭ މަރުޙަބާގެ ކަނާ!

މުސްލިމުންގެ އުންމީދީ މަންޒިލަކީ ސުވަރުގެއެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް ދޫކޮށްފައި ކިޔަމަންތެރިކަމާ އެކު އަޅުކަންކޮށް، ނަހީތަކާ ދުރުގައި މުސްލިމުން ތިބެނީ ސުވަރުގެ އަދައިގެންނެވެ. ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭ މީހުންނަކީ އުފާވެރި ދިރިއުޅުމެއްގައި ވާނެބައެކެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރެއްވިއެވެ. ﴿فَأَمَّا مَن ثَقُلَتْ مَوَازِينُهُ ‎(٦)‏ فَهُوَ فِي عِيشَةٍ رَّاضِيَةٍ (٧)﴾‏ (القارعة) މާނައީ: “ފަހެ، އެ މީހެއްގެ (ހެޔޮ ކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ!(6) ފަހެ، އެ މީހާ ވާހުށީ...

އައްޝައިޚް މުޙައްމަދު އަފްޟަލް
''ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ އުޤޫބާތް ބޮޑު، ހެޔޮ ޢަމަލުގެ ދަރުމަވެސް އިތުރު''

''ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ އުޤޫބާތް ބޮޑު، ހެޔޮ ޢަމަލުގެ ދަރުމަވެސް އިތުރު''

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ އުޤޫބާތް ބޮޑުވެގެންވާ ފަދައިން، އެ ދުވަސްވަރު ކުރެވޭ ހެޔޮ ޢަމަލުތަކުގެ ދަރުމަ އާއި ސަވާބުވެސް އިތުރުވެގެންވާކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “ޙުރުމަތްތެރިވެގެންވާ މައްސަރުތައް” މި މައުޟޫޢަށް ރާއްޖޭގެ އެކިކި ސަރަޙައްދުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމްގެ ޝަރީޢަތުގައިވެސް މި މައްސަރުތައް ބަޔާންކުރެވ...

ޔުމްނާ ޢަލީ
އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟ 8 މިނިޓު

އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟

މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ […...

ޢަބްދުﷲ ސަޢީދު
ދޮގުހެދުން މަޖަލަކަށް ނުހަދާށެވެ.

ދޮގުހެދުން މަޖަލަކަށް ނުހަދާށެވެ.

އަދުގެ ދުނިޔޭގައި މަޖާކުރެވޭ ކަމެއް ކަމުގައި ދޮގުހެދުން ވެއްޖެއެވެ. މިއީ ވަރަށް ދެރަކަމެއް ނޫން ތޯއެވެ؟ ކޮންމެ އަހަރެއްގެ އޭޕްރީލްމަހު ގެ ފުރަތަމަ ދުވަހަކީ، ބިރަކައިނުލާ ދޮގު ހެދުމަށް މީސްތަކުން ހޭނިފައި އޮތް ދުވަހެކެވެ. ކާފިރުންގެ ތެރޭ ފެށިގެން އައި މި ނުބައި އާދަ މިއަދު މުސްލިމުންގެ ތެރޭގައި ވެސް މި ވަނީ ފެތުރި އާންމުވެފައެވެ. އިސްލާމުންގެ ހައިޘިއްޔަތުން އަޅުގަނޑުމެން ބަލަންވީ ކަންކަން އާންމުވެފައި އޮތް މިންވަރަކަށް ނޫނެވެ. އިސްލާމްދީނުގައި އެ ކަމެއްގެ ޙުކުމް އޮތް ގޮތަށެވެ. […]

އައްޝައިޚް މުޙައްމަދު އަފްޟަލް
ފޯލްސް ފްލެގު ހަމަލާއެއްގެ ބިރު

ފޯލްސް ފްލެގު ހަމަލާއެއްގެ ބިރު

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ފޯލްސް ފްލެގު (False Flag) ހަމަލާއެއް ދީފާނެކަމުގެ ބިރުވެރި އަޑުތައް ދަނީ ފެތުރެމުންނެވެ. ފޯލްސް ފްލެގު ހަމަލާއަކީ އަމިއްލަ ތަނަކަށް ނުވަތަ އަމިއްލަ ބަޔަކަށް އަމިއްލައަށް ގެއްލުން ބޮޑު ހަމަލާއެއްދީ އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމެވެ. މިފަދަ ހަމަލާއެއް ދެނީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށްބުނެ އެބަޔަކު ބޭނުންވާ ކަމެއް ނުވަތަ ބޭނުންވާ ޖަރީމާއެއް އަނެއް ބަޔަކާ ދެކޮޅަށް ހިންގުމަށް ބަހަނާއެއް ހޯދުމަށެވެ....

ޢަބްދުﷲ ސަޢީދު