މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 4 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (9)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (9)

13 ޖުލައިގެ އަދަދާއި ގުޅޭ: ” އަވަސް.” ދޮރާހަމައަށް މާޔާއަށް ނުދެވެނީސް ދޮރުގެ ތަޅުގައި ހިފަމުން އާއިޒް އަނެއްކާ ވެސް ގޮވާލިއެވެ. ” ކި…ކިހިނެއްވީ؟ ” ހާސްވެފައި މާޔާއަށް ސުވާލު ކުރެވުނު އިރު އާއިޒް ބާރުބާރަށް އެތެރެއަށް ދެމިގެންފިއެވެ. ދޮރު ލެއްޕުމަށްފަހު ދޮރުފަތުގައި ލެނގިލި އިރު ވެސް އޭނާ ހުރީ ބިރުންކަން މާޔާއަށް އެނގުނެވެ. ” ކިހިނެއްވީ؟” އަނެއްކާ ވެސް މާޔާ އެހިއެވެ. ” އެއީ… ކުރަތްޕެއް… އުދުހޭ ކުރަތްޕެއް. ” އާއިޒް ބުންޏެވެ. އެއާއެކު މާޔާއަށް […]

ސަލާމާ ޢަބްދުލް ޢަލީމް
''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''

''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''

ސިހުރުވެރިއެއްގެ ކިބައިން ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުން ދައްކާ ވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް، ސިހުރުގެ ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަގުހުރި ދަރުސްތަކެއް ދީފިއެވެ. “ސިހުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެކެވެ. ސިހުރުވެރިއަކަށް ވެވޭނީ ކޮންމެ ކަމެއްގައިމެ ޝައ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (8)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (8)

8 ޖުލައިގެ އަދަދާއި ގުޅޭ: އަތުގައި އަޅުވާފައި އޮތް ރަބަރުން އޭނާ އަވަށް އަވަހަށް ބޯ އައްސާލިއެވެ. އަދި ސިއްރުސިއްރުން އާއިޒްއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާއަށް އެ މޫނުމަތިން އެެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ނަމަވެސް އާއިޒާ އެހާ ގާތުގައި އިންނަން ޖެހުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. މަޑު ދުވެއްޔެއްގައި ލޯންޗް ކަނޑަށް ނިކުމެއްޖެއެވެ. އާއިލީ ހަމަނުޖެހުމުގެ ސަބަބުން […]

ސަލާމާ ޢަބްދުލް ޢަލީމް
''ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު''

''ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު''

ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރު...

އަލީ އާދިލް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (7)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (7)

ޖުލައި 5 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ.” މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ  ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ. ބޭރުގައި ހުރި ޖޯލިފަތީގައި މާޔާ ގޮސް އިށީނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރަށަށް އައިއްސުރެން މަންމައާއި ބައްޕަގެ ހަމަނުޖެހުމުގެ އަޑު އިވިއިވި މާޔާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ރަށުގައި މަޑުކުރުމުގެ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (6)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (6)

7 ޖޫން 2026 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ރޮއިފަ ތި ހުރީ. މަށަށް ޔަޤީން.” ލީނާ ބުންޏެވެ. ” ނޫނެކޭ ބުނީމަ ދެން ޤަބޫލު ކުރަން ވީނު.” ރުންކުރު ރާގަކަށް މާޔާ އެހެން ބުނުމާއެކު ލީނާއާއި ނުހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާޔާ އެ ފަދަ ގޮތަކަށް އެ މީހުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ. ” އޯކޭ އޯކޭ. ތިވަރު ކުރީމަ ދެން ޤަބޫލު ކޮއްފިން. ދެން ބުނެބަލަ! […]

ސަލާމާ ޢަބްދުލް ޢަލީމް
''ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް''

''ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް''

ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަން މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފިއެވެ. ”ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ހުތުބާގައި ބުނެފައިވަނީ، މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރިޝްވަތުދޭ މީހާއާ...

އަލީ އާދިލް
''ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކުން ފުރިގެންވާ ދުވަހެއް''

''ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކުން ފުރިގެންވާ ދުވަހެއް''

ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. “ޢާޝޫރާ ދުވަސް” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި މަތިވެރި ދުވަސް ކަމަށެވެ. ޢާޝޫރާ ދުވަހުގެ ތާރީޚީ ފިލާވަޅުތައް ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (5)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (5)

20 މެއި ދުވަހުގެ އަދަދާއި ގުޅޭ ” ކަން ކުރަން ވީ ގޮތް އެނގޭނީ މަށަށް. މަންޖެ ނުުޖެހޭނެ މަށަށް ކިޔައިދޭކަށް.” އެހެން ބުނެ، ޖަމީލާ ފޯނު ކަނޑާލިއެވެ. އާމިރާއަށް ފުން ނޭވާއެއް  ދޫކޮށްލެވުނެވެ. މަންމައަށް ދުވަހަކު ވެސް ރަނގަޅު ގޮތެއް ބުނެ ނުދެވޭނެކަން އާމިރާއަށް އެނގެއެވެ. ލަސް ހިނގުމެއްގައި އާމިރާ ގޮސް ގެއަށް ވަތް އިރު އާއިޒް ފެންނާކަށް ނެތެވެ. އޭނާ މިހާރު އޮންނާނީ ކޮޓަރީގައިކަން އާމިރާއަށް އެނގުނެވެ. މަޑުމަޑުން ގޮސް އޭނާ ދޮރު ހުޅުވާލި […]

ސަލާމާ ޢަބްދުލް ޢަލީމް
''މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަކީ އަމިއްލަ މުދަލާއި އާއިލާގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް''

''މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަކީ އަމިއްލަ މުދަލާއި އާއިލާގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް''

މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން” މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، މުޖުތަމަޢުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާން ރަނގަޅުކުރުމަށްޓަކައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވ...

ޔުމްނާ ޢަލީ
''މުދަލަކީ އެހެންމީހުންގެ ޙައްޤުތައްވެސް އެކުލެވޭ ﷲގެ އަމަނާތެއް''

''މުދަލަކީ އެހެންމީހުންގެ ޙައްޤުތައްވެސް އެކުލެވޭ ﷲގެ އަމަނާތެއް''

މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވާފައިވާކަން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “ހޭދަކުރުމުގައި އިޤުތިޞާދުކުރުން” މި މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ވަނީ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއ...

ޔުމްނާ ޢަލީ
ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި

ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ ހަނދާންކޮށް، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމަށް ގޮވާލައިފި

އަޅުގަނޑުމެން އަމާންވެއްޓެއްގައި އުފަލާއެކު ޢީދު ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެތައް ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދަށްފަހު ދިން ޚުޠުބާގައި ބުނީ، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް އަޚުންނާއި އުޚުތުންނަށް ޢ...

ޔުމްނާ ޢަލީ
''ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް''

''ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް''

ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ މަތިވެރި ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ”ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް” މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކަންތައްތައް ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ޙަޔާތުގެ ދުވަސްތައް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)

ކުރީގެ އަދަދާއި ގުޅޭ: އެއާއެކު މާޔާއަށް ފެނުނީ  އަތް އުކައުކާފައި މަންމަ، ބައްޕައާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ މަންޒަރެވެ. ބައްޕަ ގެއަށް ވަންނަން އެނބުރުމާއެކު އަތުގެ މުލައްދަނޑީގައި މަންމަ ހިފެހެއްޓިތަން ވެސް މާޔާއަށް ފެނުނެވެ. އޭރު ވެސް ބައްޕަ ހުރީ މަގުގެ ދެ ކޮޅަށް ބަލަބަލައެވެ. މީހަކަށް އެ މަންޒަރުތައް ފެނިދާނެތީ ބައްޕަ ޖެހިލުންވަނީކަން މާޔާއަށް އެނގުނެވެ. މާޔާ އަވަސް އަވަހަށް ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އެނދުގައި އިށީނދެ އިނދެ ރަނގަޅަށް ވިސްނާލިއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)

ކުރީގެ އަދަދާއި ގުޅޭ: ” އާނ. މި ދަނީ މިހާރު.” އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން […]

ސަލާމާ ޢަބްދުލް ޢަލީމް