ޗައިނާގެ އެހީގައި 5 ރަށެއްގައި ގާއިމުކުރި ޑީސެލިނޭޝަން ޕްލާންޓް ނިންމާލައިފި
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ގާއިމުކުރި ޑީސެލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ. މިއޫ “ޗައިނާ އެއިޑް މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްރޮޖެކްޓް” ގެ ދަށުން ގާއިމުކުރި ޕްލާންޓުތަކެކެވެ. މި ޕްލާންޓުތައް ސަރުކާރާއި ހަވާލުކޮށް އެކަމުގެ ލިޔެކިޔުން ދެގައުމުގެ ސަރުކާރުން ވަނީ މިއަދު ބަދަލުކޮށްފައެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބދުލް މުއްޠަލ...