ބަނޑޭރި ޕޭއިން އެމްފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭގޮތް ހަދައިފި
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށްސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައިބޭނުންކުރަން ފަށައިފިއެވެ. މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މ...